ކ. މާލެ
|
4 މާރޗް 2019 | ހޯމަ 12:17
މޫސުން އިތުރަށް ގޯސްވެދާނެކަމުގެ އިންޒާރުވަނީ ދީފައި
މޫސުން އިތުރަށް ގޯސްވެދާނެކަމުގެ އިންޒާރުވަނީ ދީފައި
އޭއެފްޕީ
އެމެރިކާ
އަލަބަމާއަށް އެރި ނަގޫރޯޅިއެއްގައި 14 މީހުން މަރުވެއްޖެ
ދިހަ ހާހަށްވުރެ ގިނަ މީހުން ތިބީ ކަރަންޓުގެ ޚިދުމަތުން  މަހުރޫމްވެފަ

އެމެރިކާގެ އަލަބަމާގެ ލީ ކައުންޓީއަށް އެރި ނަގޫ ރޯޅިތަކެއްގައި ކުޑަކުދިން ހިމެނޭގޮތުން މަދުވެގެން 14 މީހުން މަރުވެއްޖެކަމަށް އިދާރާތަކުން ބުނެފިއެވެ.

ޝެރިފް ޖޭ ޖޯން އެ ގައުމުގެ މީޑިއާތަކުގައި ބުނެފައިވަނީ ވެއްޓިފައިވާ އިމާރާތްތަކުގެ ކުނިބުނީގެ ދަށުން އަދިވެސް މީހުން ނަގަމުންދާކަމަށާއި ހޮސްޕިޓަލުގައި އެޑްމިޓް ކުރެވިފައިވާ ބައެއް މީހުންގެ ހާލު ސީރިއަސް ކަމަށެވެ.

އަލަބަމާގެ ގަވަރނަރ ކޭ އައިވީ ވަނީ މޫސުން އިތުރަށް ގޯސްވެދާނެކަމުގެ އިންޒާރު ދެއްވައި ޓްވީޓެއް ކުރައްވާފައެވެ.

ނޭޝަނަލް ވެދަރ ސަރވިސް(އެންޑަބްލިއުއެސް)އިން ފުރަތަމަ ރޯޅި ކެޓަގަރައިޒް ކޮށްފައިވަނީ ކެޓަގަރީ އެންހޭންސް ފުޖިޓާ(އީއެފް) 3ގައެވެ. އެ ކެޓަގަރީ ވައިގެ ބާރުމިން ހުންނާނީ ގަޑިއަކު 136 މޭލާއި ގަޑިއަކު 165 މޭލާ ދެމެދުއެވެ.

ރޯޅީގައި ލިބުނު ގެއްލުންތަކާއެކު 10،000އަށް ވުރެ ގިނަ މީހުން ތިބީ ކަރަންޓުގެ ޚިދުމަތުން  މަހުރޫމްވެފައެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް