ކ. މާލެ
|
20 ފެބްރުއަރީ 2017 | ހޯމަ 02:19
ޑިއެގޯ ކޯސްޓާ ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ
ޑިއެގޯ ކޯސްޓާ ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ
ގޯލް.ކޮމް
އެފްއޭކަޕް
އެފްއޭކަޕް: ޗެލްސީ ކުއާޓާ އަށް ދިޔައިރު، ސިޓީ އަލުން ހަތަރުވަނަ ބުރުގެ މެޗު ކުޅެން ޖެހިއްޖެ
ސިޓީ އަދި ހަޑަސްފިލްޑް އަނެއްކާވެސް ހަތަރު ވަނަ ބުރުގެ މެޗެއް ކުޅެން ޖެހޭނެ

އެފްއޭކަޕްގައި ޗެލްސީ ކުއާޓާ ފައިނަލުން ޖާގަ ކަށަވަރުކުރިއިރު، މެންޗެސްޓާ ސިޓީ އަލުން ހަތަރުވަނަ ބުރުގެ މެޗު ކުޅެން ޖެހިއްޖެ އެވެ.

ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗު ވޮލްވަހެމްޕްޓަންއާ ވާދަކޮށް ޗެލްސީން މެޗު ކާމިޔާބުކުރީ 0-2 ގެ ނަތީޖާއަކުންނެވެ.

ވޮލްވަހެމްޕްޓަން ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށްގެން ރަނގަޅަށް ކުޅުނީ ޗެލްސީންނެވެ. އެގޮތުން އެޓީމުން ވަނީ ބޯޅަ ކޮންޓްރޯލްކޮށްގެން ވޮލްވަހެމްޕްޓަންގެ ގޯލަށް ނުރައްކާކޮށް ގިނަ ހަމަލާތައް އުފައްދާފައެވެ.

މީގެއިތުރުން ފުރަތަމަ ހާފްގައި ޗެލްސީގެ ޑިއެގޯ ކޯސްޓާ އަދި އެޑެން ހަޒާޑް އަށް ވަނީ ލަނޑު ޖެހުމަށް ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. ފުރަތަމަ ހާފް ނިމުނީ 0-0 ގެ ނަތީޖާއިން ދެޓީމު އެއްވަރުވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ރަނގަޅަށް ކުޅެމުންދިޔައީވެސް ޗެލްސީންނެވެ. އެގޮތުން އެޓީމަށް ވަނީ ފުލުފުލުގައި ގިނަ ފުރުސަތުތަކެއް ދެވަނަ ހާފްގައި ލިބި ބޭކާރުވެފައެވެ.

ޗެލްސީ އަށް މެޗުގެ ލީޑު ނަގައިދިނީ 65 ވަނަ މިނެޓުގައި ޕެޑްރޯ ރޮޑްރިގޭޒް އެވެ. މި ލަނޑަށްފަހުވެސް ޗެލްސީ އަށް ވަނީ ލީޑު ފުޅާކުރުމަށް ގިނަ ފުރުސަތުތައް ލިބި ބޭކާރުވެފައެވެ.

ޗެލްސީއަށް މެޗުގެ ލީޑު ފުޅާކޮށްދިނީ 89 ވަނަ މިނެޓުގައި ޑިއެގޯ ކޯސްޓާ އެވެ. މި ލަނޑު އޭނާ ކާމިޔާބުކުރީ އޭރިޔާ ތެރޭގައި މުޅިން ހުހަށް އޮވެއެވެ.

އެފްއޭކަޕްގެ ހަތަރުވަނަ ބުރުގައި ހަޑަސްފިލްޑް ޓައުންއާ ވާދަކޮށް ސިޓީ އެއްވަރުވީ 0-0 ގެ ނަތީޖާއިންނެވެ.

މި މެޗުގައި ދެޓީމަށްވެސް ވަނީ ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. މެޗު ކޮންޓްރޯލްކޮށްގެން ރަނގަޅަށް ކުޅުނީ ސިޓީއެވެ. އެގޮތުން އެޓީމުން ވަނީ ހަޑަސްފިލްޑްގެ ގޯލަށް އަމާޒުކޮށް ގިނަ ހަމަލާތައް އުފައްދާފައެވެ.

މި މެޗުގައި ލަނޑު ޖެހުމަށް އެންމެ ރަނގަޅު ފުރުސަތުތައް ލިބިފައިވަނީ ސިޓީގެ ސާޖިއޯ އަގުއެރޯއަށެވެ. އެހެންނަމަވެސް ހަޑަސްފިލްޑްގެ ވަރުގަދަ ޑިފެންސް ފޫއަޅުވާލަން ސިޓީ ވަނީ މެޗުގައި ނުކުޅެދިފައެވެ. މީގެއިތުރުންވެސް އެޓީމު ވަނީ ސިޓީ މެޗުގައި ހިފެހެއްޓުމަށް ވަރުގަދަ ޑިފެންސެއްކޮށްފައެވެ.

މި ނަތީޖާއާއެކު ކުއާޓާ އަށް ދިއުމަށް މި ދެޓީމު އަނެއްކާވެސް ހަތަރު ވަނަ ބުރުގެ މެޗެއް ކުޅެން ޖެހޭނެއެވެ.

 

- ކޮމެންޓް