Advertisement
ކ. މާލެ
|
20 ފެބްރުއަރީ 2017 | ހޯމަ 01:09
ސިވިލް ކޯޓް
ސިވިލް ކޯޓް
މުހައްމަދު ޝަރުހާން
ސިވިލް ކޯޓް
ގދ މާވަރުލު އެއާޕޯޓް ހެދުމުގެ އެއްބަސްވުން ބާތިލް ކުރީ ރަނގަޅަށް: ސިވިލް ކޯޓް
ގެއްލުމުގެ ބަދަލު ހޯދުމަށް ދައުލަތުގެ މައްޗަށް ދައުވާ ކުރުމުގެ ހުއްގު މޫވިން އިންޓަނޭޝަނަލް އަށް ލިބިގެންވޭ

ގދ މާވަރުލުގައި ޑޮމެސްޓިކް އެއާޕޯޓެއް ތަރައްގީކޮށް ހިންގުމަށް މޫވިން އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑް ދެމެދު ވެފައިވާ އެއްބަސްވުން ދިވެހި ދައުލަތުން ބާތިލް ކުރީ ރަނގަޅަށް ސިވިލް ކޯޓް ހުކުމް ކޮށްފިއެވެ.

މޫވިން އިންޓަނޭޝަނަލްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައާ ގުޅިގެން އާދީއްތަ ދުވަހު ސިވިލް ކޯޓުގެ ގާޒީ މުހައްމަދު ހަލީމް ކުރި ހުކުމުގައި ބުނެފައި ވަނީ މާވަރުލުގައި ޑޮމެސްޓިކް އެއާޕޯޓެއް ތަރައްގީކޮށް ހިންގުމަށް މޫވިން އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓޭޑާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި ދެމެދު 27 ޖޫން 2011 ގައި ވެފައިވާ ލީސް އެގްރިމެންޓް ދިވެހި ދައުލަތުން ބާތިލް ކޮށްފައި ވަނީ އެގްރިމެންޓް ބާތިލް ކުރާނަމަ އަމަލުކުރަން ޖެހޭ އިޖުރާތާ އެއްގޮތަށް ކަމަށެވެ.

މީގެއިތުރުން ސިވިލް ކޯޓުގެ ހުކުމުގައި ބުނެފައި ވަނީ މި އެގްރިމެންޓް ބާތިލް ކުރުމުގެ ސަބަބުން މޫވިން އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށް ލިބޭ ގެއްލުމުގެ ބަދަލު ހޯދުމަށް ދިވެހި ދައުލަތުގެ މައްޗަށް ދައުވާ ކުރުމުގެ ހައްގު މޫވިން އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށް ލިބިގެންވާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް