ކ. މާލެ
|
3 މާރޗް 2019 | އާދީއްތަ 10:36
އިބްރާހިމް ވަހީދު ހަސަން (އިއްބެ)
އިބްރާހިމް ވަހީދު ހަސަން (އިއްބެ)
މާޒިޔާ ސްޕޯރޓްސް ކްލަބް
އިބްރާހިމް ވަހީދު ހަސަން (އިއްބެ)
ޓީސީ ދޫކޮށް އިއްބެ މާޒިޔާއަށް ސޮއިކޮށްފި
އިއްބެ މާޒިޔާއަށް ސޮއިކުރީ ތިން އަހަރަށް

ޓީސީ ސްޕޯޓްސް ކްލަބް ދޫކޮށްލުމަށް ފަހު، އުންމީދީ މިޑްފިލްޑަރ އިބްރާހިމް ވަހީދު ހަސަން (އިއްބެ) މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ސޮއިކޮށްފިއެވެ.

އިއްބެ މާޒިޔާއަށް ސޮއިކުރިކަން އެ ކްލަބުން އިއުލާންކޮށްފައިވާއިރު، އޭނާ ކުޅޭނީ 21 ނަމްބަރު ޖޯޒީގައެވެ. އޭނާ މިދިޔަ ސީޒަނުގައި ޓީސީގައި ބޭނުން ކުރީ 10 ނަމްބަރު ޖޯޒީއެވެ.

ޓީސީއާ އެކު ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ އިއްބެ މާޒިޔާއަށް ސޮއިކޮށްފައި ވަނީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

ހދ. ނޮޅިވަރަމްއަށް އުފަން އިއްބެ ވަނީ މިދިޔަ ސީޒަނުގައި ޓީސީއަށް މޮޅު ކުޅުމެއް ދައްކާފައެވެ. އޭނާ ވަނީ މިދިޔަ އަހަރު ރާއްޖެއިން ސާފް ސުޒުކީ ކަޕް ކާމިޔާބުކުރިއިރު ގައުމީ ޖޯޒީގައި މެޗުތަކުގައި މޮޅު ކުޅުމެއް ދައްކާ ލަނޑުތަކެއް ވެސް ކާމިޔާބުކޮށްފައެވެ.

އިއްބެގެ އިތުރުން މާޒިޔާއަށް ދެން އެންމެ އަވަހަށް ސޮއިކުރާނެ ކަމަށް ބެލެވެނީ ޓީސީއަށް މިދިޔަ ސީޒަނުގައި ކުޅުނު އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އާއި ހަމްޒާ މުހައްމަދު (ހަމްޕު) އެވެ.

ކުރިޔަށް އޮތް ސީޒަނަށް މާޒިޔާ ދޫކޮށް ހަތަރު ކުޅުންތެރިން ވަނީ މިހާތަނަށް ގޮސްފައެވެ. އެއީ ސައްމާމް ގާސިމް (ސައްމޭ) އާއި ޔަސްފާދު ހަބީބް (މުލަކޭ) އާއި އަހުމަދު އިމާޒް (އާއްކޮ) އަދި އިސްމާއިލް އީސާ (މެސީ) އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 12 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް