އިޓާލިއަން ލީގުގައި އޭސީ މިލާނުން ފުރުސަތުގެ ބޭނުން ހިފައި ތިން ވަނަ އަށް ޖެހިލިއިރު، ރޯމާއަށް ލިބުނު ފުރުސަތު ނަގާލައިފިއެވެ.
ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗުން މިލާން މޮޅުވީ ސަސޫލޯއާ ވާދަކޮށް 0-1 ގެ ނަތީޖާއަކުންނެވެ.
މިލާން ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ރަނގަޅަށް ކުޅެމުންދިޔައީ ސަސޫލޯއިންނެވެ. އެގޮތުން އެ ޓީމުން ވަނީ މިލާންގެ ހާފަށް ބާރުބޮޑުކޮށް ހަމަލާތައް އުފައްދާފައެވެ.
މި ހާފްގައި މިލާން އަށް ވެސް ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް ލިބިފައިވާއިރު، އެ ޓީމުން ލީޑު ނެގީ 35 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މުސާޗިއޯއެވެ. މި ލަނޑަށް ފަހު ވެސް މިލާނަށް ވަނީ ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.
Hard fought, important win. Full speed ahead lads!
— AC Milan (@acmilan) March 2, 2019
Vittoria sofferta e importante. Avanti tutta ragazzi!#MilanSassuolo #ForzaMilan pic.twitter.com/lE2Pub4u6C
ދެވަނަ ހާފް ފެށިގެން ސަސޫލޯއިން އެޓީމުގެ އެޓޭކްތައް ވަރުގަދަކޮށްފައިވާއިރު، ލަނޑު ޖެހުމަށް ހުސް ގިނަ ފުރުސަތުތައް ލިބި ވަނީ ބޭކާރުވެފައެވެ.
ސަސޫލޯއަށް ހުރަސްތަކާ ދިމާވީ 64 ވަނަ މިނެޓުގައި އެޓީމުގެ ކޮންސިގްލީއަށް ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލުމުންނެވެ. އެގޮތުން ދެވަނަ ހާފްގެ ބޮޑު ބައެއް ސަސޫލޯ ކުޅެން ޖެހުނީ 10 ކުޅުންތެރިންނާއެކުގައެވެ.
އިޓާލިއަން ލީގުގައި އެންމެ ފަހުން ސަސޫލޯއާ ދެކޮޅަށް މިލާން ކުޅުނު ހަ މެޗުގެ ތެރެއިން ފަސް މެޗުން މިލާން މޮޅުވެފައިވާއިރު، އެއް މެޗު ނިމިފައިވަނީ އެއްވަރުވެގެންނެވެ.
މި ނަތީޖާއާ އެކު މިލާން އޮތީ ކުޅުނު 26 މެޗުން ލިބުނު 48 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ތިންވަނައިގައެވެ. މެޗުން ބަލިވި ސަސޫލޯ އޮތީ ކުޅުނު 26 މެޗުން ލިބުނު 31 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ 11 ވަނައިގައެވެ.
#LazioRoma
— S.S.Lazio (@OfficialSSLazio) March 2, 2019
Il tris l’ha calato lui, @CataldiDanilo a #LSC: "Porterò per sempre con me la gioia per aver segnato nel derby"
https://t.co/XIazkry5SM pic.twitter.com/0yle3otwU2
ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗުން ރޯމާ ބަލިވީ ލާޒިއޯއާ ވާދަކޮށް 0-3 ގެ ނަތީޖާއަކުންނެވެ.
ލާޒިއޯ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން 12 ވަނަ މިނެޓުގައި އެޓީމުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކައިސީޑޯއެވެ.
މި ލަނޑާއެކު ރޯމާއިން އެޓީމުގެ ކުޅުން ވަރުގަދަކޮށްފައިވާއިރު، ފުލުފުލުގައި ހަމަލާތައް ވަނީ އުފައްދާފައެވެ. އެގޮތުން ލަނޑު ޖެހުމަށް ވެސް ފުލުފުލުގައި ފުރުސަތުތައް ވަނީ ލިބި ބޭކާރުވެފައެވެ.
ދެވަނަ ހާފް ފެށިގެން ލާޒިއޯއިން ވަނީ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރީ އިމޯބައިލްއެވެ. ލާޒިއޯގެ ތިންވަނަ ލަނޑު 89 ވަނަ މިނެޓުގައި ކާމިޔާބުކުރީ ކަޓަލްޑީއެވެ.
މި ހާފްގައި ވެސް ރޯމާއަށް ހުސް ގިނަ ފުރުސަތުތައް ލިބިފައިވާއިރު، އެ ފުރުސަތުތަކުގެ ބޭނުން އެންމެ އެދެވޭ ގޮތެއްގައި އެޓީމަށް ހިފިފައެއް ނުވެއެވެ.
މި ނަތީޖާއާ އެކު ރޯމާ އޮތީ ކުޅުނު 26 މެޗުން ލިބުނު 44 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ފަސްވަނައިގައެވެ. މެޗުން މޮޅުވި ލާޒިއޯ އޮތީ 25 މެޗުން ލިބުނު 41 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ހަވަނައިގައެވެ.