ކ. މާލެ
|
2 މާރޗް 2019 | ހޮނިހިރު 18:56
ހީނާ ޚާން އާޢި އުރުވަޝީ ޑޮލާކިއާ
ހީނާ ޚާން އާޢި އުރުވަޝީ ޑޮލާކިއާ
ހިންދުސްތާނީ ޓައިމްސް
ބޮލީވުޑް
އެންމެ ފަހުން ދެ ކޮމޯލިކާ ދިމާވެއްޖެ
މި ދެތަރިން ބައްދަލުވެފައިވަނީ މިދިޔަ ހުކުރު ދުވަހު ބޭއްވި ހަފްލާއެއްގައި

ސްޓާޕްލަސް އިން ދެއްކި ކާމިޔާބު ޑްރާމާ ސީރީއަލް "ކަސައުޓީ ޒިންދަކީ" ގައި ކޮމޯލިކާގެ ރޯލުން ފެނިގެން ދިޔަ އުރުވަޝީ ދޮލާކިއާ އާއި އަދި މިހާރު ސްޓާޕްލަސް އިން ދައްކަމުންދާ "ކަސައުޓީ ޒިންދަގީކީ2" ގައި ކޮމޯލިކާގެ ރޯލު ކުޅެމުންދާ ހީނާ ޚާން އާއި ބައްދަލުވެއްޖެ އެވެ.

މި ދެތަރިން ބައްދަލު ވެފައިވަނީ މިދިޔަ ހުކުރު ދުވަހު ބޭއްވި ހަފްލާއެއްގައެވެ.

އުރުވަޝީ ވަނީ ހީނާ އާއި އެކު ނަގާފައިވާ ފޮޓޯ އެއް އޭނާގެ އިންސްޓަގްރާމްގައި ހިއްސާ ކޮށްފައެވެ. އަދި ފޮޓޯގެ ކެޕްޝަންގައި ހީނާ އާއި ދިމާވުމުން އުފާކުރާ ކަމަށް ވަނީ ބުނެފައެވެ.

މީގެ އިތުރުން ހީނާ ވެސް ވަނީ އުރަވްޝީ އާއި އެކު ނަގާފައިވާ ފޮޓޯއެއް އޭނާގެ އިންސްޓަގްރާމް ސްޓޯރީއަށް ލާފައެވެ. ހީނާ ވަނީ އުރުވަޝީ ދިން އިރުޝާދު ތަކަށް ޝުކުރު އަދާކޮށްފައެވެ.

މި ދެތަރިން އެކުގައި ފެނުނުން ވެގެން ގޮސްފައިވަނީ ކޮމޯލިކާގެ ފޭނުންނަށް ލިބުނު ވަރަށް ބޮޑު އުފަލަކަށެވެ.

2001 ވަނަ އަހަރުން ފެށިގެން ހަތް އަހަރު ވަންދެން ދެއްކި "ކަސޯޓީ ޒިންދަގީކީ" ގައި އުރުވަޝީ ފެނިގެންގޮސްފައިވަނީ ވިލަން ގެ ރޯލުންނެވެ. އޭކްތާ ކަޕޫރު ޕްރޮޑިއުސް ކޮށްފައިވާ މިޝޯގައި ލީޑް ރޯލު ކުޅެފައިވަނީ ޝްވޭތާ ތިވާރީ އާއި ސިޒޭން ޚާން އެވެ. މިދިޔަ އަހަރު ދައްކަން ފެށި މި ސީރިޒް ގެ ރީބޫޓްގައި ލީޑް ރޯލުން ފެނިގެން ދަނީ އެރިކާ ފެނާންޑޭޒް އާއި ޕާރތް ސަމްތަން އެވެ.

 

- ކޮމެންޓް