ކ. މާލެ
|
2 މާރޗް 2019 | ހޮނިހިރު 18:46
ދިޕިކާ ޕަދުކޯން އާއި ރަންވީރު ސިންގް އަދި ރަންބީރު ކަޕޫރު
ދިޕިކާ ޕަދުކޯން އާއި ރަންވީރު ސިންގް އަދި ރަންބީރު ކަޕޫރު
ގޫގުލް
ބޮލީވުޑް
ދިޕިކާ އާއި ރަންބީރު އެކުގައި ފިލްމް ކުޅުނަސް ކަންބޮޑެއްނުވޭ: ރަންވީރު
ރަންބީރާއި އެކު ފިލްމް ކުޅެން ރަންވީރުވެސް ބޭނުންވާ ކަމަށް ވަނީ ބުނެފައި

މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ކައިވެނިކުރި ބޮލީވުޑްގެ ދެ ތަރިން ކަމަށްވާ ދިޕިކާ ޕަދުކޯން އާއި ރަންވީރު ސިންގް އަކީ ބޮލީވުޑްގެ އެންމެ ލޯބި އެއްޖޯޑެވެ.

މިދިޔަ ހުކުރު ދުވަހު އަނެއްކާ ވެސް ރަންވީރު މިވަނީ އެދެމީހުންގެ ދެމެދުގައި އޮންނަ ލޯބީގެ ގުޅުމުގެ ވަރުގަދަކަން ހާމަކޮށްފައެވެ.

"އިންޑިއާ ޓުޑޭ ކޮންކްލޭވް 2019" ގައި ކުރި ދިޕިކާ އާއި އޭނާގެ ކުރީގެ ލޯބިވެރިޔާ ރަންބީރު ކަޕޫރާއި އެކުގައި ފިލްމެއް ކުޅޭނަމަ އންސެކިއާ ވާނެތޯ ކުރި ސުވާލަށް ޖަވާބުދެމުން ރަންވީރު ބުނެފައިވަނީ އޭނާ ބަލައިލާފައި އިންސެކިއާރ މީހެއް ހީވޭތޯ ވަނީ ސުވާލު ކޮށްފައެވެ.

"އަހަރެން ލޯބިވާ ވަރަށް ދިޕިކާ ދެކެ ލޯބިވާނެ އިތުރު މީހެއް ނުހުންނާނެ. އެއީ އެއްވެސް މައްސަލައެއް ނޫން.

އަހަރެންގެ އަންހެނުންނަށް ދިޕިކާ އެހެރީ ހަދާފައި. އެއީ އަހަންނަށް ލިބުނު ކުރިއެރުމެއް" ރަންވީރު ވަނީ ބުނެފައެވެ.

މީގެ އިތުރުން ރަންވީރު ބުނެފައިވަނީ ރަންބީރާއި އެކު މަސައްކަތް ކުރަން އޭނާ ވެސް ބޭނުންވާ ކަމަށާއި އެފުރުސަތު ވަރަށް ގިނަ ފަހަރު ލިބުނު ކަމަށެވެ. ނަމަވެސް އަދި ރަންވީރައި އެކުގައި އެއްވެސް ފިލްމެއްގެ މަސައްކަތް ކުރެވިފައި ނުވާ ކަމަށް ރަންވީރު ވަނީ ބުނެފައެވެ.

"އެއީ ނުވާނެ ކަމެއް ނޫން. ވަރަށް އަވަހަށް ރަންވީރާއި އެކު ފިލްމެއްގައި މަސައްކަތް ކުރެވޭނެހެން ހީވޭ " ރަންވީރު ވަނީ ބުނެއެވެ.

ދިޕިކާ އާއި ރަންބީރު ވަނީ އަހަރުތަކެއް ވަންދެން ރައްޓހިވެގެން އުޅެފައެވެ. މިދެތަރިން އެކުގައި ކުޅެފައިވާ ފިލްމްތަކުގެ ތެރޭގައި "ޔޭޖަވާނީ ހޭ ދިވާނީ"، "ތަމާޝާ"، "ބަޗްނާއޭ ހަސީނޯ" ހިމެނެއެވެ.

- ކޮމެންޓް