ކ. މާލެ
|
2 މާރޗް 2019 | ހޮނިހިރު 13:15
އޮގްސްބާގްގެ ކުޅުންތެރިން އުފާފާޅުކުރަނީ
އޮގްސްބާގްގެ ކުޅުންތެރިން އުފާފާޅުކުރަނީ
ޓްވިޓަރ
ބުންޑަސްލީގާ
ބުންޑަސްލީގާ: އޮގްސްބާގް އަތުން ބަލިވެ، ޑޯޓްމަންޑަށް މަގާމު ގެއްލުމުގެ ބިރު!
ޑޯޓްމަންޑްގެ މައްޗަށް އޮގްސްބާގް ކުރިހޯދީ 1-2 ގެ ނަތީޖާއަކުން

ބުންޑަސްލީގާގައި އޮސްބާގް އަތުން ބަލިވެ، ބްރޫޝިއާ ޑޯޓްމަންޑަށް ޕޮއިންޓް ތާވަލުގެ އެއް ވަނަ ގެއްލުމުގެ ބިރު ހީވެއްޖެއެވެ.

ހުކުރު ދުވަހުގެ ރޭ ކުޅުނު މެޗު އޮގްސްބާގްއާ ވާދަކޮށް ޑޯޓްމަންޑް ބަލިވީ 1-2 ގެ ނަތީޖާއަކުންނެވެ.

އޮގްސްބާގް ދަނޑުގައި ކުޅުނު މެޗުގައި ބޯޅަ ކޮންޓްރޯލްކޮށް ރަނގަޅަށް ކުޅުނީ ޑޯޓްމަންޑުންނެވެ. ނަމަވެސް މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ޑޯޓްމަންޑުންނެވެ. މި ލަނޑު 24 ވަނަ މިނެޓުގައި ކާމިޔާބުކުރީ ޑިޑޮންގް ވޮންއެވެ.

މި ލަނޑާއެކު ޑޯޓްމަންޑުން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް، ލަނޑު ޖެހުމަށް ފުރުސަތުތަކެއް ވެސް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފްގައި އެ ފުރުސަތުތަކުގެ ބޭނުން އެޓީމަށް ހިފިފައެއް ނުވެއެވެ.

ދެވަނަ ހާފް ފެށިގެން އޮގްސްބާގުން ވަނީ ލީޑު ފުޅާކޮށްފައެވެ. މި ލަނޑުވެސް އެޓީމަށް ކާމިޔާބުކޮށްދިނީ ޖިޑޮންގް ވޮންއެވެ.

މެޗު ނިމުމުގެ ކުރިން ޑޯޓްމަންޑުން ކާމިޔާބުކުރި ހަމައެކަނި ލަނޑު 81 ޖެހީ ޕަކޯ އަލްކަސާއެވެ. މި ލަނޑަށްފަހުވެސް ޑޯޓްމަންޑަށް ވަނީ ލަނޑު ޖެހުމަށް ގިނަ ފުރުސަތުތައް ލިބި ބޭކާރުވެފައެވެ.

މި ނަތީޖާއާއެކު ޑޯޓްމަންޑް އޮތީ ކުޅުނު 24 މެޗުން ލިބުނު 54 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ އެއްވަނައިގައެވެ. ޑޯޓްމަންޑްގެ ފަހަތުން ދެވަނައިގައި އޮތް ބަޔާން މިއުނިކަށް 23 މެޗުން ލިބިފައިވަނީ 51 ޕޮއިންޓެވެ. އެގޮތުން ކުރިޔަށް އޮތް މެޗު ކާމިޔާބުކޮށްގެން ބަޔާންއަށް ޑޯޓްމަންޑްއާ އެއް ހަމައަށް އެރުމުގެ ފުރުސަތު އެބައޮތެވެ.

މެޗުން މޮޅުވި އޮގްސްބާގް ވަނީ ކުޅުނު 24 މެޗުން ލިބުނު 21 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ 15 ވަނައިގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް