ކ. މާލެ
|
2 މާރޗް 2019 | ހޮނިހިރު 07:23
އަޖޭ ދޭވްގަން
އަޖޭ ދޭވްގަން
ގެޓީ އިމޭޖަސް
ބޮލީވުޑް
އަމިތް ޝަރްމާގެ ސްޕޯޓްސް ބައޯޕިކްގައި އަޖޭ
މި ފިލްމްގައި އެޖޭ ފެނިގެންދާނީ އިންޑިއަން ނެޝަނަލް ފުޓްބޯޅަ ޓީމްގެ ކުރީގެ ކޯޗު ސައީދު އަބްދުއްރަހީމްގެ ރޯލުން

ކާމިޔާބު ބޮލީވުޑް ފިލްމް "ބަދާއީހޯ" ގެ ޑައިރެކްޓަރ އަމިތު ޝަރްމާގެ ދެން ޑާއިރެކްޓް ކުރުމަށް ހަމަޖެހިފައިވާ ސްޕޯޓްސް ބައޯޕިކްގައި ފެނިގެންދާނީ އަޖޭ ދޭވްގަން ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

މި ފިލްމްގެ ވާހަކަ މައިގަނޑު ގޮތެއްގައި ބިނާކޮށްފައި ވަނީ އިންޑިއާގެ ފުޓްބޯޅައިގެ ރަން އަހަރުތައް ކަމަށްވާ 1951 އަދި 1962 އަކަށެވެ.

މި ފިލްމްގައި އެޖޭ ފެނިގެންދާނީ އިންޑިއަން ނެޝަނަލް ފުޓްބޯޅަ ޓީމްގެ ކުރީގެ ކޯޗު ސައީދު އަބްދުއްރަހީމްގެ ރޯލުންނެވެ.

"އަހަރެންގެ ދެން އަންނަން އޮތް ފިލްމަކީ ފުޓްބޯޅައާ ގުޅުން ހުރި ފިލްމެއް،" އަމިތު ޝަރްމާ ވަނީ ބުނެފައެވެ.

މި ފިލްމްގެ ޝޫޓިންތައް ފެށުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ މެއި ނުވަތަ ޖޫން މަހު ކަމަށް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް މި ފިލްމަށް ކިޔާނެ ނަމެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

އަޖޭ އެންމެ ފަހުން ވެނިގެން ގޮސްފައިވަނީ މިދިޔަ ހަފްތާގައި ރިލީޒް ކުރި ކޮމެޑީ ފިލްމް "ޓޯޓަލް ދަމާލް" އިންނެވެ.

އަމިތު ޝަރްމާ އެންމެ އެންމެ ފަހުން ޑައިރެކްޓް ކުރި ފިލްމް "ބަދާއީ ހޯ" އަށް ވަނީ ބޮކްސް އޮފީހުގައި ބޮޑު އާމަދަނީއެއް ލިބިގެންގޮސްފައެވެ. އަދި މި ފިލްމްވަނީ ބޮކްސް އޮފީހުގައި ސަތޭކަ ކްރޯޑް ކްލަބަށް ވެސް ވަދެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް