Advertisement
ކ. މާލެ
|
19 ފެބްރުއަރީ 2017 | އާދީއްތަ 22:06
ރާއްޖޭގެ ފޮރިން މިނިސްޓަރާއި ޗައިނާގެ ފޮރިން މިނިސްޓަރާ ބައްދަލު ކުރައްވަނީ
ރާއްޖޭގެ ފޮރިން މިނިސްޓަރާއި ޗައިނާގެ ފޮރިން މިނިސްޓަރާ ބައްދަލު ކުރައްވަނީ
ހާރިޖީ ވުޒާރާ
ފޮރިން މިނިސްޓްރީ
ދިވެހި ފޮރިން މިނިސްޓްރީ އާއި ޗައިނާގެ ފޮރިން މިނިސްޓްރީއާ ދެމެދު މަޝްވަރާ ބައްދަލުވުން ބާއްވައިފި
މި ބައްދަލުވުމުގައި ދެ ޤައުމުގެ ދެމެދުގައި އުފެއްދުންތެރިކަން ކުރިއެރުވުމާ ބެހޭ ގޮތުން މަޝްވަރާ ކުރެވުނު

ދިވެހިރާއްޖޭގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އާއި ޗައިނާގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒާ  ދެމެދު ހަ ވަނަ މަޝްވަރާ ބައްދަލުވުން އާދީއްތަ ދުވަހު ބާއްވައިފިއެވެ.

ރާއްޖޭގެ ފޮރިން މިސްޓްރީގައި ބޭއްވި މި ބައްދަލުވުމުގައި ދެ ޤައުމުގެ ދެމެދުގައި އުފެންދުންތެރިކަން ކުރިއެރުވުމަށާއި، ޓޫރިޒަމް ކުރިއެރުވުމަށާއި، އިންސާނީ ވަސީލަތްތައް ކުރިއެރުވުމަށާއި، ޒުވާނުންނާއި ކުޅިވަރުގެ ދާއިރާ އަދި ވިޔަފާރި އިތުރަށް ފުޅާކޮށް ހަރުދަނާކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރެވުނެވެ.

ހަމައެހެންމެ ޗައިނާ ސަރުކާރުގެ އެހީގައި މިވަގުތު ރާއްޖޭގައި ކުރިއަށްދާ އެންމެ ބޮޑު ދެ ޕްރޮޖެކްޓްކަމުގައިވާ "މޯލްޑިވްސް-ޗައިނާ ފްރެންޑްޝިޕް ބްރިޖް ޕްރޮޖެކްޓް" އާއި "ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އަޕްގްރޭޑިން ޕްރޮޖެކްޓް" އާ ގުޅޭ މަޝްވަރާތައް ކުރެވުނެވެ. އަދި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުންވެސް ވަނީ މަޝްވަރާކުރެވިއެވެ.

 ޗައިނާއަކީ ދިވެހިރާއްޖޭގެ ތަރައްޤީގެ މުހިންމު ބައިވެރިއަކަށްވެފައި، ވޭތުވެދިޔަ ތިން އަހަރެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގެ ތަރައްޤީއަށް ބޮޑެތި އެތަކެއް އެހީ ވެދެއްވަމުންގެންދަވާފައިވާތީ އެކަން ފާހަގަކޮށް  ޗައިނާ ސަރުކާރަށް ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ޝުކުރުއަދާކުރެއްވިއެވެ.

މި އަހަރަކީ ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރެވުނުތާ 45 އަހަރުފުރުން ފާހަގަކުރާ އަހަރު ކަމަށްވާތީ، މިއަހަރު ކުލަގަދަގޮތެއްގައި ފާހަގަ ކުރުމާގުޅޭގޮތުންވެސް މި ބައްދަލުވުމުގައި ޚިޔާލުބަދަލުކޮށް ވާހަކަ ދެކެވުނެވެ.

މި މަޝްވަރާ ބައްދަލުކުރެއްވުމުގައި ދިވެހިރާއްޖޭގެ ވަފުދުގެ އިސްބޭފުޅެއްގެ ގޮތުގައި ހުންނެވީ މި މިނިސްޓްރީގެ ސެކްރެޓަރީ ބައިލެޓަރަލް، އަޙުމަދު ޚަލީލް އެވެ. ޗައިނާގެ ވަފްދުގައި އިސްކޮށްހުންނެވީ، އެސިސްޓެންޓެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ކޮންގް ޒުއާންޔޫ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް