ކ. މާލެ
|
1 މާރޗް 2019 | ހުކުރު 17:23
އެލިއާއިން \'ކޮންމެ ކުލައަކަސް ޔަމަހާ\' ޕްރޮމޯޝަން
އެލިއާއިން 'ކޮންމެ ކުލައަކަސް ޔަމަހާ' ޕްރޮމޯޝަން
ރާއްޖެއެމްވީ
އެލިއާ އިންވެސްޓްމަންޓް
އެލިއާއިން 'ކޮންމެ ކުލައަކަސް ޔަމަހާ' ޕްރޮމޯޝަން ފަށައިފި
5000 ރުފިޔާއާއި ހަމައަށް ޑިސްކައުންޓް ލިބިގެންދާނެ
މިޕްރޮމޯޝަން ކުރިއަށްދާނީ 10 އޭޕްރިލްއާއި ހަމަޢަށް

އެލިއާ އިންވެސްޓްމަންޓްސް 'ކޮންމެ ކުލައަކަސް ޔަމަހާ މޮޓޯސައިކަލް' ޕްރޮމޯޝަން ފަށައިފިއެވެ.

މިޕްރޮމޯޝަން ފެއްޓުމުގެ ގޮތުން ހުކުރު ދުވަހުގެ ހަވީރު 16:00 އިން ފެށިގެން 22:00 އަށް ހުޅުމާލެ އެއަރޕޯޓް ބަސް ސްޓޮޕް ސަރަހައްދުގައި ހާއްސަ ހަރަކާތެއް ކުރިއަށްދާނެ އެވެ.

މިއީ އެލިއާ އިންވެސްޓްމަންޓްސް އަށް 55 އަހަރު ފުރުމާއި އަދި އެލިއާއާއި ޔަމަހާގެ ގުޅުމަށް 45 އަހަރު ފުރުމުގެ މުނާސަބަތާއި ގުޅިގެން ކުރިއަށްގެންދާ ސިލްސިލާ ޕްރޮމޯޝަން "އެންމެންނަށްވެސް"ގެ ދަށުން ކުރިއަށް ގެންދާ ދެވަނަ ޕްރޮމޯޝަންއެވެ.

"ކޮންމެކުލައަކަސް ޔަމަހާ" ޕްރޮމޯޝަންއަކީ މަހުން މަހަށް ފައިސާ ދައްކާގޮތަށް ސައިކަލު ނަންގަވާ ފަރާތްތަކުގެ އިތުރުން، އެއް ފަހަރާ ފައިސާ ދައްކައިގެން ސައިކަލު ނަންގަވާ ފަރާތްތަކަށްވެސް ވަރަށް ޚާއްސަ ފުރުސަތުތަކެއް ހިމެނޭ ގޮތަށް ކުރިއަށްދާ ޕްރޮމޯޝަންއެކެވެ.

މިގޮތުން މި ޕްރޮމޯޝަންގެ ތެރޭގައި ސައިކަލު ނަންގަވާ ކޮންމެ ފަރާތަކަށްވެސް 20 ހެލްމެޓް މުޅިން ހިލޭ ލިބިގެންދާނެއެވެ.

އަދި މި ޕްރޮމޯޝަންގެ ދަށުން އެއްފަހަރާ ފައިސާ ދައްކައިގެން ސައިކަލު ބައްލަވައިގަންނަވާ ފަރާތްތަކަށް 5000 ރުފިޔާއަށް ހަމައަށް ޑިސްކައުންޓް ލިބިގެންދާނެއެވެ.

އެލިޔާއިން ހުޅުމާލޭގައި ކުރިއަށްގެންދާ ޕްރޮމޯޝަން ހަރަކާތް

މީގެ އިތުރުން މަހުން މަހަށް ފައިސާ ދައްކާ ގޮތަށް ސައިކަލު ނަންގަވާ ފަރާތްތަކަށް އެޕްލިކޭޝަން ހުށައަޅާ ވަގުތުން އެއްބަސްވުމުގައި ސޮއިކޮށް ފެށޭ ހަފްތާގެ ތެރޭގައި ސައިކަލު ހަވާލު ކުރުމުގެ ފުރުސަތުވެސް ލިބިގެންދާނެއެވެ.

ހަމައެއާއެކު ޕޯސްޓް ޑޭޓެޑް ޗެކް ބަހައްޓާކަށްވެސް ނުޖެހޭނެއެވެ. އެލިއާއިން ކުރިއަށްގެންދާ އިންސްޓޯލްމަންޓް ސްކީމަކީ އިސްލާމީ ޝަރީޢާ އެއްގޮތްވާ ގޮތުގެ މަތިން، ރިބާ ނުހިމެނޭ އިންސްޓޯލްމަންޓް ސްކީމެއް ކަމަށް އެލިއާއިން ބުންޏެވެ.

ހަމައެއާއެކު މަހުން މަހަށް ފައިސާ ދައްކާ ގޮތަށް ސައިކަލު ނަންގަވާ ފަރާތްތަކަށް ވެސް ސައިކަލު ލިބިގެންދާނީ އެ ފަރާތެއްގެ ނަންމަތީގައި ސީދާ ޕްރައިވެޓް ބޯޑުގައެވެ.

މި ޕްރޮމޯޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ހުކުރު ދުވަހުން ފެށިގެން އަންނަ މަހުގެ 10އަށެވެ.

- ކޮމެންޓް