Advertisement
ކ. މާލެ
|
19 ފެބްރުއަރީ 2017 | އާދީއްތަ 21:38
ހުޅުމާލެގެ ކުރެހުމެއް
ހުޅުމާލެގެ ކުރެހުމެއް
މުހައްމަދު ޝަރުހާން
ހުޅުމާލެ
ހުއްދަ ނެތި ހުޅުމާލޭ ހުޅަނގު ފަރާތުގައި އަޅާފައިވާ އުޅަނދުތައް ނަގަން ނިންމައިފި
އަންނަ މަހު އެއް ވަނަ ދުވަހުން ފެށިގެން އުޅަނދުތައް ނަގަން ފަށާނެ

ހުޅުމާލޭ ހުޅަނގުފަރާތު ފަޅުތެރޭގައި އެޗްޑީސީގެ ހުއްދަ ނެތި އަޅާފައިވާ އުޅަނދުތައް ނަގަން ނިންމާފައިވާ ކަަމަށް އެ ކޯޕަރޭޝަނުން ބުނެވެ. 

އެޗްޑީސީ އިން ބުނީ އަންނަ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން އެކުންފުނީގެ ހުއްދައެއް ނެތި ހުޅުމާލޭ ހުޅަނގު ފަރާތު ފަޅުތެރޭގައި އެއްވެސް އުޅަނދެއް އަޅާފައި ބާއްވާނަމަ، އެކުންފުނިން އެ އުޅަނދެއް ނަގާނެ ކަމަށެވެ. އަދި މިކަމުގެ ސަބަބުން އެ އުޅަނދަކަށް ލިބޭ ގެއްލުމަކަށް އެޗްޑީސީއިން ޒިންމާ ނުވާނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ، .

އެޗްޑީސީ އިން ބުނީ މިގޮތަށް ނިންމީ، ހުޅަނގު ފަރާތު ފަޅުތެރެ ބޭނުންކުރާ ފަރާތްތަކުން ހުއްދަނެތި އެސަރަޙައްދުގައި އުޅަނދުފަހަރު އަޅާފައި ބޭއްވުމުގެ ސަބަބުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ތަރައްޤީގެ މަޝްރޫޢުތަކަށާއި އެއަރޕޯޓްގެ ތަރައްޤީގެ މަސައްކަތަށް ގެންނަ މުދާ ހިފައިގެން އެސަރަޙައްދުން ދަތުރުކުރާ ބޮޑެތި ބާޖުފަދަ އުޅަނދުފަހަރަށް ވަދެ ނިކުތުމުގައި ދަތިތަކާއި ކުރިމަތިވަމުންދާތީ ކަމަށެވެ

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް