Advertisement
ކ. މާލެ
|
19 ފެބްރުއަރީ 2017 | އާދީއްތަ 21:31
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ޓްވިޓަރ
ރައްޔިތުންގެ މަޖިލިސް
ޕީޕީއެމްއަށް ގަދަކަމުން މެމްބަރުން ވައްދާ މައްސަލަ އެޖެންޑާކޮށްފި
ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމެޓީން ދިރާސާކޮށް ނިންމާފައިވާ ފަސް ރިޕޯޓެއް އެޖެންޑާގައިވޭ

ޕީޕީއެމްއަށް ގަދަކަމުން މެމްބަރުން ވައްދާ މައްސަލައިގައި ހުށަހަޅާފައިވާ ގަރާރު ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާކޮށްފި އެވެ. 

 

ހޯމަ ދުވަހުގެ ޖަލްސާގައި ފުރަތަމަ ކިޔުން އިއްވަން އެޖެންޑާ ކޮށްފައިވާ ގަރާރަކީ ސަރުކާރުގެ އިސްވެރިންނާއި ސަރުކާރު ހިންގާ ޕީޕީއެމްގެ އިސްވެރިން ނުފޫޒު ބޭނުންކޮށް، ސަރުކާރުގެ އިދާރާތަކުގެ މުވައްޒަފުންނާއި ސަރުކާރު ހިންސާވާ ކުންފުނިތަކުގެ މުވައްޒަފުން މަޖުބޫރުން ޕީޕީއެމަށް ސޮއި ކުރުވަމުންދާ ކަމަށް ބުނެ މަޖިލީހުގެ ސަމާލުކަމަށް ގެނައުމަށްޓަކައި މާފަންނު ހުޅަނދު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހް ހުށަހަޅާފައިވާ ގަރާރެކެވެ. މީގެ އިތުރުން ސަރުކާރުގެ މިނިސްޓްރީތަކުގެ ހިންގުމުގެ އޮނިގަނޑަށް ގެނެސްފައިވާ ބަދަލުތަކާ ގުޅިގެން މަޖިލީހުގެ ކޮމެޓީން ނިންމާފައިވާ ނިންމުންތައް ވެސް އެޖެންޑާގައިވެ އެވެ. 

 

 ކޮމިޓީތަކުން ހުށަހަޅާ ކަންކަމުގެ އެޖެންޑާގެ ދަށުން، ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމިޓީން މަޖިލީހަށް ހުށަހަޅާފައިވާ ފަސް ރިޕޯޓެކެވެ.

 

އެފަސް ރިޕޯޓަކީ ފޮރިން މިނިސްޓްރީގެ މަސައްކަތްތަކަށް ބަދަލުގެނައުމާ ގުޅޭގޮތުން ފޮނުއްވާފައިވާ މައްސަލަ އެކޮމެޓީން ނިންމި ގޮތުގެ ރިޕޯޓާއި އެންވަޔަރަންމަންޓް އެންޑް އެނަރޖީ މިނިސްޓްރީގެ މަސައްކަތްތަކަށް ބަދަލުގެނައުމާ ގުޅޭގޮތުން ފޮނުއްވާފައިވާ މައްސަލަ އެކޮމެޓީން ނިންމިގޮތުގެ ރިޕޯޓުގެ އިތުރުން ފިނޭންސް މިނިސްޓްރީގެ މަސައްކަތްތަކަށް ބަދަލުގެނައުމާ ގުޅޭގޮތުން ފޮނުއްވާފައިވާ މައްސަލަ ކޮމެޓީން ނިންމިގޮތުގެ ރިޕޯޓް އެވެ.

 

މީގެއިތުރުން، އެޓަރނީ ޖެނެރަލްގެ އޮފީހުގެ މަސައްކަތްތަކަށް ބަދަލުގެނައުމާ ގުޅޭގޮތުން ފޮނުއްވާފައިވާ މައްސަލަ ކޮމެޓީން ނިންމި ގޮތުގެ ރިޕޯޓުގެ އިތުރުން ހެލްތް މިނިސްޓްރީގެ މަސައްކަތްތަކަށް ބަދަލުގެނައުމާ ގުޅޭގޮތުން ފޮނުއްވާފައިވާ މައްސަލަ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމެޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓް އެޖެންޑާ ކޮށްފައިވެ އެވެ.

 

އެ ރިޕޯޓްތަށް އިއްވުމަށްފަހު، ހޯމަ ދުވަހުގެ ޖަލްސާގައި އެ ރިޕޯޓްތައް ފާސްކުރުމަށް ވޯޓަށް އެހުންވެސް އެޖެންޑާ ކޮށްފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް