ކ. މާލެ
|
28 ފެބްރުއަރީ 2019 | ބުރާސްފަތި 18:46
ސްޓޫޑެންޓް އޮފް ދަ އިޔާ 2 ގެ ޕޯސްޓަރ
ސްޓޫޑެންޓް އޮފް ދަ އިޔާ 2 ގެ ޕޯސްޓަރ
ހިންދުސްތާނީ ޓައިމްސް
ބޮލީވުޑް
ސްޓޫޑެންޓް އޮފް ދަ އިޔާ 2 ގައި ވެސް ސިދާތް، ވަރުން އަދި އާލިއާ
މި ފިލްމްގެ ލަވައެއްގައި ޓައިގާ ޝްރޯފް އާއި އެކު އާލިއާ ބަޓް ފެނިގެން ދާނެ

2012  ވަނަ އަހަރު ރިލީޒް ކުރި ކާމިޔާބު ފިލްމް "ސްޓޫޑެންޓް އޮފް ދަ އިޔާ" ގެ ތަރިން ކަމަށްވާ ވަރުން ދަވަން ، ސިދާތް މަލޯތްރާ އަދި އާލިއާ ބަޓް މި ފިލްމްގެ ސީކުއެލް "ސްޓޫޑެންޓް އޮފް ދަ އިޔާ 2" އިން ގައި ވެސް ފެނިގެން ދާނެ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ރިޕޯޓްތައް ބުނާ ގޮތުން މި ފިލްމްގެ ލަވައެއްގައި ޓައިގާ ޝްރޯފް އާއި އެކު އާލިއާ ބަޓް ފެނިގެން ދާނެއެވެ.

 މި ލަވައިގެ ކޮރިއޯގްރާފަރަކީ ފަރާ ޚާން ކަމަށް ރިޕޯޓްތައް ބުނެއެވެ.

މީގެ އިތުރުން ވަރުން އާއި ސިދާތް ވެސް މި ފިލްމްގައި ޚާއްސަ ފެނިލުމަކުން ފެނިގެންދާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.  އަދި އަންނަ ހަފްތާ ތެރޭގައި ޝޫޓިންތައް ފަށާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

"ސްޓޫޑެންޓް އޮފް ދަ އިޔާ2" ގައި ލީޑް ރޯލުން ފެނިގެންދަނީ ބޮލީވުޑަށް އަލަށް ތަޢާރަފްވާ ދެތަރިން ކަމަށްވާ ޗަންކީ ޕާންޑޭގެ ދަރިފުޅު އަނަންޔާ ޕާންޑޭ އާއި ތާރާ ސުތައިރިއާގެ އިތުރުން ޓައިގާ ޝްރޯފްއެވެ.

"ސްޓޫޑެންޓް އޮފް ދަ އިޔާ" ގައި ހިމެނޭ "ރާދާ ތޭރީ ޗުންރީ" ވެގެން ގޮސްފައިވަނީ ސުޕަރ ހިޓް ލަވައަކަށެވެ. އާލިއާ އެންމެ ފަހުން ކުޅުނު ފިލްމް "ގަލީ ބޯއީ" ވެފައި ވަނީ އޭނާ ކުޅުނު ފިލްމް ތަކުގެ ތެރެއިން އެންމެ ކާމިޔާބު ފިލްމަށެވެ. އެ ފިލްމްގައި އާލިއާ އާއި އެކު ފެނިގެންދަނީ ރަންވީރު ސިންގް އެވެ.

އާލިއާ އާއި އެކު "ސްޓޫޑެންޓް އޮފް ދަ އިޔާ" އިން ބޮލީބުޑަށް ތަޢާރަފްވި ދެތަރިން ކަމަށްވާ ވަރުން އާއި ސިދާތް އަކީވެސް ބޮލީވުޑްގެ ފުންނާބު އުސް ތަރިންގެ ލިސްޓްގައި ހިމެނޭ ދެ ފަންނާނުންނެވެ.

ވަރުން އަދި އާލިއާ ދެން އެންމެ އަވަހަށް ފެނިގެންދާނީ "ކަލަންކް" އިންނެވެ. ސިދާތް ދެން އެންމެ އަވަހަށް ފެނިގެންދާނީ ތާރާ އާއި އެކު "މަރުޖާވާން" އިންނެވެ.

   

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް