Advertisement
ކ. މާލެ
|
19 ފެބްރުއަރީ 2017 | އާދީއްތަ 19:47
އިލެކްޝަންސް ކޮމިޝަން އިދާރާ
އިލެކްޝަންސް ކޮމިޝަން އިދާރާ
ގޫގުލް
ލޯކަލް ކައުންސިލް އިންތިހާބު
ކައުންސިލް އިންތިހާބުގައި ވޯޓުލަން ރިރަޖިސްޓަރީވުމުގެ ފުރުސަތު ހުޅުވާލައިފި
ކައުންސިލް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އޭޕްރިލް 15 ގަ
އިންތިހާބުގައި 469 ވޯޓު ފޮށި ބެހެއްޓޭނެ

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއް ނުވަތަ ތަނެއްގައި ވޯޓުލުމަށް ބޭނުންވާ ފަރާތްތައް ރިރަޖިސްޓަރީވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން އާދިއްތަ ދުވަހު ރަޖިސްޓްރޭޝަންގެ ފުރުސަތު ހުޅުވާލާފައިވާއިރު މިފެށޭ މާޗު މަހުގެ ދެ ވަނަ ދުވަހުގެ ނިޔަލަށް މި ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.

މިމުއްދަތުގެ ތެރޭގައި ރަޖިސްޓަރީވުމަށް އެދި ހުށަހަޅުއްވަން ޖެހޭނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުހެ ހަތް ވަނަ ދުވަހުން މިދިއަ އަހަރުގެ ޑެސެމްބަރު މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލި ފުރުސަތުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކުގެ ތެރެއިން ރަޖިސްޓަރީވެފައިވާ ތަން ބަދަލުކުރުމަށް ބޭނުންވާ ފަރާތްތަކާއި އަދި ރަށްވެހިވެފައިވާ ރަށްނޫން އެހެން ރަށަކަށް ނުވަތަ ތަނަކަށް ރަޖިސްޓަރީވާން އެދޭ ފަރާތްތައް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެ އެވެ.

ކައުންސިލް އިންތިހާބުގައި ވޯޓުލުމަށް ރަޖިސްޓަރީވާން އެދޭ ފަރާތްތަކަށް ރާއްޖޭގެ ހުރިހާ ރަށެއްގެ ރަށު ކައުންސިލް އިދާރާތަކުންނާއި، އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުން ފޯމު ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނެ އެވެ. މާލޭ ސިޓީގައި ނަމަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބީ މަރުކަޒު ކަމުގައިވާ ބާޖަމާލުއްދީނުން ފޯމު ދޫކުރުމާއި ފޯމުތަށް ބަލައިގަތުމަށް ހަމަޖެހިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެ އެވެ.

ލޯކަލް ކައުންސިލް އިންތިހާބުގާ ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ޖުމްލަ 469 ވޯޓުފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފަ އެވެ.

ކައުންސިލް އިންތިހާބު ދެ ފަހަރެއްގެ މަތިން ފަސްކޮށްފައިވާ އިރު މިހާރު އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރީލް މަހުގެ 15 ވަނަ ދުވަހު އެވެ.

 

 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް