ކ. މާލެ
|
28 ފެބްރުއަރީ 2019 | ބުރާސްފަތި 15:37
ރޯޖާ ފެޑްރާ
ގޫގުލް
ދުބާއި ޓެނިސް ޗެމްޕިއަންޝިޕް
ދުބާއީ ޗެމްޕިއަންޝިޕްގެ ކުއާޓާއަށް ރޯޖާ ފެޑްރާ ދަތުރުކޮށްފި
ފެޑްރާ ކުއާޓާ ފައިނަލަށް ދިޔައީ ވާރޑެސްކޯ ބަލިކޮށްގެން
ފެޑްރާ މެޗު ކާމިޔާބުކުރީ ތިން ސެޓު ދެ ސެޓުން
ރޯޖާ ފަހު ހަތަރު ބުރުގައި ވާދަ ކުރަންޖެހޭނީ މާރޓޮން ފުކްސްވިކްސްއާ

ރޯޖާ ފެޑްރާ 50 ވަނަ މޮޅާއިއެކު ދުބާއި ޓެނިސް ޗެމްޕިއަންޝިޕްގެ ކުއާޓާ ފައިނަލަށް ގޮސްފިއެވެ.

ފެޑްރާ ކުއާޓާ ފައިނަލަށް ދިޔައީ ސްޕެއިންގެ ފެނާންޑޯ ވާރޑެސްކޯގެ މައްޗަށް ކުރި ހޯދައިގެންނެވެ.

ފެޑްރާ މެޗު ކާމިޔާބު ކުރީ ތިން ސެޓު ދެ ސެޓުންނެވެ.

މެޗުގެ ފުރަތަމަ ސެޓުގައި ފެޑްރާ ހަ ޕޮއިންޓް ކާމިޔާބު ކުރިއިރު، ވާރޑެސްކޯއަށް ކާމިޔާބު ކުރެވުނީ ތިން ޕޮއިންޓެވެ.

ދެވަނަ ސެޓުގައި ވާރޑެސްކޯގެ ކުޅުން ރަނގަޅުކޮށް ފެޑްރާގެ މައްޗަށް ކުރި ހޯދިއެވެ. މި ސެޓުގައި ފެޑްރާއަށް ތިން ޕޮއިންޓު ކާމިޔާބު ކުރެވުނު އިރު، ވާރޑެސްކޯވަނީ ހަ ޕޮއިންޓް ކާމިޔާބު ކޮށްފައެވެ.

ފަހު ސެޓުގައި، ފެޑްރާއަށް ހެދެމުންއައި ގޯސްތައް ރަނގަޅުކޮށް ވާރޑެސްކޯގެ މައްޗަށް ކުރި ހޯދާ މެޗު ކާމިޔާބުކުރިއެވެ. މި ސެޓުގައި ފެޑްރާ ވަނީ ހަ ޕޮއިންޓް ކާމިޔާބު ކޮށްފައެވެ. ވާރޑެސްކޯއަށް ކާމިޔާބު ކުރެވުނީ ތިން ޕޮއިންޓެވެ.

މި ނަތީޖާއާއި އެއްކޮށް ފެޑްރާގެ 100 ވަނަ އެސޯސިއޭޝަން އޮފް ޓެނިސް ޕޮރޮފެޝަނަލް ހޯދުމާ ގާތަށް ވަނީ ޖެހިލާފައެވެ.

20 ފަހަރަށް ގްރޭންޑް ސްލޭމް ހޯދާފައިވާ ރޯޖާ ފަހު ހަތަރު ބުރުގައި ވާދަ ކުރަންޖެހޭނީ، ހަންގޭރީގެ މާރޓޮން ފުކްސްވިކްސްއާއެވެ.

ފުކްސްވިކްސްއަކީ ދުނިޔޭގެ 35 ވަނާގައި އޮތް ޓެނިސް ކުޅުންތެރިޔާއެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 13 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް