Advertisement
ކ. މާލެ
|
19 ފެބްރުއަރީ 2017 | އާދީއްތަ 19:10
ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެމްންބަރު މުހައްމަދު ފަލާހު --
ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެމްންބަރު މުހައްމަދު ފަލާހު --
ރާއްޖެއެމްވީ
ރައްޔިތުންގެ މަޖިލިސް
ގަދަކަމުން ޕީޕީއެމަށް މީހުން ވައްދަމުންދާތީ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި
ވަޒީފާގެ ބިރު ދައްކައިގެން ޕީޕީއެމަށް މީހުން ވައްދަމުންދާ ކަމަށް ފަލާހު ވިދާޅުވި
ގަރާރުގެ ފުރަތަމަ ކިޔުން އިއްވުން މާދަމާ ބާއްވާ މަޖިލީހުގެ ޖަލްސާގައި
ޕީޕީއެމަށް މެންބަރުން އިތުރު ކުރުމަށް މިނިސްޓަރުންނާއި މަޖިލީހުގެ ބައެއް މެމްބަރުން ވަނީ ހަރަކާތެއް ހިންގާފަ

ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމަށް ގަދަކަމުން މީހުން ވައްދަމުންދާތީ އެކަން ރައްޔިތުންގެ މަޖިލީހުގެ ސަމާލުކަމަށް ގެނައުމަށް ގަރާރެއް ހުށަހަޅުއްވައިފިއެވެ.

 

ހޯމަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެގަރާރުގެ ފުރަތަމަ ކިޔުން އިއްވުމަށް ވަނީ އެޖެންޑާ ކޮށްފައެވެ.

 

އެގަރާރާ ގުޅޭގޮތުން "ރާއްޖެއެމްވީ"އަށް މައުލޫމާތު ދެއްވަމުން އެގަރާރު މަޖިލީހަށް ހުށަހެޅުއްވި ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު މުހައްމަދު ފަލާހު ވިދާޅުވީ، އެގާގު ހުށަހެޅުއްވީ ގަދަ ކަމުން މަޖުބޫރު ކުރުވައިގެން ދިވެހި ރައްޔިތުން ޕީޕީއެމަށް ވައްދަމުންދާތީ އެކަން މަޖިލީހުގެ ސަމާލުކަމަށް ގެނައުމަށް ކަމަށެވެ.

 

ފަލާހު ވިދާޅުވީ ސަރުކާރުގެ އިސްވެރިންނާއި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ފެކްޝަނަށް ނިސްބަތްވާ ޕީޕީއެމްގެ އިސްވެރިން ގެންދަވަނީ ސަރުކާރުގެ އެކިއެކި އޮފީސްތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ދައުލަތުގެ އެކިއެކި މުއައްސަސާތަކުގެ ވަޒީފާގައި އުޅޭ ފަރާތްތަކަށް ވަޒީފާގެ ބިރުދައްކައިގެން ޕީޕީއެމަށް ސޮއިކުރުވަމުން ކަމަށެވެ.

 

ދާދިފަހުން ޕީޕީއެމުން ވަނީ ސަރުކާރުގެ މިނިސްޓަރުންނާއި ޕީޕީއެމް ރައީސް ޔާމީން ފެކްޝަނަށް ނިސްބަތްވާ މަޖިލިސް މެންބަރުން ވަނީ އޮފީސްތަކާއި މަގުމައްޗަށް ނިކުމެވަޑައިގެން ޕީޕީއެމަށް މެންބަރުން އިތުރު ކުރުމަށް ހަރަކާތްތަކެއް ހިންގާފަ އެވެ. ޕީޕީއެމުން ބުނީ އެއީ އެޕާޓީއަށް 150،000 މެންބަރުން ހަމަ ކުރުމަށް ހިންގަމުންދާ ކެމްޕެއިންގެ ދަށުން ހިންގާފައިވާ ހަރަކާތެއް ކަމަށެވެ.

 

ޕީޕީއެމަށް 150،000 މެންބަރުން ހަމަކުރުމަށާއި ޕީޕީއެމް ރައީސް ޔާމީން ފެކްޝަން ހިންގުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވަނީ ރައީސް ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހީމްދީދީއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ޖުމާނާ ތައުފީގު
- ކޮމެންޓް