ކ. މާލެ
|
27 ފެބްރުއަރީ 2019 | ބުދަ 12:36
އިންޑިއާއިން ބޭނުންކުރާ އަސްކަރީ މަތިންދާ ބޯޓް
އިންޑިއާއިން ބޭނުންކުރާ އަސްކަރީ މަތިންދާ ބޯޓް
އަލްޖަޒީރާ
އިންޑިއާ - ޕާކިސްތާން
ޕާކިސްތާނުން އިންޑިއާގެ ދެ ބޯޓެއް ވައްޓާލައިފި:އަސްކަރިއްޔާ
ޕާކިސްތާނުންވަނީ އިންޑިއާގެ ޕައިލެޓެއްވެސް ހައްޔަރުކޮށްފައި

ކަޝްމީރުގެ އިންޑިއާއާއި ވީ ފަޅީގައި ޕާކިސްތާނުން ބުދަ ދުވަހު ވައިގެމަގުން ހަމަލާތަކެއްދީ އިންޑިއާގެ ދެ ބޯޓެއް ވައްޓާލައި ޕައިލެޓަކު ހައްޔަރު ކޮށްފައިވާ ކަމަށް ޕާކިސްތާނުން ކަށަވަރު ކޮށްދީފިއެވެ.

އިންޑިއާގެ ބެލުމުގެ ދަށުގައިވާ ކަޝްމީރާއި ޕާކިސްތާނުގެ ބެލުމުގެ ދަށުގައިވާ ކަޝްމީރުގެ ސަރަހައްދީ އިން ވަކިކޮށްދޭ ލައިން އޮފް ކޮންޓްރޯލް (އެލްއޯސީ) ސަރަހައްދަށްވަދެ އަންގާރަ ދުވަހު އިންޑިއާއިންވަނީ އެ ސަރަހައްދުގައި ހަމަލާތަކެއް ދީފައެވެ.

"މިއަދު ޕާކިސްތާނުގެ ވައިގެ ސިފައިންވަނީ ލައިން އޮފް ކޮންޓްރޯލްގައި ޕާކިސްތާނުގެ ވައިގެ ސަރަހައްދުގެ ތެރޭގައި ވައިގެ މަގުން ހަމަލާތަކެއްދީފައި" ޕާކިސްތާނުގެ ފޮރިން މިނިސްޓްރީން ބުދަދުވަހު ނެރެފައިވާ ބަޔާނެއްގައިވެއެވެ.

ޕާކިސްތާނު އަސްކަރިއްޔާގެ ތަރުޖަމާނު މޭޖަރ ޖެނެރަލް އާސިފް ގަފޫރު އޭގެ ކުރިންވަނީ އެ ގައުމުގެ ވައިގެ ސަރަހައްދަށް ވަން އިންޑިއާގެ ހަނގުރާމަތީ ދެ މަ ތިންދާބޯޓް ޕާކިސްތާނުގެ އަސްކަރިއްޔާއިން ވައްޓާލައި ޕައިލެޓް ހައްޔަރު ކޮށްފައިވާކަމަށް ބުނެފައެވެ.

ޕާކިސްތާނުން އިންޑިއާގެ ބޯޓްތަކެއް ވައްޓާލިކަމުގެ ޚަބަރު އައިސްފައި މިވަނީ ޕާކިސްތާނުގެ ހަނގުރާމަތީ މަތިންދާބޯޓްތަކެއް ކަޝްމީރުގެ އިންޑިއާ ފަޅީގެ ވައިގެ ސަރަހައްދަށް ބުދަ ދުވަހު ވަނުމުން އިންޑިއާގެ ބޯޓުތަކުން އެ ބޯޓްތައް ހުއްޓުވާފައިވާ ކަމަށް އިންޑިއާއިން ބުނެފައި ވަނިކޮށެވެ.

އިންޑިއާއިން އަންގާރަ ދުވަހު ޕާކިސްތާނަށް ދިން ހަމަލާތަކަށް ފަހު ޕާކިސްތާނުން ރައްދު ހަމަލާދޭނެ ކަމަށް އިއުލާނުކުރުމާއެކު އިންޑިއާއިންވަނީ އެ ގައުމުގެ ހަތަރު އެއަރޕޯޓެއް މުއްދަތެއް ނެތްގޮތެއްގައި ބުދަދުވަހު ބަންދުކޮށްފައެވެ.

ބަންދު ކުރި އެއަރޕޯޓްތަކުގެ ތެރޭގައި ކަޝްމީރުގެ އިންޑިއާ ފަޅީގައި އޮންނަ އެއަރޕޯޓް ހިމެނެއެވެ.

އިންޑިއާގެ ވައިގެ ސިފައިންގެ ދެ މަތިންދާ ބޯޓެއް ކަޝްމީރަށް ވެއްޓި ދެ ޕައިލެޓުންނާއި އާއްމުންގެ ބަޔަކު މަރުވެފައިވާ ކަމަށް ފުލުހުންވަނީ ބުނެފައެވެ. ނަމަވެސް އިތުުރު ތަފްސީލެއް ނުލިބެއެވެ.

ޕާކިސްތާނާއި އިންޑިއާގެ ގުޅުން ގޯސްވީ އިންޑިއާގެ ބެލުމުގެ ދަށުގައި އޮތް ކަޝްމީރުގެ ޕުލްވަމާގައި ދިން ހަށި ގޮއްވުމުގެ ހަމަލާއެއްގައި އިންޑިއާ ޕެރަމިލިޓަރީ ސިފައިންގެ 42 މީހަކު މަރުވުމާ ގުޅިގެންނެވެ. އިންޑިއާއިން ވަނީ މި ހަމަލާ ދިން ޖައީޝް ޖަމާއަތަށް ޕާކިސްތާނު ސަރުކާރުން ހިމާޔަތް ދޭ ކަމަށް ތުހުމަތު ކޮށްފައެވެ. ނަމަވެސް ޕާކިސްތާނުން މި ވާހަކަތައް ދޮގުކުރެއެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް