ޖިއޯ މެކްސްގެ ރާއްޖޭގެ ޑިސްޓްރިބިއުޓަރަކަށް ފޯސައިޓް ސަރވިޔާސް ހަމަޖެހިއްޖެއެވެ.
އެރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ފޯސައިޓް ސާވިޔަސްގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ނުވައިމް ވިދާޅުވީ ޖިއޯ މެކްސް ތައާރަފްވެގެން ދިއުމާއެކު އުނދަގޫތަކަށް ފަސޭހަވެގެންދާނެ ކަމަށެވެ. އަދި އޭގެ ސަބަބުން ކޮންސްޓްރަކްޝަން އިންޑަސްޓަސްޓްރީއާއި އިންޖިނިއަރސް އަދި އާކިޓެކްޗަރުންނަށް ފަސޭހަ ވެގެންދާނެ ކަމަށް ވިދާޅުވިއެވެ.
މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް ވިދާޅުވީ ޖިއޯ މެކްސް ރާއްޖެއަށް ތައާރަފް ވެގެން ދިއުމަކީ އުފާ ކުރައްވާކަމެއް ކަމަށެެވެ. އަދި ސަރވޭ ކުރާ ފަރާތްތަކަށް ފަސޭހަތައް ވެގެންދާނެ ކަމަށް އުއްމީދު ކުރައްވާކަމަށް ވިދާޅުވިއެވެ.
ޖިއޯ މެކްސްއަކީ ސަރވޭކުރުމަށް ބޭނުންކުރާ އެންމެ ފަހުގެ ވަސީލަތެކެވެ. އެއީ ސްވިޒަލޭންޑުގެ ކުންފުންޏެއް ކަމަށްވާ ހެކްސަގަން ކުންފުނީގެ އުފެއްދުމެކެވެ.