ކ. މާލެ
|
27 ފެބްރުއަރީ 2019 | ބުދަ 01:40
ޕާކިސްތާނުގެ ވައިގެ ސަރަހައްދަށް އިންޑިއާއިން ވަނުމުން އިންޑިއާއާ ދެކޮޅަށް ޕާކިސްތާނުގެ އެކިކަންކޮޅުތަކުގައި ނުރުހުން ފާޅުކުރޭ
ޕާކިސްތާނުގެ ވައިގެ ސަރަހައްދަށް އިންޑިއާއިން ވަނުމުން އިންޑިއާއާ ދެކޮޅަށް ޕާކިސްތާނުގެ އެކިކަންކޮޅުތަކުގައި ނުރުހުން ފާޅުކުރޭ
ބީބީސީ
އިންޑިއާ - ޕާކިސްތާން
އިންޑިއާއިން ވައިގެމަގުން ދިން ހަމަލާތަކަށް ރައްދުދޭނަން: ޕާކިސްތާން
އިންޑިއާއިން ބުނާގޮތުގައި އެ ގައުމުން ދިން ހަމަލާތަކުގައި 300 ހަނގުރާމަވެރިން މަރުވި

އިންޑިއާގެ ބެލުމުގެ ދަށުގައިވާ ކަޝްމީރާއި ޕާކިސްތާނުގެ ބެލުމުގެ ދަށުގައިވާ ކަޝްމީރުގެ ސަރަހައްދީ އިން ވަކިކޮށްދޭ ލައިން އޮފް ކޮންޓްރޯލް (އެލްއޯސީ) ސަރަހައްދަށް އަންގާރަ ދުވަހު އިންޑިއާއިން ވަދެފައިވާއިރު އެކަމުގެ ރައްދުދިނުމުގެ ހައްގު ޕާކިސްތާނަށްވެސް ލިބިގެންވާކަމަށް އެ ގައުމުން ބުނެފިއެވެ.

އަންގާރަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ދިން ހަމަލާތައް އަމާޒުކުރެވުނީ ބާލާކޯޓް ސަރަހައްދުގައި ހަރަކާތްތެރިވާ ޖައީޝް-އޭ-މުޙައްމަދު ޖަމާއަތުގެ ތަމްރީނުދޭ މަރުކަޒަކަށް ކަމަށް އިންޑިއާ ސިފައިން ވަނީ ބުނެފައެވެ.

މި ހަމަލާތަކުގައި އެ ޖަމާއަތުގެ 300 ހަނގުރާމަވެރިން މަރާލެވިފައިވާ ކަމަށް އިންޑިއާގެ ފޮރިން ސެކްރެޓްރީ ވިޖޭ ގޯކާލް ވަނީ ވިދާޅުވެފައެވެ. އަދި މި ހަމަލާ ދިނީ ޖައީޝް ޖަމާއަތުގެ ހަނގުރާމަވެރިން އިންޑިއާއަށް ހަމަލާދޭން ރާވަމުންދާ ކަމުގެ "ސައްހަ" މައުލޫމާތު ލިބިގެން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޕާކިސްތާނުން ވަނީ އެ ގައުމުގެ ނިއުކްލިއަރ ކޮމާންޑްގެ ބައްދަލުވުމަކަށްވެސް ގޮވާލާފައެވެ.

ޕާކިސްތާނުން ވަނީ އިންޑިއާއިން ދިން ހަމަލާތަކުގައި އެއްވެސް މީިހަކު ޒަޚަމްވެފައި ނުވާ ކަމަށާއި އިންޑިއާއިން ފަތުރަމުންދަނީ ދޮގު ވާހަކަތަކެއް ކަމަށް ބުނެފައެވެ.

"ކުނިބުނީގެ ތެރޭގައި ނެތް ގާ ފުނޑުކޮޅެއްވެސް" ރާާވަލްޕިންޑީގައި ހުންނަ އަސްކަރިއްޔާގެ މައި އިދާރާގައި ޕާކިސްތާނު އަސްކަރިއްޔާގެ ތަރުޖަމާނު މޭޖަރ ޖެނެރަލް އާސިފް ގަފޫރު ވިދާޅުވިއެވެ.

"އެތާގައި އިމާރާތްތަކެއް ހުރިނަމަ ކުނިބުނި ހުރީސް. އެމީހުން ބުނި އެތައްސަތޭކަ ބަޔަކު މަރާލެވިއްޖެކަމަށް. އަޅުގަނޑު މި ދަންނަވަނީ އެތަނުގައި 10 މީހުން ތިބިނަމަވެސް ކޮންމެވެސް ބައެއްގެ ހަށިގަނޑު ހުރީހޭ"، އޭނާ ވިދާޅުވެފައެވެއެވެ. 

ޤަފޫރު ވަނީ ބޭރުގެ މީޑިއާތަކާއި ޑިޕްލޮމޭޓުން އެތަން ބަލާލަން ދިއުމަށް ދައުވަތު އަރުވާފައެވެ.

ޕާކިސްތާނާއި އިންޑިއާގެ ގުޅުން ގޯސްވީ އިންޑިއާގެ ބެލުމުގެ ދަށުގައި އޮތް ކަޝްމީރުގެ ޕުލްވަމާގައި ދިން ހަށި ގޮއްވުމުގެ ހަމަލާއެއްގައި އިންޑިއާ ޕެރަމިލިޓަރީ ސިފައިންގެ 42 މީހަކު މަރުވުމާ ގުޅިގެންނެވެ. އިންޑިއާއިން ވަނީ މި ހަމަލާ ދިން ޖައީޝް ޖަމާއަތަށް ޕާކިސްތާނު ސަރުކާރުން ހިމާޔަތްދޭ ކަމަށް ތުހުމަތުކޮށްފައެވެ. ނަމަވެސް ޕާކިސްތާނުން މި ވާހަކަތައް ދޮގުކުރެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް