ކ. މާލެ
|
19 ފެބްރުއަރީ 2017 | އާދީއްތަ 16:40
"ވިޝްކާ" ގެ ޕްރޮމޯޝަނަލް ޕޯސްޓަރު
"ވިޝްކާ" ގެ ޕްރޮމޯޝަނަލް ޕޯސްޓަރު
ފޭސްބުކް
ދިވެހި ފިލްމް
"ވިޝްކާ"ގެ އާ ލަވައެއް ރިލީޒް ކޮށްފި
 
ލަވަ ރިލީޒް ކޮށްފައިވަނީ ހޮނިހިރު ދުވަހުގެ ރޭ

އަންނަ މާޗް މަހުގެ 8 ވަނަ ދުވަހު ރިލީޒް ކުރުމަށް ހަމަޖެހިފައިވާ ދިވެހި ފިލްމް " ވިޝްކާ" ގެ އާ ލަވައެއް ހޮނިހިރު ދުވަހުގެ ރޭ ރިލީޒް ކޮށްފިއެވެ.

 

މީގެ ކުރިން ރިލީޒް ކުރެވިފައިވާ ވިޝްކާގެ ޕްރޮމޯޝަނަލް ލަވައަށް ވެސް ވަނީ ބެލުންތެރިގެ ވަރަށް ބޮޑު ތަރުހީބެއް ލިބިފައެވެ.

 

ރާއްޖެ ޓީވީގެ ކުލަ ސްކްރީން ޕްރޮގްރާމުގައި ވާހަކަ ދައްކަމުން ފިލްމުގެ ޑައިރެކްޓަރ ރަވީ ފާރޫގް ބުނީ، މި ފިލްމް އަންހެނުންގެ ދުވަހު ރިލީޒް ކުރުމަށް ހަމަޖައްސާފައިވަނީ މި ފިލްމަކީ އަންހެން ކުއްޖެއްގެ ދިރިއުޅުމުގައި ދިމާވާ ހާދިސާތަކުގެ މައްޗަށް ބިނާކޮށް ތައްޔަރު ކޮށްފައިވާ ފިލްމަކަށް ވާތީ ކަމަށެވެ.

 

ރަވީ ފާރޫޤް ޑައިރެކްޓް ކޮށްފައިވާ މި ފިލްމުގެ ލީޑް ރޯލުން ފެނިގެންދާނީ ދިވެހި ފިލްމް އިންޑަސްޓްރީގައި މިހާރު އެންމެ ފުންނާބު އުސް ތަރިން ކަމުގައިވާ އައިޝަތު ރިޝްމީ، ރަވީ ފާރޫޤް އަދި އަޙްމަދު ސައީދު އެވެ

 

ވިލިމާލެ އަދި ހުޅުމާޅޭގައި ޝޫޓް ކޮށްފައިވާ މި ފިލްމްގައި ރަވީގެ އަޑުން ގިނަ ލަވަތަކެއް އިވިގެންދާނެ އެވެ.

 

. ދިވެހި މުޖުތަމައު އިން ފެންނަ ގިނަ ކަންތައްތައް ދައްކުވާދޭ މި ފިލްމުގެ ޕްރީ ޕްރޮޑަކްޝަން 2015 ވަނަ އަހަރު ފެށިފައިވާއިރު، ޝޫޓިންގް ފެށިފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުއެވެ. އަދި ފިލްމުގެ ޝޫޓިންގް ނިމި “ވިޝްކާ” ލޯންޗް ކޮށްފައިވަނީ 30 މެއި 2016 ގައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ޖުމާނާ ތައުފީގު
0%
0%
0%
0%
0%
0%
ކޮމެންޓް