ކ. މާލެ
|
19 ފެބްރުއަރީ 2017 | އާދީއްތަ 15:36
ފިލްމީ ތަރި އަލީ ސީޒަން
ފިލްމީ ތަރި އަލީ ސީޒަން
އަވަސް
ދިވެހި ފިލްމް
ސީޒަން ޑައިރެކްޓު ކުރާ ސިންހަޅަ ފިލްމްމުގެ ޝޫޓިންތައް ނިންމާލާއިފި
 
" ކައުޝީ" އަކީ މި ފިލްމުގެ ބަތޮލާގެ ނަން
 
ޝޫޓިންތައް ނިންމާލާފައި ވަނީ މިދިޔަ ހުކުރު ދުވަހު

ފިލްމީ ތަރި އަލީ ސީޒަން ޑައިރެކްޓް ކުރާ ސިންހަޅަ ފިލްމް ކައުޝީގެ ޝޫޓިންތައް ނިންމާލައިފިއެވެ.

 

 ލޯބީގެ ބިރުވެރި ހާދިސާތަކެއް ދައްކުވައިދޭ މި ފިލްމްގެ ޝޫޓިންތައް މިދިޔަ ހުކުރު ދުވަހު ނިންމާލެވިފައިވާއިރު، މިއީ ސީޒަންގެ "އެންމެ ބޮޑު ކާމިޔާބީ" ކަމަށް ވެސް އޭނާ ދެކެ އެވެ.

 

ފިލްމުގެ ބަތަލާގެ ނަމުން  ނަން ދީފައިވާ "ކައުޝީ" މި ފިލްމުގައި ތަރިންގެ ގޮތުގައި ހަރަކާތްތެރިވަނީ ލަންކާގެ މަޝްހޫރު ފިލްމީ ތަރިންނާއި މިދާއިރާއަށް އަލަށް ތައާރަފްވާ ބައެއް ތަރިން ކަމަށެވެ.

 

މި ފިލްމް ޝޫޓް ކޮށްފައި ވަނީ ކެންޑީ، ނުވަރަލިޔާ އަދި ކޮލަމްބޯގައެވެ. މީގެ އިތުރުން ފިލްމްގެ ލަވައެއް ރާއްޖޭގައި ވެސް ޝޫޓް ކުރުމަށް ވަނީ ނިންމާފައެވެ.

 

ދެ ލަވަ ހިމެނޭ މި ފިލްމްގެ މިއުޒިކް އަދި ބެކް މިއުޒިން ހަދާފައިވަނީ އިބްރާހިމް ނިފާރު (ތިއްތި) އެވެ.

 

ފިލްމުގެ ސިނަމަޓޯގްރަފީ އަބްދުﷲ ޝިފާޒް (މާސްކެ) ތައްޔާރު ކޮށްފައިވާއިރު، އެޑިޓިން މަސައްކަތް ކޮށްފައިވަނީ އަލީ މުސްތަފާ ( ސެމީ) އެވެ.

 

ސިންހަޅަ ފިލްމެއް ދިވެހި ފަންނާނަކު އަލަށް ޑައިރެކްޓް ކުރާ މި ފީޗަރ ފިލްމް އަދި ރިލީޒް ކުރާނެ ދުވަހެއް އަދި ކަނޑައެޅިފައި ނުވާ ކަމަށް ސީޒަން ބުންޏެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ޖުމާނާ ތައުފީގު
0%
0%
0%
0%
0%
0%
ކޮމެންޓް