ކ. މާލެ
|
25 ފެބްރުއަރީ 2019 | ހޯމަ 19:17
އިންޑިގޯ: ލޯ ކޮސްޓް އެންމެ ބޮޑު އެއަރލައިން
އިންޑިގޯ: ލޯ ކޮސްޓް އެންމެ ބޮޑު އެއަރލައިން
ގޫގުލް
އިންޑިގޯ އެއަރލައިން
އިންޑިގޯއިން ރާއްޖެއާއި ޕޫނޭއާއި ދެމެދު ދަތުރު ފަށަނީ!
މިހާރުވެސް އިންޑިޔާގެ ތިން މަންޒިލަކަށް ދަތުރުކުރޭ

އިންޑިއާގެ މަޝްހޫރު ބަޖެޓް އެއާލައިން އިންޑިގޯގެ ދަތުރުތައް ރާއްޖެ އާއި ޕޫނޭއާ ދެމެދު ފެށުމަށް ތައްޔާރުވެއްޖެއެވެ.

އިންޑިގޯގެ ދަތުރުތައް ފެށުމަށް ހަމަޖެހިފައި ވަނީ މާރޗް މަހުގެ ފަހުކޮޅުގައި ކަމަށާއި މިއީ ބެންގަލޫރު މަގުން ރާއްޖެއަށް ކުރާ ދަތުރުތަކެއް ކަމަށް ޚަބަރުތައް ބުނެއެވެ.

ރާއްޖެއަށް ކުރާ ދަތުރުތަކާ އެކު މިއީ ޕޫނޭ އިން އިންޑިގޯގެ ފުރަތަމަ ބައިނަލްއަޤްވާމީ މަންޒިލް ކަމަށްވާއިރު، ޕޫނޭއިން ފުރާނީ ފަތިހު 5:00 ގައެވެ.  

އިންޑިގޯ އެއަރލައިންގެ ދަތުރުތައް ރާއްޖެއަށް ފަށާފައި ވަނީ ނޮވެމްބަރ 15، 2018 ގައެވެ.

އެގޮތުން މި އެއާލައިންގެ ދަތުރުތައް މިހާރު ކުރަމުންދަނީ ރާއްޖެ އިން އިންޑިއާގެ ކޮޗިން އާއި ބެންގަލޫރުގެ އިތުރުން މުމްބާއީއަށެވެ. އެގޮތުން ކޮންމެ ދުވަހަކު މާލެ-ކޮޗިން އަށް ދަތުރުތައް ބާއްވާއިރު މާލެ- މުމްބާއީއާ ދެމެދު ހަފްތާއަކު ފަސް ދަތުރުކުރެއެވެ. މީގެ އިތުރުން މާލެ- ބެންގަލޫރާ ދެމެދެ ހަފްތާއަކު ދެ ދަތުރު ކުރުމަށް ޝެޑިއުލް ކޮށްފައި ވެއެވެ.

ޕޫނޭއަށް ކުރާ ދަތުރުތައް ފެށުމާ އެކު އިންޑިގޯއިން އިންޑިއާގެ ހަތަރު މަންޒިލަކަށް ދަތުރުތައް ކުރާނެއެވެ.

މި ފްލައިޓްތަކަކީ ބިޒްނަޒް ކްލާސްއާ އެކު އެންމެ ހެޔޮ އަގުގައި ދަތުރުތައް ކުރުމަށް ތައްޔާރު ކޮށްފައިވާ އެއަރލައިނަކަށްވާއިރު އިންޑިގޯ ވެބްސައިޓުން ދަތުރުތަކަށް ބުކިން ހެދޭނެ ކަމަށް އެއަރލައިނުން ވަނީ ބުނެފައެވެ.

އިންޑިގޯ އިން ރާއްޖެ އާއި އިންޑިއާ ދެމެދު ކުރާ ދަތުރުތަކުގައި ބޭނުން ކުރަނީ "އޭ ތްރީ" މަރުކާގެ ސަތޭކަ ތިރީސް މީހުންގެ ޖާގައިގެ ބޯޓެކެވެ.

- ކޮމެންޓް
26 ފެބްރުއަރީ 2019 | އަންގާރަ 03:44
އޯކޭ
މަރުކާ އަދި އެއްފަހަރު ޗެކް ކޮށްލަން ފެނޭ. އިިންޑިގޯ އިން ދަތުރުތަކަށް ބޭނުން ކުރަނީ އޭ 320 ގެ މަރުކާގެ ބޯޓުތަކެއް.