ކ. މާލެ
|
25 ފެބްރުއަރީ 2019 | ހޯމަ 10:56
ޖަޕާނުގެ އޮލިމްޕިކް މިނިސްޓަ ޔޮޝިޓާކާ ސަކުރާދާ
ޖަޕާނުގެ އޮލިމްޕިކް މިނިސްޓަ ޔޮޝިޓާކާ ސަކުރާދާ
މުހައްމަދު ޝަރުހާން
ޖަޕާންގެ އޮލިމްޕިކް މިނިސްޓަރ
ޖަޕާނުގެ އޮލިމްޕިކް މިނިސްޓަރު ރައްޔިތުންގެ ކިބައިން މާފަށް އެދިއްޖެ
އިދިކޮޅު މެންބަރުން ޕާލަމެންޓް މީޓީން ބޮއިކޮޓް ކޮށް 5 ގަޑިއިރު ވަންދެން މުޒާހަރާކުރި
ޔޮޝިޓާކާ ޖަޕާނުގެ ސައިބަރ ސެކިއުރިޓީ މިނިސްޓަރު ކަމުގެ މަގާމާއި ހަވާލުވީ 2017 ގައި

ޖަޕާނުގެ އޮލިމްޕިކް މިނިސްޓަ ޔޮޝިޓާކާ ސަކުރާދާ އެގައުމުގެ ޕާލަމެންޓް މީޓިންނަށް 3 މިނެޓަށް ގަޑިޖެހިފައި ވުމުގެ ސަބަބުން ރައްޔިތުންގެ ކިބައިން މާފަށް އެދިއްޖެއެވެ.

ޔޮޝިޓާކާގެ މިފަދަ އަމަލް ތަކާއި ހިތް ހަމަނުޖެހި ޖަޕާނުގެ އިދިކޮޅު މެންބަރުން ޕާލަމެންޓް މީޓީން ބޮއިކޮޓް ކޮށް 5 ގަޑިއިރު ވަންދެން މުޒާހަރާ ކޮށްފައި ވެއެވެ.

އޭނާއަކީ ފަރުވާ ކުޑަ މީހެއް ކަމަށާއި ވަޒީފާއަށް އޭނާ ދޭ އަހައްމިއްޔަތުކަން ކުޑަ ކަމަށް ވެސް މި މެމްބަރުން ބުނެފައި ވެއެވެ. ޖަޕާނުގެ މިފަދަ ބައްދަލުވުން ތަކަށް ލަހުން އައުމަކީ އެގައުމުގެ އާދަކާދައިގެ ތެރޭގައި ހިމެނޭ ކަމަކަށް ނުވާތީ އާއި އޭނާގެ ފަރާތުން އެފަދަ ކަންކަން ތަކުރާރު ވަމުންދާތީ އޭނާއަކީ އެމަގާމަށް އެންމެ އެކަށީގެންވާ މީހާ ކަމަށް އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ އިދިކޮޅު މެންބަރުން ގަބޫލެއް ނުކުރެއެވެ.

2017 ވަނަ އަހަރު އޮކްޓޯބަރު މަހު ޖަޕާނުގެ ސައިބަރ ސެކިއުރިޓީ މިނިސްޓަރުގެ މަގާމުގައި ހުރި އިރު ދުވަހަކުވެސް އޭނާ ކޮންޕިއުޓަރު ބޭނުން ނުކުރެއެވެ. އޭނާ ކުރަން ޖެހޭ މަސައްކަތް ކުރަނީ އޭނާގެ އޮފީހުގެ މީހުންނެވެ. މިކަމާއި ގުޅިގެން ވެސް ސަރުކާރާއި އިދިކޮޅު ފަރާތްތަކުން ވަނީ ތަކުރާރުކޮށް އޭނާގެ އިސްތިއުފާއަށް ގޮވާފައެވެ.

ސައިބަރ ސެކިއުރިޓީ މިނިސްޓަރު ކަމުގެ މައިގަނޑު މަސްއޫލިއްޔަތަކީ 2020 ގައި ޖަޕާނުގެ ވެރިރަށް ޓޯކިޔޯގައި އޮންނަ އޮލިމްޕިކްސް ގޭމްސް ސައިބަރ ޑިފެންސް އަށް ތައްޔާރު ކުރުމެވެ.

މިދިޔަ ހަފްތާގައި އަޝަހީ ޝިމްބަން ނޫހުން މި ކަމާއި ގުޅިގެން ނެގި ޚިޔާލު ހޯދުމުގެ ވޯޓުން 65 އިންސައްތަ މީހުން ޔޮޝިޓާކާ އެމަގާމުގައި ހުންނަން ނުފެންނަ ކަމަށް ބުނެފައިވާއިރު ފެންނަ ކަމަށް ބުނެފައިވަނީ އެންމެ 13 އިންސައްތަ މީހުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް