ކ. މާލެ
|
24 ފެބްރުއަރީ 2019 | އާދީއްތަ 22:39
އައިމިނަތު ޝީމާ ނާފިޒު
އައިމިނަތު ޝީމާ ނާފިޒު
ފޭސްބުކް
ޝިމާ ގެއްލުން
ޝިމާ ގެއްލުނު ހާދިސާ ޑިންގީ ދުއްވި ފަޒީލްގެ ދުލުން
ބުރާސްފަތި ދުވަހު އުޅުނީ ފުރަން، ފެރީ ކެޓުމުން ނުފުރުނީ

މެދުފުށި އައިލެންޑް ރިސޯޓްގައި ވަޒީފާ އަދާކުރަމުންދިޔަ އުމުރުން 19 އަހަރުގެ އައިމިނަތު ޝީމާ ނާފިޒު، ރިސޯޓުން ވަކިވެގެން މާލޭގައި އުޅުނުތާ ދުވަސްތަކެއް ފަހުން، ލ.މާމެންދޫއަށް ދިޔުމަށް ދަތުރު ފެށީ ބުރާސްފަތި ދުވަހުއެވެ. ބުރާސްފަތި ދުވަހު ހެނދުނު ފްލައިޓުން ޝިމާ ލ.ކައްދޫއަށް ދިޔައެވެ. ކައްދޫއިން އޭނާ ބަލައި ދިޔައީ ލ.ގަން މުކުރިމަގު އަވަށުގެ އިބްރާހިމް ފަޒީލެވެ. 

ޝިމާއަށް މުކުރިމަގުން ގެސްޓްހައުސްއެއް ހަމަޖައްސާ، އެ ގެސްޓްހައުސްގައި ޝިމާ ބެހެއްޓީވެސް ފަޒީލްއެވެ. ފަޒީލް ބުނީ، ޝިމާ ކައްދޫއަށް އައިއިރު ނުނިދާ ދެ ދުވަސް ވެފައިވާ ކަމަށް ބުނި ކަމަށެވެ. އަދި ކަންފަތުން ލޭއައިސްފައި ހުރުމުން ޑޮކްޓަރަށް ދެއްކި ކަމަށްވެސް އޭނާ ބުންޏެވެ.

ޝިމާ އޮތީ ބުރާސްފަތި ދުވަހުގެ ފެރީން މާމެންދޫއަށް ދިޔުމަށެވެ. ނަމަވެސް އޭނާއަށް ފެރީން މާމެންދޫއަށް ނުދެވުނީ ޝިމާއަށް ނުހޭލެވިގެން ފެރީ ކެޓުމުން ކަމަށެވެ.

"މާލެއިން ޝިމާ ލާމު އަތޮޅަށް އައީ ބުރާސްފަތި ދުވަހުގެ ހެނދުނު ފްލައިޓުން. އޭނަ އައިއިރު، ހުރީ ނުނިދާ. ރައްޓެހި ކުއްޖަކަށް ދިމާވި ކަމަކުން ހޭލާ އޭނަ ކައިރީ ހުރި ކަމަށް ބުނީ. އައި އިރު ކަންފަތުން ލޭ އައިސްފައި ހުރީ. ދެން ވަގުތުން ފޮށި ފޮނަދޫ ޕެޓްރޯލް ޝެޑް ކައިރީ ބަހައްޓާފައި ދިޔައީ ހޮސްޕިޓަލަށް. ގޮސްފައި ޑޮކްޓްރަށް ދެއްކީ. އެއްޗެއްވެސް ނުކައޭ ބުނީ. ބުނީ ނިދަން ބޭނުންވާ ވާހަކަ. ނިދަން މުކުރި މަގުން ކުއްޔަށް ދޭ ތަނެއް ހޯދަދިނިން. އެތަނަށް ލައިދީފައި ދިޔައީ" ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން ފަޒީލް ބުންޏެވެ.

ފަޒީލް ބުނީ، މާމެންދޫއަށް ދާން ފެރީ ހަމަޖެހިފައި އޮތީ މެންދުރު 2:50 ގައި ކަމަށާއި، އޭނާ ހުރި ކޮޓަރިޔަށް 14:11 ހާއިރު ގޮސް ގޮވި ކަމަށެވެ. ނަމަވެސް ތައްޔާރުވާން ލަސްވެގެން ފެރީ ކެޓިކަމަށް ފަޒީލް ބުނިއެވެ.

ދެން އެހެން ގޮތަކުން ޝިމާ މާމެންދުއަށް ފޮނުވޭތޯ ފަޒީލް ބެލި އެވެ. އެގޮތުން ޑޮކްޓަރަށް ދައްކުމަށް ފޮނަދުއަށް އައި ލޯންޗަކުން ޖާގަ ހޯދިއެވެ. އެ ލޯންޗް ފުރަން ހަމަޖައްސާފައި އޮތީ ހަވީރު 4:00 ގަ އެވެ. އެ ފަހަރު ވެސް ނިމިގެން ދިޔައީ ވަރަށް ނަސީބު ދެރަކޮށެވެ. އެ ލޯންޗުން ވާހަކަ ދެއްކި މީހާގެ ފޯނަށް ގުޅި އިރު އޮތީ ނިވިފަ އެވެ. 

ދާން އުޅުނު ލޯންޗުންވެސް ނުފުރުމުން މާމެންދޫއަށް ދާން ޕެޓްރޯލް ޝެޑްގައި އޮތް ޑިންގީއެއް ހޯދި ކަމަށް ފަޒީލް ބުންޏެވެ. ޑިންގީގައި އަޅާނެ އައުޓް ބޯޑް އިންޖީނެއް ހޯދީ އެހެން މީހެއްގެ އަތުންނެވެ. ނަމަވެސް ޑިންގީގައި ފުރުމުގެ ކުރިން، އެ އިންޖީނުގެ ވެރި މިހާ އައިސް އިންޖީނު ގެންދިޔަ އެވެ. 

ފަޒީލް ބުނީ، ނަސީބު ދެރަކަމުން ބުރާސްފަތި ދުވަހު ހަވީރުވެސް ފުރޭ ގޮތް ނުވުމުން ދެން ނިންމީ ހުކުރު ދުވަހު ފުރަން ކަމަށާއި، އެގޮތުން ޝިމާ ގެއަށް ލާފައި ހުކުރު ދުވަހު ފުރަން ތައްޔާރުވާންވެސް ބުނި ކަމަށެވެ. ނަމަވެސް ހުކުރު ދުވަހަކީ ފެރީ ނޯންނަ ދުވަހަކަށްވުމުން ފުރަން އުޅުނީ އެންމެ ފަހުންވެސް ގުޅި ލޯންޗުން ކަމަށެވެ. އެގޮތުން އެ ލޯންޗުން ބުނީ ފަހަރެއްގައި ފޮނަދޫއަށް ދަތުރެއް ކުރަން ޖެހިދާނެ ކަމަށާއި، ކުރާނަމަ އަންގާނެ ކަމަށެވެ.

ފަޒީލް ބުނީ، ހަވީރު ފަހުން ގުޅުމުން ލޯންޗުން ފޯނުވެސް ނުނެގި ކަމަށެވެ. އެގޮތުން ގެސްޓްހައުސްއަކުން ބޮޑު ޑިންގީއެއް ލިބޭތޯވެސް މަސައްކަތް ކުރި ކަމަށެވެ. ނަމަވެސް އެ ޑިންގީވެސް ނުލިބުނެވެ. އެންމެ ފަހުން ލިބުނީ ވަރަށް ކުޑަ ޑިންގީއެއް ކަމަށާއި، އެ ޑިންގީގައި ދަތުރުކުރަން ޖެހިލުންވޭތޯ ޝިމާއާ ސުވާލުކުރި ކަމަށް ވެސް ފަޒީލް ބުނިއެވެ. ނަމަވެސް އެ ޑިންގީން ދަތުރުކުރަން ޖެހިލުންނުވާ ކަމަށް ފަޒީލް ބުންޏެވެ.

ފަޒީލް ބުނީ، ޝިމާއާއެކު މާމެންދޫއަށް ދާން ދަތުރު ފެށީ ހުކުރު ދުވަހު 18:03 ޖެހިއިރު ކަމަށާއި، އޭރު ތަންކޮޅެއް ކަނޑުގަދަ ކަމަށެވެ. ނަމަވެސް ޝިމާ ދަތުރުކުރަން ހުއްދަ ދިނުމުން ދިޔައީ ކަމަށްވެސް އޭނާ ބުނިއެވެ.

ފަޒީލް ބުނީ، ދަތުރުކުރީ ފޯނުން ޖީޕީއެސް ޖައްސައިގެން ކަމަށެވެ. ފޯނު ދީފައި އޮތީ ޝިމާއަތަށް ކަމަށްވެސް ފަޒީލް ބުނިއެވެ. ފަޒީލް ބުނީ، ފުރަތަމަ ޕެޓްރޯލް ހުސްވީ ގާދޫއާ އަރާ ހަމަވިތަނުން ކަމަށާއި، ޑިންގީ ބަންޑުން ޖަހާލީ ދެވަނަ ފަހަރަށް ޕެޓްރޯލް އަޅަން އުޅެނިކޮށް ރާޅަކުން ކަމަށެވެ. އޭނާ ބުނީ ބަންޑުން ޖަހާލީ ގާދޫ ކަނޑުއޮޅީ މެދަށްވުރެ ތަންކޮޅެއް ދުރުން ކަމަށެވެ.

ފަޒީލް ބުނީ، ޑިންގީ ބަންޑުން ޖަހާލިއިރު ޝިމާ ދިޔައީ ޑިންގީ ދަށަށް ކަމަށާއި، ޝިމާ ނެގީވެސް ޑިންގީ ދަށުން ކަމަށެވެ. އަދި ޑިންގީ ދަށުން ޝިމާ ނެގުމަށްފަހު ޑިންގީ މައްޗަށް ލި ކަމަށާއި، އޮށޯވެގެން އޮންނަންވެސް އެދުނު ކަމަށްވެސް ފަޒީލް ބުނިއެވެ.

ފަޒީލް ބުނީ، ޑިންގީ މަޑުމަޑުން އަލިކަމެއް ހުރި ހިސާބަކަށް ގެންނަން އޭނާ މަސައްކަތް ކުރި ކަމަށާއި، ނަމަވެސް ޑިންގީ ފަހުން އަޑިޔަށް ދާން ފެށި ކަމަށެވެ. އޭނާ ބުނީ، ޑިންގީ ރަނގަޅު ފުށަށް ނުޖެހުނީ އެކަނި ޝިމާ ދޫކޮށްލުމަށްފަހު އެކަން ނުކުރެވޭނެތީކަމަށެވެ.

ފަޒީލް ބުނީ، އިންޖީނުގެ ޕެޓްރޯލް ޓޭންކް ހުސްކުރުމަށްފަހު އޭތި ޝިމާ ދިން ކަމަށާއި، ޓޭންކުން ތެޔޮ ހުސްކުރުމުގެ ތެރޭގައި ގަޔަށް ވަރަށް ބޮޑަށް އެޅުނުކަމަށެވެ. އަދި ޑިންގީ އަޑިޔަށް ދިޔުމުން ޝިމާ އޭނާ ގައިގައި ބައްދާލައިގެން ހުންނަން ބޭނުންވި ކަމަށްވެސް ފަޒީލް ބުނިއެވެ.

ފަޒީލް ބުނީ، ޝިމާ ބޭނުންވީ ޓޭންކުގައި ދެމީހުންވެސް ހިފަހައްޓައިގެން ތިބުމަށް ކަމަށާއި، ނަމަވެސް ވަރުބަލިވެފައިހުރިވަރުން އެކަން އެގޮތަށް ކުރެވެން ނެތުމުން ޓޭންކާއެކު ޝިމާ ދޫކޮށްލީކަމަށްވެސް ފަޒީލް ބުނިއެވެ.

"އެއްކޮށް ޑިންގީ އަޑިޔަށް ދިޔާމައި ޝިމާ އަހަރެން ގައިގައި ބައްދާލި. އެވަގުތު ދިނިން ޓޭންކް ދީފައި ބުނިން އޭގައި ހިފަހައްޓާގައިން އޮންނަން. ކުރީކޮޅު ޓޭންކް ބާއްވާފައި އޮތީ. ބުނިން ހިފަހައްޓާށޭ ހިތްވަރުކޮށްފައި. ދޫނުކުރާށޭ" ފަޒީލް ބުންޏެވެ.

ފަޒީލް ބުނީ، އޭނާއަށްޓަކާވެސް ހިތްވަރުކުރަން އެތައްފަހަރެއްގެ މަތިން ޝިމާ ކައިރީ ބުނެފައިވާނެ ކަމަށާއި، ލޮލުކޮޅަށް ގެއްލުނު އިރުވެސް ޝިމާ ފަޒީލްއަށް ގޮވަމުންދިޔަ ކަމަށެވެ.

ފަޒީލް ބުނީ، ފުދޭވަރަކަށް ކައިރިން ލޯންޗެއްވެސް ދިޔަ ކަމަށާއި، އެ ލޯންޗް ފެނުމުން ވަރަށް ހަޅޭއްވެސް ލެވި ކަމަށެވެ. 

"މަށަށްޓަކާވެސް ހިތްވަރުކުރާށޭ ބުނިން. ލޯންޗެއް ދިޔަ އެގަޑީގައި. ވަރަށް ހަޅޭއްލެވިން. ޝިމާ ގޮވާ އަޑު އިވުނު. ފަޒީލްއޭ ކިޔާފައި. ޝިމާ ބޭނުންވަނީ ދެމީހުން އެއްކޮށް ޓޭންކްގައި ހިފަހައްޓައިގެން އޮންނަން" ފަޒީލް ބުންޏެވެ

ވަކި ހިސާބަކުން ވީ ގޮތެއް ފަޒީލަކަށް ނޭނގެ އެވެ. އެތައްގަޑިއިރަކު ކަނޑުމަތީގައި ފަތަފަތާ އޮތް ކަމަށް އޭނާ ބުންޏެވެ. ނަސީބު ރަނގަޅު ކަމުން އޭނާ އަށް ލާމު އަތޮޅުގައި އޮންނަ ސިކްސް ސެންސަސް ރިސޯޓަށް އެރެވުނެވެ. ވަރަށް މަސައްކަތުން މޫދު ކޮޓަރިއަކަށް އަރައި ޓަކި ދިނުމުން ނިކުތީ ޓޫރިސްޓެކެވެ. އެއާއެކު އެ ރިސޯޓްގެ ރިސެޕްޝަނުން އެމެޖެންސީގައި އެވެ.  މީހުން ކައިރީ ޕޮލިހުންނާއި، އެމްއެންޑއެފްއަށް ގުޅަން ބުނި ކަމަށާއި، ޝިމާގެ މައުލޫމާތުވެސް ދިން ކަމަށް ފަޒީލް ބުންޏެވެ.

އޭނާ އުންމީދުކުރަނީ އަދިވެސް ޝިމާ ފެނުމެވެ. އުންމީދަކީ އޭނާ އަދިވެސް ދިރި ހުންނާނެ ކަމެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
24 ފެބްރުއަރީ 2019 | އާދީއްތަ 21:36
ގޮންޑަ
ބުނިއެވެ ނުބައި..ބުންޏެވެ..ދިވެހި ބަސް ދަސްކޮށްގެން ނޫސްވެރިކަން ކޮށްބަލަ
24 ފެބްރުއަރީ 2019 | އާދީއްތަ 18:51
އަލީބޭބެ
މީވެސް ނޫސްވެރިކަންދޯ
24 ފެބްރުއަރީ 2019 | އާދީއްތަ 18:40
ނަން
އެ ލާންޗު ގައި ޕެޓުރޯލް ވަކިން ޓޭންކު އެއް ނުހުންނާނެ
24 ފެބްރުއަރީ 2019 | އާދީއްތަ 18:30
shima
kobaa phone dhin vaahaka neh thyga?
24 ފެބްރުއަރީ 2019 | އާދީއްތަ 18:27
nahoo
kiyaa ehchehneyge hukurudhuvahu hedhunu male in kadhdhoo ah aivaahaka kurinki miharu buraasathi dhuvahey .
24 ފެބްރުއަރީ 2019 | އާދީއްތަ 18:16
Laal
??? Life jacket miii kyhkuraa ehcheh tha Helmet elhii ma hurihaa accident thakuge hahlu.. Evi
24 ފެބްރުއަރީ 2019 | އާދީއްތަ 18:14
Laal
??? Life jacket miii kyhkuraa ehcheh tha Helmet elhii ma hurihaa accident thakuge hahlu.. Evi
24 ފެބްރުއަރީ 2019 | އާދީއްތަ 17:57
އައިޝާ
ބުންޏެވެ*ޅ