ކ. މާލެ
|
24 ފެބްރުއަރީ 2019 | އާދީއްތަ 19:05
ގްރޫޕް ސްޓޭޖުގައި ޓީރެކްސްއާއި ޔޫއެން ފްރެންޑްސް ކުޅުނު މެޗުގެ ތެރެއިން
ގްރޫޕް ސްޓޭޖުގައި ޓީރެކްސްއާއި ޔޫއެން ފްރެންޑްސް ކުޅުނު މެޗުގެ ތެރެއިން
ހާފް ކޯޓް މޯލްޑިވްސް
އެމްބީއޭ ޗެމްޕިއަންޝިޕް
އެމްބީއޭ ޗެމްޕިއަންޝިޕް: ޔޫއެން ފްރެޑްސް ފައިނަލަށް
ޔޫއެން ފްރެންޑްސް 55 ޕޮއިންޓް، ޓީރެކްސް ސްޕޯރޓްސް އެޑަމީ 35
ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ސައިކްލޯން ބީސީއާއި ބެންޗް އެސްސީ ވާދަކުރާނެ

އެމްބީއޭ ޗެމްޕިއަންޝިޕްގެ އަންހެން ޑިވިޝަނުގެ ފަިނަލްގެ ޖާގައެއް ޔޫއެން ފްރެންޑްސް ކަށަވަރުކޮށްފިއެވެ. 

ފަނަލުގެ ޖާގައެއް ޔޫއެން ފްރެންޑްސް ކަށަވަރު ކުރީ އާދިއްތަ ދުވަހު ޓީރެކްސް ސްޕޯރޓްސް އކަޑަމީއާއި ވާދަކޮށް 55 ޕޮއިންޓް 35 ޕޮއިންޓުންނެވެ. 

މެޗުގެ ފުރަތަމަ ކުއާޓާ ޓީރެކްސް ސްޕޯރޓްސް އެކަޑަމީ ކާމިޔާބު ކުރީ އަށް ޕޮިންޓުނެވެ. މި ކުއާޓާގައި ޔޫއެން ފްރެންޑްސްއަށް ކާމިޔާބު ކުރެވުނީ ހަ ޕޮއިންޓެވެ. 

ވާދަވެރި ކުޅުމެއް ފެނުނު މި މެޗުގެ ދެވަނަ ކުއާޓާގައި ޔޫއެން ފްރެންޑްސް އެ ޓީމުގެ ކުޅުން ރަނގަޅުކޮށް ލީޑް ހޯދިއެވެ. ފުރަތަމަ ކުއާޓާގައި އާދައިގެ ކުޅުމެއް ފެނުނު ޔޫއެން ފްރެންޑްސް މި ކުއާޓާގައި 15 ޕޮއިންޓް ހޯދިއިރު، ޓީރެކްސްއަށް ހޯދުނީ ތޭރަ ޕޮއިންޓެވެ. 

މެޗުގެ ވަކި ހިސާބަކުން ދެ ޓީމުގެ ނަތީޖާ އެއްވަރުވެ މެޗު ކާމިޔާބުކުރުުގެ ރަނގަޅު ފުރުސަތުތަކެއް ޓީރެކްސްއަށް ލިބި ވަނީ ބޭކާރުވެފައެވެ. 

މުބާރާތުގައި ވަރުގަދަ ކުޅުމެއް ދައްކަމުން އަންނަ ޔޫއްން ފްރެންޑްސް މެޗުގެ ތިންވަނަ ކުއާޓާ ކާމިޔާބުކުރީ ފަސޭހަ ކަމާއިއެކުއެވެ. މި ކުއާޓާގައި ޔޫއެން ފްރެންޑްސް 20 ޕޮއިންޓް ހޯދިއިރު ޓީރެކްސްއަށް ހޯދުނީ 11 ޕޮއިންޓެވެ. 

ތިންވަނަ ކުއާޓާފެށިގެން ޓީރެކްސްގެ ކުޅުން ދައްވެ، ޑިފެންސްލައިން ބަލިކަށިވުމުގެ ބޭނުންހިފައި، ހަތަރުވަނަ ކުއާޓާގައި ޔޫއެން ފްރެންޑްސް ބޮޑު ލީޑެއް ނަގާ ފަސޭހަކަމާއިއެކު މެޗު ކާމިޔާބުކުރިއެވެ. 

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ނަތީޖާއަކީ ޔޫއެން ފްރެންޑްސް 55 ޕޮއިންޓް، ޓީރެކްސް ސްޕޯރޓްސް އެޑަމީ 35 ޕޮއިންޓެވެ. 

މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޔޫއެން ފްރެންޑްސްގެ ޝިޒްނާ ރަޝީދެވެ. 

ޝީޒްޓޮއަކީ ރާއްޖޭގައި މިވަގުތު ހުރި އެންމެ ރަނގަޅު އެއް ބާސްކެޓް އަންހެން ކުޅުންތެރިއާއެވެ.

މި މުބާރާތުގެ އަންހެން ޑިވިޝަނުގެ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ސައިކްލޯން ބީސީއާއި ބެންޗް އެސްސީ ވާދަކުރާ މެޗު ސޯޝަލް ސެންޓާ އިންޑޯގައި އާދިއްތަ ދުވަހުގެރޭ 20:30 ގައި އޮންނާނެއެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 ގަޑިއިރު ކުރި
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް