ކ. މާލެ
|
24 ފެބްރުއަރީ 2019 | އާދީއްތަ 16:34
ވޮލީބޯލް ޓީމް
ވޮލީބޯލް ޓީމް
އަޒުމޫން އަހުމަދު
ވޮލީބޯލް އެސޯސިއޭޝަން
އެފްއައިވީބީ ލެވެލް ދޭއްގެ ކޯޗިންގް ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
ކޯސް ކުރިއަށް ދާނީ މާރޗް މަހުގެ 14 އިން 18 އަށް ތައިލެންޑްގެ ބެންކޮކްގައި
ލެވެލް ދޭއްގެ ކޯހުގައި ބައިވެރިވެވޭނީ އެފްއައިވީބީ ލެވެލް އެކެއް ފުރިހަމަ ކޮށްފައިވާ ފަރާތްތަކަށް

އެފްއައިވީބީ ލެވެލް-2 އިންޓަނޭޝަނަލް ވޮލީބޯލް ކޯޗިން ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މާރޗް މަހުގެ 14 އިން 18 އަށް ތައިލެންޑްގެ ބެންކޮކްގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލިކަން ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިން ވަނީ އިއުލާން ކޮށްފައެވެ.

އާދިއްތަ ދުވަހު ނެރުނު މި އިއުލާނުގައި އެ އެސޯސިއޭޝަނުން ބުނެފައި ވަނީ ބެންކޮކްގައި އޮންނަ ލެވެލް ދޭއްގެ ކޯހުގައި ބައިވެރިވެވޭނީ އެފްއައިވީބީ ލެވެލް އެކެއް ފުރިހަމަ ކޮށްފައިވާ ފަރާތްތަކަށް ކަމަށެވެ.

ވޮލީބޯލް އެސޯސިއޭޝަނުން ނެރެފައިވާ އިއުލާނުގައި އިތުރަށް ބުނެފައި ވަނީ ކޯޗުން ތަމްރީނު ކުރުމުގެ މި ކޯހުގައި ބައިވެރިވަން ބޭނުން ފަރާތްތަކުން 28 ފެބްރުއަރީ ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ސީޓްރީ ފޯރމް ފުރުމަށް ފަހު، އެފްއައިވީބީ ލެވެލެލް އެކެއްގެ ސެޓްފިކެޓާ އެކު އެ އެސޯސިއޭޝަނަށް ހުށައެޅުމަށެވެ.

ވޮލީބޯލް އެސޯސިއޭޝަނުން ވަނީ ގައުމީ ވޮލީބޯލް ރެފްރީން ތަމްރީނު ކުރުމުގެ ކޯހުގެ އިތުރުން އެފްއައިވީބީ ލެވެލް އެކެއްގެ ކޯޗިން ކޯހުގައި ބައިވެރިވުމަށް ވެސް ހުޅުވާލާފައެވެ.

ވޯލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ނެރުނު ބަޔާނުގައި އެ އެސޯސިއޭޝަނުން ބުނެފައި ވަނީ މާރޗު މަހުގެ 10 ވަނަ ދުވަހުން ވޮލީބޯލް ރެފްރީ ކޯސް ފަށާނެ ކަމަށެވެ. ގައުމީ ވޮލީބޯލް ރެފްރީ ކޯހުގައި ބައިވެރިވުމަށް 1000ރ. ގެ ފީއެއް ދައްކަން ޖެހޭނެ ކަމަށާއި، ކޯހުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން ފެބްރުއަރީ މަހުގެ 28 ގެ ކުރިން ކޯހުގައި ބައިވެރިވުމަށް އެދޭ ފޯރމް ފުރުމަށް ފަހު އެ އެސޯސިއޭޝަނަށް ހުށައަޅަން ޖެހޭނެ ކަމަށް ވީއޭއެމް އިން މައުލޫމާތު ދެއެވެ.

އެފްއައިވީބީ ލެވެލް އެކެއްގެ ކޯޗިންގް ކޯސް ކުރިއަށް ދާނީ މާރޗު މަހުގެ 15 އިން، 19 ގެ ނިޔަލަށެވެ. މި ކޯހުގައި ވެސް ބައިވެރިވުމުގެ ފުރުސަތު ވޮލީބޯލް އެސޯސިއޭޝަނުން ވަނީ ހުޅުވާލާފައެވެ.

ކޯހުގައި ބައިވެރިވުމަށް 1000ރ. ގެ ފީއެއް ނެގޭނެއެވެ. މި ކޯހުގައި ވެސް ބައިވެރިވުމަށް އެދޭ ފަރާތްތަކުން ފެބްރުއަރީ 28 ގެ ކުރިން ފޯމުލާން ވާނެ ކަމަށް ވެސް ވޮލީބޯލް އެސޯސިއޭޝަނުން ބުނެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް