ކ. މާލެ
|
24 ފެބްރުއަރީ 2019 | އާދީއްތަ 13:23
ޖޯ ހާޓް
ޖޯ ހާޓް
ގެޓީ އިމޭޖަސް
ޖޯ ހާޓް
އެމެރިކާ ލީގަށް ހާޓް ބަދަލުވަނީ
ހާޓް ހޯދުމަށް އެމްއެސްއެލްގެ ކްލަބްތައް އަންނަނީ މަސައްކަތް ކުރަމުން

އެމެރިކާގެ މޭޖާ ލީގް ސޮކާ (އެމްއެސްއެލް) ގެ ކްލަބަކަށް ބާންލީއަށް ކުޅެމުން އަންނަ އިނގިރޭސި ކީޕަރު ޖޯ ހާޓް ބަދަލުވާން އުޅޭ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

މިވަގުތު އެމްއެސްއެލްގެ ޓްރާންސްފާ ބާޒާރު ހުޅުވާލާފައިވާއިރު، މަޝްހޫރު ކުޅިވަރު ނޫހެއް ކަމަށްވާ ދަ ސަން އިން ބުނީ، ހާޓް ހޯދުމަށް އެމްއެސްއެލްގެ ކްލަބްތަކުން މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އޭނާ އެމްއެސްއެލްއަށް ބަދަލުވުމަކީ ކައިރި ކަމެއް ކަމަށެވެ.

ދަ ސަން އިން ބުނީ، ހާޓް ވިއްކާލަން ބާންލީން ވެސް ބޭނުންވާ ކަމަށާއި، ނަމަވެސް އޭނާ ވިއްކާލާނީ ދާއިމީ ލޯން އެއްބަސްވުމެއްގެ ދަށުން ތޯ ނުވަތަ ދާއިމީ ގޮތެއްގައިތޯ ބާންލީން ނުނިންމާ ކަމަށެވެ.

ބާންލީގެ އެއް ނަމްބަރު ކީޕަރަކީ މިވަގުތު ޓޮމް ހީޓޮން އަށް ވާއިރު، ބާންލީއާ އެކު ހާޓްގެ އެއްބަސްވުން ހަމަވާނީ އަންނަ އަހަރެވެ. އޭނާ ބާންލީއަށް ބަދަލުވީ 2018 ވަނަ އަހަރު ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

މެންޗެސްޓާ ސިޓީން ވިދާލި ހާޓް ސިޓީ ދޫކޮށްލީ 2016 ވަނަ އަހަރުގެ ސީޒަނުގައެވެ. އޭނާ ވަނީ ޓޮރީނޯއަށް ބަދަލުވެ އެޓީމަށް 37 މެޗު ކުޅެފައެވެ. އެގޮތުން އޭނާ ވަނީ މެޗުތަކުގައި މޮޅެތި ސޭވްތަކެއްކޮށް، އިޓަލީ ސަޕޯޓަރުންގެ އިހުތިރާމު ހޯދާފައެވެ.

މެންޗެސްޓާ ސިޓީއާ އެކު ދެ ޕްރިމިއާ ލީގު، އެފްއޭކަޕް އަދި ދެ ފުޓްބޯލް ލީގް ކަޕް ހޯދާފައިވާ ހާޓް ވަނީ ޕްރިމިއާ ލީގުގެ ގޯލްޑެން ގްލޯވް ޖެހި ޖެހިގެން ހަތަރު ފަހަރު ހޯދާފައެވެ. މީގެ އިތުރުން އޭނާ ވަނީ އިންގްލޭންޑް ގައުމީ ޓީމަށް 75 މެޗު ވެސް ކުޅެދީފައެވެ.

ބާންލީއަށް ހާޓް ބަދަލުވީ މިދިޔަ އަހަރެވެ. އޭނާ ވަނީ އެ ކްލަބަށް 21 މެޗު ކުޅެ، މޮޅެތި ސޭވްތަކެއް ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް