ކ. މާލެ
|
19 ފެބްރުއަރީ 2017 | އާދީއްތަ 04:31
އައްޑޫ ސިޓީގައި ކުރިޔަށްދާ ބޭސިކް ސްވިމިންގް ކޮޗިން ކޯސް
އައްޑޫ ސިޓީގައި ކުރިޔަށްދާ ބޭސިކް ސްވިމިންގް ކޮޗިން ކޯސް
ގޫގުލް
ސްވިމިންގ
އައްޑޫ ސިޓީގައި ބޭސިކް ސްވިމިންގް ކޯޗިންގް ކޯހެއް ފަށައިފި
ކޯޗިން ކޯސް ކުރިޔަށްދާނީ ފެބްރުއަރީ މަހުގެ 22 ގެ ނިޔަލަށް
މި ކޯހުގައި 20 މީހުން ވަނީ ބައިވެރިވެފަ

އޮލިމްޕިކް ސޮލިޑާރިޓީގެ އެހީތެރިކަމާއި އެކު ފީނާގެ ތަޖުރިބާކާރު ކޯޗެއްގެ ބެލުމުގެ ދަށުން އައްޑޫ ސިޓީގައި ބޭސިކް ސްވިމިންގ ކޯޗިންގް ކޯހެއް ފަށައިފިއެވެ.

އައްޑޫ ސިޓީގެ ހިތަދޫގައި ކުރިއަށްދާ މިކޯޗިންގް ކޯހަކީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ އިސްނެންގެވުމުގެ މަތިން ސްވިމިންގް އެސޯސިއޭޝަނުން މި ފެބްރުއަރީ މަހުގެ 22 ގެ ނިޔަލަށް ހިންގުމަށް ހަމަޖެހިފައިވާ ކޯހެކެވެ.

އެމެރިކާގެ ތަޖުރިބާކާރު ކޯޗެއްކަމުގައިވާ ޖިއަންލޫކާ އަލްބެރާނީ ކިޔަވައިދެއްވާ މި ކޯހުގެ ތިއަރީ ސެޝަންތައް އައްޑޫ ސިޓީ ޒޯން ސްޓޭޑިއަމްގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާއިރު، ޕްރެކްޓިކަލް ސެޝަންތައް ކުރިއަށް ގެންދާނީ އައްޑޫ ސިޓީ ހިތަދޫ ސްވިމިންގް ޓްރެކްގައެވެ. މި ކޯހުގައި 20 މީހުން ވަނީ ބައިވެރިވެފައެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް