ކ. މާލެ
|
19 ފެބްރުއަރީ 2017 | އާދީއްތަ 04:03
ޓީސީ ސްޕޯޓްސް އިން ބ
ޓީސީ ސްޕޯޓްސް އިން ބ
ޓްވިޓަރ
ޝައިހް ކަމާލް ކަޕް
ޝައިހް ކަމާލް ކަޕް: ބަންގަލަދޭޝް ލީގް ޗެމްޕިއަން ބަލިކޮށް ޓީސީއަށް އުންމީދީ ފެށުމެއް
ޓީސީން މެޗު ކާމިޔާބުކުރީ 0-1 ގެ ނަތީޖާއަކުން
ޓީސީގެ ލަނޑު ކާމިޔާބުކުރީ އިބްރާހިމް މަހުދީ
މެޗުގައި ޓީސީ އަށް ލަނޑު ޖެހުމަށް ގިނަ ފުރުސަތު ލިބުނު

ބަންގްލަދޭޝްގައި ހޮނިހިރު ދުވަހު ފެށި ޝައިހް ކަމާލް ކަޕްގައި ޑާކާ އަބާނީ ލިމިޓެޑް ބަލިކޮށް ރާއްޖޭގެ ޓީސީ ސްޕޯޓްސް އިން ފެށުން ރަނގަޅުކޮށްފި އެވެ.

ހޮނިހިރު ދުވަހު ހަވީރު ކުޅުނު މި މެޗު އަބާނީއާ ބައްދަލުކޮށް ޓީސީން މެޗު ކާމިޔާބުކުރީ 0-1 ގެ ނަތީޖާއަކުންނެވެ.

މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށްގެން ރަނގަޅަށް ކުޅެމުންދިޔައީވެސް ޓީސީންނެވެ. އެގޮތުން އެޓީމުންދިޔައީ އަބާނީގެ ގޯލަށް ނުރައްކާކޮށް ހަމަލާ އުފައްދަމުންނެވެ.

މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ޓީސީ އަށް ކާމިޔާބުކޮށްދިނީ 15 ވަނަ މިނެޓުގައި ސ.ފޭދޫ ޓީމުން ވިދާލި އިބްރާހިމް މަހުދީއެވެ. މި ލަނޑު އޭނާ ކާމިޔާބުކުރީ އޭރިޔާ ތެރޭގައި މުޅިން ހުހަށްއޮވެއެވެ. މީގެއިތުރުންވެސް ޓީސީ އަށް ވަނީ މެޗުގައި ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

ފުރަތަމަ ހާފްގެ ވަކި ހިސާބަކުން އަބާނީން މެޗުގެ ކުޅުން ރަނގަޅުކުރިއިރު، އެޓީމުން ވަނީ ޓީސީގެ ހާފަށް ބާރުބޮޑުކޮށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. އެހެންނަމަވެސް ފުރަތަމަ ހާފް ޓީސީން ނިންމާލީ 0-1 ގެ ނަތީޖާއިން އަބާނީގެ މައްޗަށް ކުރިހޯދައިގެންނެވެ.

ދެވަނަ ހާފްގައިވެސް އަބާނީގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނުނުއިރު، އެޓީމުން ވަނީ ފުލުފުލުގައި ޓީސީގެ ގޯލަށް ނުރައްކާކޮށްފައެވެ. ދެވަނަ ހާފްގައި ޓީސީ އަށް ލަނޑު ޖަހަން ހުސް ދެ ފުރުސަތެއް ލިބުނެވެ. ހާއްސަކޮށް މެޗުގެ އިތުރުވަގުތުގެ ތެރޭގައި ޝަމްވީލް ގާސިމް (ބޮންޑާ) އަށް ޕެނަލްޓީ އޭރިޔާ ތެރެއިން ލިބުނު ހުސް ފުރުސަތު ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
19 ފެބްރުއަރީ 2017 | އާދީއްތަ 00:04
ނިޒާމްބެ
ސަޅި ޓީސީ ރާއްޖެއަށް ރީތި ނަމެއްހޯދަދޭތި