ކ. މާލެ
|
23 ފެބްރުއަރީ 2019 | ހޮނިހިރު 18:20
ނޭމާ (ކ) އަދި އެމްބަޕޭ (ވ)
ނޭމާ (ކ) އަދި އެމްބަޕޭ (ވ)
ގެޓީ އިމޭޖަސް
ނޭމާ - އެމްބަޕޭ
ނޭމާ އާއި އެމްބަޕޭ މަޑުކުރާނެ ކަމުގެ 100 އިންސައްތަ ޔަގީންކަމެއް ނެތް: ޕީއެސްޖީގެ ރައީސް
ނޭމާ އާއި އެމްބަޕޭ މަޑުކުރާނެކަމުގެ 2،000 އިންސައްތަ ޔަގީން

ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށް ކުޅެމުން އަންނަ ނޭމާ އާއި ކީލިއަން އެމްބަޕޭ އެ ކްލަބުގައި މަޑުކުރާނެ ކަމުގެ 100 އިންސައްތަ ޔަގީންކަން ނެތް ކަމަށް، ޕީއެސްޖީގެ ރައީސް ނަސީރު އަލް ހެލައިފީ ވިދާޅުވެއްޖެއެވެ.

ފްރާންސްގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި އަލް ހެލައިފީ ވިދާޅުވީ، ޕީއެސްޖީގައި ނޭމާ އާއި އެމްޕަބޭ މަޑުކުރާނެ ކަމުގެ 100 އިންސައްތަ ޔަގީންކަން ނެތް ކަމަށާއި، ނަމަވެސް އެ ދެކުޅުންތެރިން މަޑުކުރާނެ ކަމުގެ 2،000 އިންސައްތަ ޔަގީންކަން އެބައޮތް ކަމަށެވެ.

އަލް ހެލައިފީ ވިދާޅުވީ، ނޭމާ އާއި އެމްބަޕޭ ވިއްކާލަން އުޅޭކަމަށް ފްރާންސްގެ މީޑިއާތަކުގައި ވަރަށް ބޮޑަށް ވާހަކަ ފެތުރެމުން އަންނަ ކަމަށާއި، ނަމަވެސް އެ ދެ ކުޅުންތެރިން ވެސް ކްލަބުގައި މަޑުކުރާނެ ކަމަށެވެ.

ނޭމާ މި ވަގުތު އަނިޔާގައި ހުރިއިރު، އުމުރުން 20 އަހަރުގެ އެމްބަޕޭ އަންނަނީ ތަފާތު ދައްކަމުންނެވެ. އެގޮތުން އެމްބަޕޭ ވަނީ މި ސީޒަނުގައި މިހާތަނަށް ފްރެންޗް ލީގުގައި ޖެހި 20 ލަނޑާއެކު، ސީޒަނެއްގައި އެންމެ ގިނަ ލަނޑު ޖެހި ފްރާންސްގެ ކުޅުންތެރިޔާގެ ލަގަބު ހޯދާފައެވެ.

ފްރެންޗް ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު، ޕީއެސްޖީ އޮތީ 14 ޕޮއިންޓްގެ ލީޑަކާއެކު ޕޮއިންޓް ތާވަލުގެ އެއްވަނައިގައެވެ. ޕީއެސްޖީން ދެ މެޗު މަދުން ކުޅެފައިވާއިރު، އެޓީމާ އެންމެ ވާދަވެރި ޓީމަކަށް އޮތީ ދެވަނައިގައި އޮތް ލިއްލޭއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް