ކ. މާލެ
|
22 ފެބްރުއަރީ 2019 | ހުކުރު 17:37
ބެންޗް އެސްސީ އާއި ޔޫއެން ފްރެންޑްސް މެޗުގެ ތެރެއިން
ބެންޗް އެސްސީ އާއި ޔޫއެން ފްރެންޑްސް މެޗުގެ ތެރެއިން
ހާފް ކޯޓް މޯލްޑިވްސް
އެމްބީއޭ ޗެމްޕިއަންޝިޕް
އެމްބީއޭ ޗެމްޕިއަންޝިޕް: ޔޫއެން ފްރެންޑްސް ކުޅުނު ތިން މެޗުވެސް ކާމިޔާބު ކޮށްފި
ބެންޗް އެސްސީ 26، ޔޫއެން ފްރެންޑްސް 60
އަންހެން ޑިވިޝަނުގެ އެއްވަނާގައި އޮތީ ޔޫއެން ފްރެންޑްސް

އެމްބީއޭ ޗެމްޕިއަންޝިޕްގައި ބުދަ ދުވަހުގެރޭ ކުޅުނު މެޗުންވެސް ޔޫއެން ފްރެންޑްސް މޯޅުވެއްޖެއެވެ.

ސޯޝަލްއިންޑޯގައި ކުޅުނު މި މެޗު ޔޫއެން ފްރެންޑްސް ކާމިޔާބު ކުރީ ބެންޗް އެސްސީއާއި ވާދަކޮށް 60 ޕޮއިންޓް 26 ޕޮއިންޓުންނެވެ.

ކުޅުނު ހަތަރު ކުއާޓާގަވެސް ލީޑެގައި އޮވެގެން ބޮޑު ތަފާތަކުން ޔޫއެން ފްރެންޑްސް މެޗު ކާމިޔާބު ކުރި އިރު މުބާރާތުގައި މިހާތަނަށް ކުޅުނު ހުރިހާ މެޗަކުން އެ ޓީމު ވަނީ މޮޅުވެފައެވެ.

ބުރާސްފަތި ދުވަހުގެ މެޗުގެ ފުރަތަމަ ކުއާޓާގައި ފްރެންޑްސް ޓީމުން 14 ޕޮއިންޓް ހޯދިއިރު ބެންޗް އެސްސީއަށް ކާމިޔާބު ކުރެވުނީ 11 ޕޮއިންޓެވެ.

ޔޫއެން ފްރެންޑްސް ޓީމުން ބެންޗް ޓީމަށް ފުލު ފުލުގައި ހަމަލާތަށް ދެމުން ދިޔަނަމަވެސް ބެންޗް އެސްސީއަށް ވަނީ އެންމެ އެކަށީގެންވާ ކުޅުމެއް ދެއްކޭގޮތް ނުވެފައެވެ.

މެޗު ފެށިގެން ރަނގަޅަށް އެޓޭކް ކޮށްގެން ކުޅުނު ޔޫއެން ފްރެންޑްސް ވަނީ ފަހު ތިން ކުއާޓާގައިވެސް ލީޑް އިތުރަށްފުޅާކޮށްފައެވެ.

ސްކޯ ކުރާނެ ރަނގަޅު ފުރުސަތުތަކެއް ބެންޗް އެސްސީއަށް ލިބި ވަނީ ބޭކާރުވެފައެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވަިއިރު ނަތީޖާއަކީ ބެންޗް އެސްސީ 26، ޔޫއެން ފްރެންޑްސް 60 އެވެ. 

މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޔޫއެން ފްރެންޑްސްގެ ފާތިމަތު ރިޝްމާއެވެ.

މުބާރާތުގައި ކުޅުނު ތިން މެޗުގެ ވެސް މޮޅު ކުޅުންތެރިއަކަށް ހޮވުނީ ރިޝްމާއެވެ. ރިޝްމާއަކީ ރާއްޖޭގައި މިވަގުތު ތިބި އެންމެ ތަޖުރީބާ ކާރު ބާސްކެޓް ކުޅުންތެރިންތެރޭ ހިމެނޭ އުންމީދީ ކުޅުންތެރިއެކެވެ.

މި ނަތީޖާއާއި އެއްކޮށް މުބާރާތުގެ އަންހެން ޑިވިޝަނުގެ އެއްވަނާގައި އޮތީ ޔޫއެން ފްރެންޑްސްއެވެ. 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 13 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް