ކ. މާލެ
|
21 ފެބްރުއަރީ 2019 | ބުރާސްފަތި 15:52
ސްޓިންޖާރސް އެސްސީއާއި ނިއުޓްރަލްގެ މެޗުގެ ތެރެއިން
ސްޓިންޖާރސް އެސްސީއާއި ނިއުޓްރަލްގެ މެޗުގެ ތެރެއިން
ހާފް ކޯޓް މޯލްޑިވްސް
އެމްބީއޭ ޗެމްޕިއަންޝިޕް
އެމްބީއޭ ޗެމްޕިއަންޝިޕް : ސްޓިންޖާރސްގެ ފަރާތުން ރަނގަލު ކުޅުމެއް
ސްޓިންޖާރސް 85، ނިއުޓްރަލް 73
މެޗުގެ މޮޅު ކުޅުންތެރިއާ މުހައްމަދު ސަމޫހް

އެމްބީއޭ ޗެމްޕިއަންޝިޕްގައި ސްޓިންޖާރސް ބީސީއާއި ނިއުޓްރަލް އެސްސީ ބައްދަލު ކުރި މެޗު ސްޓިންޖާރސް ކާމިޔާބުކޮށްފިއެވެ.

ބުދަ ދުވަހުގެރޭ ސޯޝަލް ސެންޓަރ އިންޑޯގައި ކުޅުނު މި މެޗުގައި ސްޓިންޖާރސް ބީސީ 85 ޕޮއިންޓް ހޯދިއިރު ނިއުޓްރަލް އެސްސީއަށް ހޯދުނީ 73 ޕޮއިންޓެވެ.

މެޗު ފެށިގެން ވަރުގަދަ ހަމަލާތަކެއް އުފައްދައިގެން، ގިނަ ވަގުތު ބޯޅަ ކޮންޓްރޯލް ކޮށްގެން ރަނގަޅަށް ކުޅުނީ ސްޓިންޖާރސް ބީސީންނެވެ.

ފުރަތަމަ ކުއާޓާގައި ނިއުޓްރަލް އެސްސީއަށް ކާމިޔާބު ކުރެވުނީ 16 ޕޮއިންޓެވެ. މެޗުގެ ލީޑް ނަގާ މި ކުއާޓާގައި ސްޓިންޖާރސްއިން 22 ޕޮއިންޓް ކާމިޔާބު ކުރިއެވެ.

ނިއުޓްރަލް އެސްސީގެ ކުޅުން ރަނގަޅުކޮށް ދެވަނަ ކުއާޓާގައި ސްޓިންޖާރސްއަށް ޕްރެޝާކޮށް ލީޑް ކުޑަ ކުރިއެވެ. ދެވަނަ ކުއާޓާގައި ނިއުޓްރަލް އެސްސީން ސްޓިންޖާރސް ކޮޅަށް 20 ބާސްކެޓު ކުރިއިރު ސްޓިންޖާރސްއިންވަނީ 22 ޕޮއިންޓް ހޯދާފައެވެ.

ތިންވަނަ ކުއާޓާގައި ނިއުޓްރަލް އެސްސީގެ ކުޅުން ރަނގަޅުކޮށް، ޑިފެންސް ވަރުގަދަ ކުރުމުގެ ނަތީޖާއަކަށްވީ އެ ކުއާޓާގައި ސްޓިންޖާރސްއަށް މާ އެދެވޭ ކުޅުމެއް ނުދެއްކުމެވެ.

ތިންވަނަ ކުއާޓާ ނިމުން އިރު ނިއުޓްރަލް ވަނީ 21 ޕޮއިންޓް ހޯދާފައެވެ. ސްޓިންޖާރސްއަށް ކާމިޔާބު ކުރެވުނީ 16 ޕޮއިންޓެވެ.

ފަހު ކުއާޓާގައި ސްޓިންޖާރސް ކުޅެންއަރާ ރަނގަޅު ހަމަލާތަކެއް ނިއުޓްރަލްއަށް ދިނެވެ. ނިއުޓްރަލް އެންމެ މަޑުޖެހިލި ވަގުތުގެ ބޭނުން ހިފާ ސްޓިންޖާރސް ހަތަރުވަނަ ކުއާޓާވެސް ކާމިޔާބު ކުރިއެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ނަތީޖާއަކީ ސްޓިންޖާރސް 85، ނިއުޓްރަލް 73 ކެވެ.

މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސްޓިންޖާރސް ބީސީގެ މުހައްމަދު ސަމޫހްއެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް