ކ. މާލެ
|
21 ފެބްރުއަރީ 2019 | ބުރާސްފަތި 12:30
ޓްރެއިނިންއަށް ފުރާ ނުވަ އެތުލީޓުންނާއި ދެ ކޯޗުން
ޓްރެއިނިންއަށް ފުރާ ނުވަ އެތުލީޓުންނާއި ދެ ކޯޗުން
ޓްވިޓަރ
އެތުލެޓިކްސް ޓްރެއިނިން ސްކޮލަޝިޕް
އެތުލެޓިކްސް ޓްރެއިނިން ސްކޮލަޝިޕެއްގައި ބެންގަލޫރަށް ފުރާ ނުވަ އެތުލީޓުންނާއި ދެ ކޯޗުން ކަނޑައަޅައިފި
 
މި ޕްރޮގްރާމް ކުރިޔަށްދާނީ އެޕްރީލް 18 ގެ ނިޔަލަށް

އިންޑިއާ ސަރުކާރުން އެތުލެޓިކްސް އެސޯސިއޭޝަނަށް ލިބިފައިވާ އެތުލެޓިކްސް ޓްރެއިނިން ސްކޮލަރޝިޕްގައި އިންޑިއާގެ ބެންގަލޫރަށް ފުރާ ނުވަ އެތުލީޓުންނާއި، ދެ ކޯޗުން ހަމަޖައްސައި, ސްކޮލަރޝިޕަށް ދާނެ އެތުލީޓުން ކަނޑައަޅައިފިއެވެ.

މި ޓްރެއިނިން ޕްރޮގްރާމަށް ފޮނުވަން އެތުލެޓިކްސް އެސޯސިއޭޝަނުން ހޮވާފައިވާ އެތުލީޓުންނަކީ:

  1. ހަސަން ސާއިދު
  2. ހުސައިން ފަޒީލް ހާރުން
  3. ހުސައިން ރިޒާ
  4. ނުޖޫމް ހަސަން
  5. ސަރީޝް އަހްމަދު
  6. އިބާދުﷲ އާދަމް
  7. އަހްމަދު ޝާމް މުޙައްމަދު
  8. އިބްރާހީމް އަޝްފާން ޢަލީ
  9. މުހައްމަދު ނާއިލް

ޓީމްގެ ކޯޗުންގެ ގޮތުގައި ހޮވާފައި ވަނީ ނޭޝަނަލް ސްޕްރިންޓް ހެޑްކޯޗް އަޙްމަދު ފާއިލް އާއި މުހައްމަދު އާމިރުއެވެ.

އިންޑިއަން ހައިކޮމިޝަންގައި ބުދަ ބޭއްވި ރަސްމިއްޔާތެއްގައި ސްކޮލަރޝިޕްގައި ފޮނުވާ އެތުލީޓުންނަށް ސްކޮލަރޝިޕްގެ ލިޔުން ޙަވާލުކޮށްދެއްވީ އެކްޓިން އެމްބެސެޑަރ މިސް އަރުޗަނާ ނާއިރުއެވެ.

މި ސްކޮލަރޝިޕްގެ ދަށުން ރާއްޖޭގެ އެތުލީޓުން މިއަހަރުގެ ފެބްރުއަރީ މަހުގެ 21 އިން ފެށިގެން މި އަހަރުގެ އޭޕްރީލް މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ސްޕޯޓްސް އޮތޯރިޓީ އޮފް އިންޑިއާގެ ބެންގަލޫރު ޓްރެއިނިން ސެންޓަރުގައި ތަމްރީންތައް ކުރިޔަށް ގެންދާނެއެވެ.

އިންޑިއާ ސަރުކާރުގެ އެހީގެ ދަށުން މީގެ ކުރިން ވެސް ރާއްޖޭގެ އެތުލީޓުން ވަނީ ސްޕޯޓްސް އޮތޯރިޓީ އޮފް އިންޑިއާގައި ތަމްރީންތައް ކުރިޔަށް ގެންގޮސްފައެވެ.

އޭގެ ތެރޭގައި 2010 ވަނަ އަހަރުގެ ދިއްލީ ކޮމަންވެލްތް ގޭމްސްގެ ޓްރެއިނިން އާއި 2015 ގެ އައިއޯއައިޖީ ޓްރެއިނިން އަދި 2017 ވަނަ އަހަރުގެ އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕް ޓްރެއިނިން ޕްރޮގްރާމް ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް