ކ. މާލެ
|
18 ފެބްރުއަރީ 2017 | ހޮނިހިރު 22:08
އިންޓަ ފެކަލްޓީ ވޮލީ މުބާރާތުގެ ތެރެއިން
އިންޓަ ފެކަލްޓީ ވޮލީ މުބާރާތުގެ ތެރެއިން
ޓްވިޓަރ
އިންޓަ ފެކަލްޓީ ވޮލީ މުބާރާތް
ގައުމީ ޔުނިވާސިޓީގެ އިންޓަ ފެކަލްޓީ ވޮލީ މުބާރާތް ފަށައިފި
މުބާރާތް ނިމިގެންދާނީ އަންނަ އާދީއްތަ ދުވަހު
މުބާރާތުގައި އަންހެން ޑިވިޝަންގައި ނުވަ ޓީމަކުން ވަނީ ބައިވެރިވެފަ
މުބާރާތުގެ ފިރިހެން ޑިވިޝަންގައި ހަތް ވަނީ ޓީމެއް ބައިވެރިވެފަ

މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ ސްޓޫޑަންޓް ޔޫނިއަން (އެމްއެންޔޫއެސްޔޫ)އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ތިންވަނަ އެމްއެންޔޫއެސްޔޫ އިންޓަ ފެކަލްޓީ ވޮލީބޯޅަ މުބާރާތް ފަށައިފިއެވެ.

މި މުބާރާތުގެ ފިރިހެން ޑިވިޝަންގައި ހަތް ޓީމެއް ބައިވެރިވެފައިވާއިރު، އަންހެން ޑިވިޝަންގައި ނުވަ ޓީމަކުން ވަނީ ބައިވެރިވެފައެވެ. ފިރިހެން ޑިވިޝަން ކުރިއަށްދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. އަދި އަންހެން ޑިވިޝަން ކުރިއަށްދަނީ ތިން ގްރޫޕަކަށް ބަހާލައިގެންނެވެ.

ގައުމީ ޔުނިވާސިޓީގެ ފެކަލްޓީތަކަށް ހާއްސަކޮށްގެން ހުކުރު ދުވަހު ފެށި މި މުބާރާތުގެ ފިރިހެން ޑިވިޝަންގެ 'ގްރޫޕް އޭ'ގައި ހިމެނެނީ އެންމެ ފަހުގެ ޗެމްޕިއަން ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯގެ ޓީމާއި، ފެކަލްޓީ އޮފް އިންޖިނިއަރިން ޓެކްނޮލޮޖީގެ ޓީމާއި، ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީޒްގެ ޓީމު އަދި ފެކަލްޓީ އޮފް އާޓްސްގެ ޓީމެވެ. 'ގްރޫޕް ބީ'ގައި ހިމެނެނީ ފެކަލްޓީ އޮފް އެޑިއުކޭޝަންގެ ޓީމާއި، ފެކަލްޓީ އޮފް ހެލްތު ސައިންސްގެ ޓީމު އަދި އެމްއެންޔޫ ބިޒްނަސް ސްކޫލުގެ ޓީމެވެ.

އަންހެން ޑިވިޝަންގެ 'ގްރޫޕް އޭ'ގައި ހިމެނެނީ ފެކަލްޓީ އޮފް ހެލްތު ސައިންސަސްގެ ޓީމު އޭއާއި އެމްއެންޔޫ ބިޒްނަސް ސްކޫލްގެ ޓީމު އަދި ފެކަލްޓީ އޮފް ހޮސްޕިޓޭލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީޒްގެ ޓީމެވެ. 'ގްރޫޕް ބީ'ގައި ހިމެނެނީ ފެކަލްޓީ އޮފް އެޑިއުކޭޝަންގެ ޓީމު ބީއާއި، ފެކަލްޓީ އޮފް އާޓްސްގެ ޓީމް އަދި ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯގެ ޓީމެވެ. 'ގްރޫޕް ސީ'ގައި ހިމެނެނީ ސެންޓަރ ފޯ ފައުންޑޭޝަން ސްޓަޑީސްއާއި ފެކަލްޓީ އޮފް އެޑިއުކޭޝަންގެ ޓީމް އޭ އަދި ފެކަލްޓީ އޮފް ހެލްތު ސައިންސްގެ ޓީމް އޭއެވެ.

މުބާރާތުގެ އަންހެން ޑިވިޝަންގެ ސެމީ ފައިނަލަށް ދަތުރުކުރާނީ ތިން ގްރޫޕްގެ އެއްވަނަ ޓީމު އަދި ދެވަނައަށް އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމެވެ. ފިރިހެން ޑިވިޝަންގެ ސެމީއަށް ދަތުރުކުރާނީ ކޮންމެ ގްރޫޕެއްގެ ވެސް އެއްވަނަ އަދި ދެވަނަ ޓީމެވެ.

ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް އެޑިއޭޝަންގެ އިންޑޯ ހޯލުގައި ކުރިއަށްދާ އެ މުބާރާތް ނިމިގެންދާނީ އަންނަ އާދީއްތަ ދުވަހުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް