ކ. މާލެ
|
21 ފެބްރުއަރީ 2019 | ބުރާސްފަތި 15:49
ސިއްޙަތަށް ފައިދާ ހުރި ކާނާ
ސިއްޙަތަށް ފައިދާ ހުރި ކާނާ
މުހައްމަދު ޝަރުހާން
ކޮލެސްޓްރޯލް
ހަށިގަނޑުގައި ކުލެސްޓްރޯލް ހުންނަވަރު އެނގުން މުހިންމު
ސިއްހީ ހާލަތު ގަވައިދުން ބެލުމަށް ސިއްޙީ މާހިރުން ބާރުއަޅާ
ހަކުރު ބަލީގެ ނުރައްކާ ބޮޑީ ހިތުގެ ބަލި ތަހައްމަލް ކުރަމުން ދާ މީހުންނަށް

ކޮލެސްޓްރޯލަކީ ހަށިގަނޑުގައި އުފައްދާ ވަރަށް މުހިންމު ކެމިކަލްތަކެއް (މިސާލަކަށް އިސްޓްރޯޖެން ފަދަ ހޯމޯން) އުފެއްދުމަށްޓަކާ ގުދުރަތީގޮތުން އިންސާނާގެ ހަށިގަނޑުގައި އުފެދޭ މާއްދާއެކެވެ. އެގޮތުން ސަރުބީ ހިމެނޭ ކާނާ ނުކެއިކަމުގައިވިޔަސް ހަށިގަނޑަށް ބޭނުންވާ މިންވަރަށް ގުދުރަތީގޮތުން ސަރުބީ އުފެދެއެވެ.

ނަމަވެސް ޒަމާނާ އެކު ދިރުއުޅުމަށް އައިސްފައިވާ ބަދަލުތަކުގެ ސަބަބުން، ސެޗުރޭޓަޑް ފެޓްސް އާއި ޓްރާންސް ފެޓް ހިމެނޭ ދަޅުކާނާއާއި ޕެކެޓްތަކުގައި ބަންދުކުރެވިގެން ވިއްކާ ލުއިކާނާގެ އިތުރުން ތެލުލި ހެދިކާފަދަ ތަކެތި ބޭނުން ކުރުމުން ކޮލެސްޓްރޯލްގެ މިންވަރު ހަށިގަނޑުގައި މާބޮޑަށް މަތިވެގެންދަނީއެވެ.

ކޮލެސްޓްރޯލް ނުވަތަ ސަރުބީ މަތިވުމަކީ ދުނިޔޭގެ ނިސްބަތުން ބަލާނަމަ 25 އަހަރުން މަތީގެ %39މީހުންނަށް ކުރިމަތިވެފައިވާ ގައިންގައިން ނާރާ ބަލިތަކުގެ ތެރޭގައި ހިމެނޭ އެންމެ ބާރަށް ފެތުރެމުންދާ އެއްބައްޔެވެ. 

 ހިތުގެ ބަލިތަކާއި ލޭގެ ޕްރެޝަރ ކޮންޓްރޯލް ނުވުމަކީ ހާޓް އެޓޭކާއި އަދި ސްޓްރޯކް ޖެހޭނެ ކަމުގެ އެންމެ އާދައިގެ އަލާމާތް ތަކެވެ.

 ސިއްހީ މާހިރުން ދަނީ ވީހާ ވެސް ގިނަގިނައިން އެމީހެއްގެ ސިއްހީ ހާލަތު ގަވައިދުން ޗެކް ކުރުމަށް ބާރު އަޅަމުންނެވެ. އަދި ބަލިވުމުގެ ކުރިއަށް ބަލިން ސަލާމަތް ވުމަށް ގޮވާލަމުންނެވެ.

ހިތުގެ ބައްޔާއި ލޭގެ ޕްރެޝަރ އަދި ހަކުރު ބަލީގެ ސަބަބުން އިނގިރޭސި ވިލާތުގައި މަރުވާ ކޮންމެ ހަތަރުމީހުން އެކަކު ހިމެނެއެވެ . މީ ކޮންމެ ހަތަރު މިނެޓަކުން އެކަކު މަރުވުން ކަމަށް އެގައުމުގެ ޕަބްލިކް ހެލްތު އަދި ނޭޝަނަލް ހެލްތް ސެކްޓަރއިން ބުނެފައި ވެއެވެ.

ހިތުގެ ބައްޔާއި ހިތާގުޅުން ހުރި ހަށިގަނޑުގެ ގުނަވަން ތަކަށް ޖެހޭ ބަލީގެ ސަބަބުން ހިތް ހުއްޓި ކިޑްނީ ބަލި އަދި ލޭ ދައުރު ކުރުމުގެ މައްސަލަ ، އަދި ސިކުނޑީގެ މައްސަލަތައް ޖެހެއެވެ.

ދުނިޔޭގެ ސިއްހީ ވުޒާރާތަކުން ދަނީ މިކަމަށް ޚާއްސަ ސަމާލުކަމެއް ދީގެން ލޭ މަށްޗަށް ދިއުން އަދި ހަކުރު ބަލީގެ ސަބަބުން ޖެހޭ ބަލިތަކަށް ސަމާލު ކަން ދެމުންނެވެ.

އާންމުން ގޮތެއްގައި މާބޮޑު އަލާމާތެއް ނުފެންނާތީ އެދެވިގެންވަނީ އުމުރުން 30 އަހަރަށް ވުރެން މަތީ އުމުރުގެ މީހުން ސިއްހީހާލަތު ޗެކް ކުރުމެވެ.

ސިއްޙަތު ރަނގަޅު މީހަކު ކޮލެސްޓްރޯލް ހުންނަން ޖެހޭނީ mmol 5 ވުރެން ދަށުގައެވެ.

މި ބަލީގެ ނުރައްކާ ބޮޑީ ހިތުގެ ބަލީގެ ތަހައްމަލް ކުރަމުން ދާ މީހަކު އާއިލާގައި ހުރުމާއި ހިތުގެ ބަލި، ހާޓްއެޓޭކް، ސްޓްރޯކް އަދި އާދަޔާއި ޚިލާފަށް ލޭގެ ޕްރެޝަރ އެއްވަރެއްގައި ކޮންޓްރޯލް ނުކުރެވޭ މީހުންނަށެވެ.

ހަމަ އެކަނި އިނގިރޭސި ވިލާތުގައިވެސް ލޭގެ ޕްރެޝަރ މަތި ފަސް މިލިއަނަށްވުރެ ގިނަ މީހުން ފަރުވާ ނުހޯދާ ތިބި ކަމަށް ދިރާސާ ތަކުން ދައްކަ އެވެ.  

އެމީހެއްގެ ކޭޝްކާރޑް ގެ ޕިން ނަމްބަރު ހަނދާން ހުންނަން ޖެހޭފަދައިން ހަށިގަނޑުގައި ކޮލެސްޓްރޯލް ހުންނަ މިންވަރު ވެސް ހަނދާން ހުންނަން ޖެހެއެވެ. ނުވަތަ އެނގެން ޖެހެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް