ކ. މާލެ
|
21 ފެބްރުއަރީ 2019 | ބުރާސްފަތި 12:32
އެޓްލެޓިކޯގެ ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ
އެޓްލެޓިކޯގެ ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ
ޓްވިޓަރ
ޗެމްޕިއަންސް ލީގު
ޗެމްޕިއަންސް ލީގު: ޔުވަންޓަސް ބަލިކޮށް އެޓްލެޓިކޯއިން ކުއާޓާގެ އުންމީދު އާކޮށްފި
 
ޔުވަންޓަސްގެ މައްޗަށް އެޓްލެޓިކޯ ކުރިހޯދީ 0-2 ގެ ނަތީޖާއަކުން

ޔުއެފާ ޗެމްޕިއަންސް ލީގުގައި ޔުވަންޓަސް ބަލިކޮށް އެޓްލެޓިކޯ މެޑްރިޑުން ކުއާޓާ ފައިނަލްގެ އުންމީދު އާކޮށްފިއެވެ.

ބުދަ ދުވަހުގެ ރޭ ކުޅުނު މެޗު ޔުވަންޓަސްއާ ވާދަކޮށް އެޓްލެޓިކޯއިން މެޗު ކާމިޔާބުކުރީ 0-2 ގެ ނަތީޖާއަކުންނެވެ.

އެޓްލެޓިކޯ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ރަނގަޅަށް ކުޅެމުންދިޔައީ ޔުވަންޓަސްއިންނެވެ. އެގޮތުން އެޓީމުން ވަނީ އެޓްލެޓިކޯގެ ހާފަށް ބާރުބޮޑުކޮށް ހަމަލާތައް އުފައްދާފައެވެ.

މި ހާފްގައި އެޓްލެޓިކޯގެ ފަރާތުންވެސް ނުރައްކާތެރި ހަމަލާތަކެއް ވަނީ ފެނިގެން ގޮސްފައެވެ. ނަމަވެސް އެ ހަމަލާތަކުގެ ބޭނުން އެޓީމަށް އެންމެ އެދެވޭ ގޮތެއްގައި ހިފިފައެއް ނުވެއެވެ.

ފުރަތަމަ ހާފް ނިމުނީ 0-0 ގެ ނަތީޖާއިން ދެޓީމު އެއްވަރުވެގެންނެވެ.

ދެވަނަ ހާފް ފެށިގެން އެޓްލެޓިކޯއިން ވަނީ އެޓީމުގެ އެޓޭކްތައް ވަރުގަދަކޮށްފައެވެ. އެގޮތުން ލަނޑު ޖެހުމަށް އެޓީމުން ފުލުފުލުގައި ގިނަ ފުރުސަތުތައް ތަނަވަސްކުރިއެވެ.

އެޓްލެޓިކޯއިން މެޗުގެ ލީޑު ނެގީ 80 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޖިމެނޭޒްއެވެ. އޭގެ ހަތަރު މިނެޓު ފަހުން ޑިއެގޯ ގޮޑިން ވަނީ އެޓްލެޓިކޯއިން ވަނީ ލީޑު ފުޅާކޮށްފައެވެ.

މެޗުގެ ފަހުވަގުތުކޮޅު ތެރޭގައި ޔުވަންޓަސްއަށް ވަނީ ނަތީޖާގެ ފަރަގު ކުޑަކުރަން ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. އެގޮތުން ކްރިސްޓީއާނޯ ރޮނާލްޑޯއަށް ލިބުނު ފުރުސަތުތައް ހިމެނެއެވެ.

ޔުވަންޓަސް އަދި އެޓްލެޓިކޯ ބައްދަލުކުރާ ދެވަނަ ލެގުގެ މެޗު އޮންނާނީ އަންނަ މާޗު މަހުގެ 12 ވަނަ ދުވަހު ޔުވަންޓަސް ދަނޑުގައެވެ. ކުއާޓާއަށް ދާން މި މެޗު ތިން ލަނޑުގެ ތަފާތުން ޔުވަންޓަސް ކާމިޔާބުކުރަންޖެހޭނެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް