ކ. މާލެ
|
21 ފެބްރުއަރީ 2019 | ބުރާސްފަތި 04:34
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
މުހައްމަދު ޝަރުހާން
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
50 މިލިއަން ރުފިޔާގެ އާމްދަނީ ލިބޭ ފަރާތްތައް ޓެކްސް ދައްކަންޖެހޭ އުސޫލަށް ބަދަލު ގެނެސްފި
ޓެކްސް ދައްކަން ޖެހޭނީ މީރާ ކަނެކްޓް ނޫނީ އެމްއާރުޓީޖީއެސް މެދުވެރިކޮށް
މިއުސޫލަށް އަމަލުކުރަން ފަށާނީ އޭޕްރީލް މަހުގެ އެއްވަނަ ދުވަހުން ފެށިގެން

އާމްދަނީގެ ގޮތުގައި އަހަރެއްގެ މައްޗަށް 50 މިލިއަން ރުފިޔާއިން ފެށިގެން އިތުރަށް އާމްދަނީ ލިބޭ ފަރާތްތައް ޓެކްސް ދައްކަންޖެހޭ އުސޫލަށް ބަދަލުގެނެސްފިއެވެ. 

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީން (މީރާ)އިން ނެރެފައިވާ ޓެކްސް ރޫލިންއެއްގައި ބުނީ އާމްދަނީގެ ގޮތުގައި އަހަރެއްގެ މައްޗަށް 50 މިލިއަން ރުފިޔާ ނުވަތަ އެއަށްވުރެ އިތުރުވާ ފަރާތްތަކުން މީރާ ކަނެކްޓް ނޫނީ އެމްއާރުޓީޖީއެސް މެދުވެރިކޮށް ޓެކްސް ދައްކަންޖެހޭގޮތަށް މީރާއިން ކަނޑައަޅަފައިވާ ކަމަށެވެ.

މީރާއިން ބުނީ އޭޕްރީލް އެއްވަނަ ދުވަހުން ފެށިގެން ޓެކްސް ދައްކަން ޖެހޭނީ، މީރާ ކަނެކްޓް ނުވަތަ އެމްއާރުޓީޖީއެސް މެދުވެރިކޮށް ކަމަށެވެ.

މީރާ ކަނެކްޓް ނުވަތަ އެމްއާރުޓީޖީއެސް މެދުވެރިކޮށް ދެއްކޭނޭކަމަށް ކަނޑައަޅާފައިވާ ޓެކްސްތަކުގެ ތެރޭގައި މުދަލާއި ޙިދުމަތުގެ އަގުން ނެގޭ ޓެކްސް، ޖީއެސްޓީ، ވިތްހޯލްޑިންގ ޓެކްސް، އަދި ވިޔަފާރީގެ ފައިދާއިން ނެގޭ ޓެކްސް ބީޕީޓީއެވެ.
 

- ކޮމެންޓް