Advertisement
ކ. މާލެ
|
21 ފެބްރުއަރީ 2019 | ބުރާސްފަތި 04:38
ޔާމީންގެ ސަޕޯޓަރުން ހޮސްޕިޓަލް ތެރޭގައި
ޔާމީންގެ ސަޕޯޓަރުން ހޮސްޕިޓަލް ތެރޭގައި
ރާއްޖެއެމްވީ
ފުލުހުން
ޔާމީންގެ ސަޕޯޓަރުން ހިންގި ހަމަނުޖެހުން: ޕެޕަރ ސްޕްރޭ ބޭނުން ކުރީ އެންމެ ކުޑަ މިންވަރަށް: ފުލުހުން
ހޮސްޕިޓަލް ތެރެއަށް ވަދެގަތުމަށް އުޅުމުން ކޮންޓްރޯލް ކުރުމަށް ޕެޕަރ ސުޕްރޭ ބޭނުން ކުރަން ޖެހުނު
ހޮސްޕިޓަލްތަކަކީ އެއްވެ އުޅުމާއި ބެހޭ ގާނޫނުގައި ވެސް އެއްވުން މަނާ ތަނެއް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އައިޖީއެމްއެޗަށް ގެނައުމާއެކު އެމަނިކުފާނުގެ ސަޕޯޓަރުން ހޮސްޕިޓަލަށް އެއްވެ، އަޑުއުފުލަން ފެށުމުން އެހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް ފުލުހުން ޕެޕަރ ސްޕްރޭ ބޭނުން ކޮށްފައިވަނީ އެހާލަތުގައި ބޭނުން ކުރަން ޖެހުނު އެންމެ ކުޑަ މިންވަރަށް ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ ރައީސް ޔާމީން އައިޖީއެމްއެޗަށް ޑޮކްޓަރަށް ދެއްކެވުމަށް ގެންނެވި ވަގުތު އެމަނިކުފާނަށް ތާއީދު ކުރާ ބަޔަކު ވަދެ، ހޮސްޕިޓަލުގެ ''ކާރޑިއޮލޮޖީ ސެންޓަރ''ގެ ތެރެއަށް ވަންނަން މަސައްކަތްކުރުމުން ފުލުހުން ތަކުރާރުކޮށް އެސަރަހައްދަށް ގިނަ އަދަދެއްގެ ބަޔަކު އެއްފަހަރާ ނުވަނުމަށް އެންގި ކަމަށާއި، ނަމަވެސް ނުކިޔަމަންތެރިކަން ދައްކާ އަޑުގަދަކޮށް، ގަދަކަމުން ހޮސްޕިޓަލް ތެރެއަށް ވަދެގަތުމަށް އުޅުމުން އެކަން ހުއްޓުވާ ކޮންޓްރޯލް ކުރުމަށް ފުލުހުން ޕެފަރ ސްޕްރޭ ބޭނުން ކުރަންޖެހުނު ކަމަށެވެ.

ފުލުހުން ބުނީ އެސަހައްދުގައި ހިނގަން އުޅުނު ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށްޓަކައި ފުލުހުން ޕެޕަރ ސްޕްރޭ ބޭނުން ކޮށްފައިވަނީ އެހާލަތުގައި ބޭނުން ކުރަން ޖެހުނު އެންމެ ކުޑަ މިންވަރަށް ކަމަށެވެ.

ފުލުހުން ބުނީ ހޮސްޕިޓަލް ފަދަ ސިއްހީ ޚިދުމަތްދޭ ތަންތަނުގެ ތެރޭގައި އެއްވެ އަޑުގަދަކޮށް ހަމަނުޖެހުމަށް މަގުފަހިވާ ފަދަ ކަންކަން ކުރުމަކީ އެތަންތަނުގައި ތިބޭ ބަލި މީހުންނަށާއި، ޙިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް ވެސް ދަތި އުނދަގޫވެ، ޚިދުމަތް ދިނުމަށް ހުރަސްއެޅޭ ކަމަށެވެ.

މީގެ އިތުރުން ފުލުހުން ބުނީ ފުލުހުން ބުނީ ބާރުގެ ބޭނުންކުރާ ހާލަތްތަކުގައި ބާރު ބޭނުން ކުރެވުނު ގޮތް ރިވިއުކުރުމަށް އެކުލަވާލެވިފައިވާ ''ޔޫސް އޮފް ފޯސް ރިވިއު ކޮމެޓީ'އިން ބުދަ ދުވަހު ހިނގި މިހާދިސާގައި ވެސް ފުލުހުން ބޭނުންކުރި ބާރާއި އެބާރު ބޭނުން ކުރެވުނު ހާލަތު ދިރާސާކޮށް ރިވިއު ކުރާނެ ކަމަށެވެ.  

ހޮސްޕިޓަލްތަކަކީ އެއްވެ އުޅުމާއި ބެހޭ ގާނޫނުގައި ވެސް އެއްވުން މަނާ ތަނެއްކަން ފާހަގަކޮށް މިތަންތަނަށްވާތީ އެއްވެސް ފަރާތަކުން ހޮސްޕިޓަލުގެ ތެރޭގައި އެއްވެ އަޑުގަދަކޮށް ހަޅޭލައްވާ ނުހެދުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ހޮސްޕިޓަލަށް ޒިޔާރަތްކުރާ ފަރާތްތަކުން ވެސް ހޮސްޕިޓަލްގެ މެނޭޖްމެންޓުން ކަނޑައަޅާފައިވާ އުސޫލުތަކާއި ސަލާމަތީ ކަންކަން ބަލަހައްޓާ ފަރާތުން ދޭ އިރުޝާދު އެއްގޮތަށް އަމަލުކުރުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް
21 ފެބްރުއަރީ 2019 | ބުރާސްފަތި 04:36
vis
adhi akudhin aavaane thiya kama... kobaa pressurega fenjehi iruves kehkuri mdp anhenun..ladhun boahalaaku