Advertisement
ކ. މާލެ
|
21 ފެބްރުއަރީ 2019 | ބުރާސްފަތި 04:40
އެކްޓިން ކޮމިޝަނާ ހަމީދު
އެކްޓިން ކޮމިޝަނާ ހަމީދު
މުހައްމަދު ޝަރުހާން
ފުލުހުން
ފުލުހުންގެ ބާރު ބޭނުން ކުރަންޖެހޭ މިންވަރަށް ވުރެ ބޮޑަށް ބޭނުން ކުރާ މައްސަލަތައް ބަލާނެ: ހަމީދު
ވޭތުވެދިޔަ އަހަރުތަކުގައި ނުބައްދަލު ބާރު ބޭނުންކޮށްފައިވާކަމުގެ ރިޕޯޓުތައް ލިބިފައިވޭ

ފުލުހުންގެ ބާރު ބޭނުން ކުރަންޖެހޭ މިންވަރަށް ވުރެ ބޮޑަށް ބޭނުން ކުރާ މައްސަލަތައް ބަލާނެ ކަމަށް އެކްޓިން ކޮމިޝަނާ މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ހަމީދު ބުދަ ދުވަހު ކުރެއްވި ޓްވިޓާގައި ވިދާޅުވީ ފުލުހަކު ބާރުގެ ބޭނުން ކޮށްފި ކޮންމެ ހާލަތެއްގައި އެކަން ކުރީ އެންމެ އެކަށީގެންވާ ގޮތެއްގައިތޯ ބަލާނެ އުސޫލުތަކެއް ފުލުހުންގެ ތެރޭގައި ގާއިމް ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، ޚާއްސަ ކަންތައްތަކެއް އުސޫލުގައި ހިމަނާފައިވާ ކަމަށެވެ. އަދި މިއުސޫލުގެ ތެރެއިން ކުއްވެރިވާނަމަ ފިޔަވަޅު އަޅާނެ ކަމަށް ހަމީދު ވިދާޅުވިއެވެ.

މީގެ އިތުރުން ހަމީދު ވިދާޅުވީ ވޭތުވެދިޔަ އަހަރުތަކުގައި ފުލުހުން ނުބައްދަލު ބާރު ބޭނުންކޮށްފައިވާކަމުގެ ރިޕޯޓުތައް ވަރަށް ގިނައިން ލިބިފައިވާ ކަމަށެވެ.

ހަމީދު މިހެން ވިދާޅުވެފައިވާއިރު، ބުދަ ދުވަހު ކުރީގެ ރައީސް އަބްދުﷲ ޔާމީން އައިޖީއެމްއެޗަށް ގެނައުމާ އެކު އެމަނިކުފާނުގެ ސަޕޯޓަރުން ހޮސްޕިޓަލަށް އެއްވެ، ޔާމީން މިނިވަންކުރުމަށް ގޮވާލާ މުޒާހަރާ ކުރަންފެށުމުން ފަހަތަށް ޖެއްސުމަށް ފުލުހުން ވަނީ ޕެޕަރ ސްޕްރޭ ޖަހާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް