Advertisement
ކ. މާލެ
|
20 ފެބްރުއަރީ 2019 | ބުދަ 23:58
ރައީސް ޔާމިން ދޫކޮށްލަން ގޮވާލައި މިރޭ ބޭއްވ މުޒާހަރާ:-ފޮޓޯ ރާއްޖެއެމްވީ
ރައީސް ޔާމިން ދޫކޮށްލަން ގޮވާލައި މިރޭ ބޭއްވ މުޒާހަރާ:-ފޮޓޯ ރާއްޖެއެމްވީ
މުހައްމަދު ޝަރުހާން
ރައީސް ޔާމިން ދޫކޮށްލަން ކުރާ މުޒާހަރާ
ޔާމިން ދޫކޮށްލަން ގޮވާލި މުޒާހަރާ: ފާޑުކިޔުން ރައީސާއި އެމްޑީޕީއަށް
މުޒާހަރާ ކުރިއަށް ވެސް ރޭވިފައިވާ ކަމަށް ބުނި

ކްރިމިނަލް ކޯޓުގެ އިސް ގާޒީގެ އަމުރަކަށް ހައްޔަރުކޮށްފައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމިން ދޫކޮށްލަން ގޮވާލާ ބޭއްވި މުޒާހަރާގައި އެމްޑީޕީއަށާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފާޑުކިޔުން އަމާޒުކޮށްފިއެވެ.

އާޓިފިޝަލް ބީޗްގައި ޕީޕީއެމާއީ ޕީއެންސީން ބޭއްވި މުޒާހަރާގައި އެ ދެ ޕާޓީގެ އިސް ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ބައިވެރިވެވަޑައިގެންނެވިއެވެ. މަނީ ލޯންޑަރިންގެ ދައުވާއާ ގުޅިގެން ހައްޔަރުކޮށްފައި ހުންނެވި ރައީސް ޔާމީން ދޫކޮށްލަން ގޮވާލަން ކުރި މުޒާހަރާގައި ރައީސް ސޯލިހަށް ނިސްބަތްކޮށް ހަޑިހުތުރު ބަސްތައް ބޭނުންކޮށްފައިވެއެވެ. އަދި އެމަނިކުފާނުގެ އިސްތިއުފާއަށް ގޮވާފައިވެ އެވެ.  

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބަށް ކުރިމަތިލައްވާފައިވާ އަދި މިހާރުވެސް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްމަބަރުން މި މުޒަހަރާގައި ދެއްކެވި ވާހަކައިގައި ބޮޑަށް ދެއްކެވި އެމްޑީޕީން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހަށް ކުރާ ކެމްޕެއިނުގެ ވާހަކަ އެވެ. އެ ގޮތުން އެޖެންޑާ ނަވާރަ ކެމްޕެއިނަށް ފާޑު ވިދާޅުވިއިރު ރައީސް ޔާމިންގެ ވާހަކަ ދެއްކެވީ ވަރަށް މަދުންނެވެ.

މުޒާހަރާގައި ނިހާން ވާހަކަ ދައްކަވަނީ:-ފޮޓޯ ރާއްޖެއެމްވީ

މުޒާހަރާގެ ބައިވެރިންގެ ތެރެއިން ބައެއް މީހުންގެ ވާހަކަތަކުގައި އިންޑިއާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ. އެގޮތުން އިންޑިއާ މީހުން އަޑީގައި ތިބިގެން ރައީސް ޔާމިނަށް އަނިޔާ ކުރަމުންދާ ކަމަށާއި އިންޑިއާއިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ކުއްޔަށް ހިފަން ތައްޔާރުވާ ކަމަށް މުޒާހަރާގެ ބައިވެރިން ބުންޏެވެ.

މުޒާހަރާގެ ބައިވެރިން ބުނި ގޮތުގައި ޔާމިން ހައްޔަރު ކުރެއްވުމަކީ މި ސަރުކާރުގެ ފިނޑިކަމެވެ. އަދި މި ސަރުކާރުން 100 ދުވަހުގެ ތެރޭގައި ކުރަންވި ވައުދުވި ކަންކަން ނުކުރެވޭ ކަމަށް ވެސް ބުނެފައިވެ އެވެ.  

ރައީސް ޔާމިން ހައްޔަރުކޮށްފައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރު ނެރުނީ ބަންދުގައި ބަހައްޓައިގެން ޝަރީއަތް ކުރުމަށް އެދި ޕްރޮސެކިއުޓާ ޖެނަރަލް ކޯޓުގައި އެދިވަޑައިގަތުމުންނެވެ. އެމަނިކުފާނުގެ މައްޗަށް ފުލުހުން ތަހްގީގު ހިންގާފައި ވަނީ އެމަނިކުފާނު ދޫކޮށްލާފައި ބަހައްޓައިގެންނެވެ.

އާޓިފިޝަލް ބީޗްގައި ތިބުމަށްފަހު މުޒާހަރާގެ ބައިވެރިން އެކުގައި ވަނީ މަގުމައްޗަށް ނިކުމެ މުޒާހަރާކޮށްފައިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް
21 ފެބްރުއަރީ 2019 | ބުރާސްފަތި 18:19
Yaameen
????
21 ފެބްރުއަރީ 2019 | ބުރާސްފަތި 07:44
ނަޒޫ
މި ވަގު ވެރިކަން ވެއްޓެނީ
21 ފެބްރުއަރީ 2019 | ބުރާސްފަތި 04:30
ayru
gefulhu kaaritha thi muzaahara kurani lol