ކ. މާލެ
|
21 ފެބްރުއަރީ 2019 | ބުރާސްފަތި 00:09
ޑެނީ އަލްވޭސް
ޑެނީ އަލްވޭސް
ޑެނީ އަލްވޭސް
ޕީއެސްޖީން ޑެނީ އަލްވޭސްއަށް އާ އެއްބަސްވުމެއް ހުށަހަޅައިފި
 
ޑެނީ އަލްވޭސް ޕީއެސްޖީއަށް ބަދަލުވީ 2017 ވަނަ އަހަރު

ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އިން އެ ކްލަބަށް ކުޅެމުން އަންނަ ބްރެޒިލްގެ ރައިޓް ބެކް ޑެނީ އަލްވޭސްއަށް އާ އެއްބަސްވުމެއް ހުށަހަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

އީއެސްޕީއެންއިން ބުނީ، ޑެނީ އަލްވޭސްގެ އެއްބަސްވުން އާކުރަން ޕީއެސްޖީން މި ހަފްތާ ތެރޭގައި އޭނާއާ މަޝްވަރާކޮށްފައިވާ ކަމަށާއި، އާ އެއްބަސްވުމެއްވެސް ހުށަހަޅާފައިވާ ކަމަށެވެ.

މި ސީޒަނަށްފަހު ޕީއެސްޖީއާއެކު ޑެނީ އަލްވޭސް ހަދާފައިވާ އެއްބަސްވުން ހަމަވާއިރު، އޭނާ އެއްބަސްވުން އާކުރަން އުޅެނީ އެއް އަހަރަށް ކަމަށްވެސް ރިޕޯޓްތައް އަންނަނީ ބުނަމުންނެވެ.

ސެވިއްޔާ އިން 2008 ވަނަ އަހަރު ބާސާއަށް ބަދަލުވި މިހާރު އުމުރުން 33 އަހަރުގެ ޑެނީ އަލްވޭސް ވަނީ އެޓީމުގައި ހޭދަކުރި 8 ސީޒަނުގައި ކުޅުނު 391 މެޗުގައި 21 ލަނޑު ކާމިޔާބުކޮށްފަ އެވެ.

މީގެ އިތުރުން އޭނާ ވަނީ އެޓީމާއެކު ސްޕެނިޝް ލަލީގާ ހަ ފަހަރު، ހަތަރު ކޮޕާޑެލްރޭ، ތިން ސްޕެނިޝް ސުޕާކަޕް، ތިން ޔުއެފާ ޗެމްޕިއަންސް ލީގު، ތިން ޔުއެފާ ސުޕާ ކަޕް އަދި ތިން ފީފާ ކްލަބް ވޯލްޑްކަޕް ކާމިޔާބުކޮށްފަ އެވެ.

ބްރެޒިލް ގައުމީ ޓީމާއެކު ފީފާ ކޮންފެޑެރޭޝަންސް ކަޕް ދެފަހަރު ކާމިޔާބުކޮށްފައިވާ އަލްވޭސް ޔުވަންޓަސް އަށް ބަދަލުވީ 2016 ވަނަ އަހަރެވެ. އެގޮތުން އޭނާ ވަނީ އެޓީމަށް ކުޅުނު 33 މެޗުގައި ހަ ލަނޑު ކާމިޔާބުކޮށްފަ އެވެ.

ޔުވަންޓަސް ދޫކޮށް 2017 އަހަރު އަލްވޭސް ބަދަލުވީ ޕީއެސްޖީ އަށެވެ. އޭނާ ވަނީ މިހާތަނަށް އެޓީމަށް ކުޅުނު 57 މެޗުގައި ފަސް ލަނޑު ކާމިޔާބުކޮށްފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް