ކ. މާލެ
|
21 ފެބްރުއަރީ 2019 | ބުރާސްފަތި 00:09
2015 ވަނަ އަހަރު ބޭއްވި އައިއޯއައިޖީގައި ރާއްޖެ ކުޅުނު މެޗެއްގެ ތެރެއިން
2015 ވަނަ އަހަރު ބޭއްވި އައިއޯއައިޖީގައި ރާއްޖެ ކުޅުނު މެޗެއްގެ ތެރެއިން
އެމްއޯސީ
އައިއޯއައިޖީ
އައިއޯއައިޖީ: ރިޔޫނިއަން އާއި މެޔޯޓް އަދި ކޮމޮރޯސް ރާއްޖެއާ އެއް ގްރޫޕަކަށް
 
މިދިޔަ ފަހަރު ޗެމްޕިއަނުންނަކީ ރިޔޫނިއަން އަދި ރަނަރަޕްއަކީ މެޔޯޓް

މި އަހަރުގެ ޖުލައި މަހު މޮރިޝަސްގައި ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ފިރިހެން ފުޓުބޯޅަ އިވެންޓުގައި އެންމެ ފަހުގެ ޗެމްޕިއަން ރިޔޫނިއަން އާއި ރަނަރަޕް މެޔޯޓް އަދި ކޮމޮރޯސްއާ އެއް ގްރޫޕެއްގައި ރާއްޖެ ހިމެނިއްޖެއެވެ.

މި މުބާރާތުގައި އެންމެ ފަހުން ފަހަރު ރާއްޖެ ހިމެނުނީ މެޔޯޓް، މަޑަގަސްކަރަ އަދި ސީޝެލްސްއާ އެއް ގްރޫޕެއްގައެވެ. އެފަހަރު ރާއްޖެ ސީޝެލްސް އަތުން އެކަނި މޮޅުވިއިރު، ރާއްޖެ ދިޔައީ ގްރޫޕްގެ ފުލަށެވެ.

އައިއޯއައިޖީގެ ގުރުނެގުން މޮރިޝަސްގައި އަންގާރަ ދުވަހު ބާއްވާފައިވާއިރު، މިފަހަރު މުބާރާތުގެ ފިރިހެން ފުޓުބޯޅަ އިވެންޓްގެ ގްރޫޕް އޭގައި ހިމެނެނީ މޮރިޝަސް އާއި ސީޝެލްސް އަދި މަޑަގަސްކަރެވެ.

ގޭމްސްގެ ފިރިހެން ވޮލީބޯޅައިގައި ރާއްޖެ ހިމެނިފައިވަނީ ރީޔޫނިއަން އާއި މަޑަގަސްކަރަ އަދި ކޮމޯރަސްއާއެކު ގްރޫޕް ބީގައެވެ. އޭގައި ހިމެނުނީ މޮރިޝަސް އާއި ސީޝެލްސް އަދި މެޔޯޓްއެވެ.

އަންހެން ވޮލީބޯޅައިގައި ރާއްޖެ ހިމެނިފައިވަނީ ސީޝެލްސް އާއި ރީޔޫނިއަންއާއެކު ގްރޫޕް ބީގައެވެ. ގްރޫޕް ބީގައި ހިމެނެނީ މޮރިޝަސް އާއި މެޔޯޓް އަދި މަޑަގަސްކަރެވެ.

ބާސްކެޓް ބޯޅައިގައި ރާއްޖޭގެ ފިރިހެން ޓީމު ހިމެނިފައިވަނީ ރީޔޫނިއަން އާއި މަޑަގަސްކަރަ އަދި ސީޝެލްސްއާއެކު ގްރޫޕް އޭގައެވެ. އަނެއް ގްރޫޕްގައި ހިމެނެނީ މޮރިޝަސް އާއި މެޔޯޓް އަދި ކޮމޯރޯސްއެވެ.

ރާއްޖޭގެ އަންހެން ބާސްކެޓް ޓީމު ހިމެނިފައިވަނީ މޮރިޝަސް އާއި މެޔޯޓްއާއެކު ގްރޫޕް ބީގައެވެ. ގްރޫޕް އޭގައި ހިމެނިފައިވަނީ ރީޔޫނިއަން އާއި ކޮމޯރޮސް އާއި މަޑަގަސްކަރަ އަދި ސީޝެލްސްއެވެ.

މިފަހަރު މޯލްޑިވްސް އޮލިމްޕިކް ކޮމެޓީ (އެމްއޯސީ) އިން އަމާޒުކޮށްފައިވަނީ 15 މެޑަލް ހޯދުމަށެވެ. އޭގެ ތެރެއިން ވަކިވަކި ކުޅިވަރުތަކުގެ ތެރެއިން އެތުލެޓިކްސް އެސޯސިއޭޝަނުން ވަނީ ފަސް މެޑަލް ހޯދުމަށް އަމާޒު ހިފާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް