Advertisement
ކ. މާލެ
|
20 ފެބްރުއަރީ 2019 | ބުދަ 17:50
ހަޔަރ އެޑިއުކޭޝަން އާއި އައިޔޫއެމްއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރެއްވުން
ހަޔަރ އެޑިއުކޭޝަން އާއި އައިޔޫއެމްއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރެއްވުން
އައިޔޫއެމް
ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވުން
ހަޔަރ އެޑިއުކޭޝަން އާއި އައިޔޫއެމްއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި
އިސްލާމީ ޔުނިވަރސިޓީގައި ތަފާތު ފެންވަރުގެ 72 ޕްރޮގްރާމު ހިންގާ

ރާއްޖޭގައި ތިބެގެން ފުރަތަމަ ޑިގްރީއާ ހަމައަށް ހިލޭ ކިޔެވުމުގެ ފުރުޞަތު ހުޅުވާލުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިފްތިތާޙްކޮށްދެއްވުމާ ގުޅިގެން، މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން އާއި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ޑިރެކްޓަރ ޖެނަރަލް، ޑރ. ޢަބްދުއްރަޙީމް ޙަސަންއެވެ. އަދި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ފަރާތުން ސޮއި ކުރެއްވީ ވައިސް ޗާންސެލަރ ޢާއިޝަތު ޚަލީލާ ޢަބްދުއްސައްތާރުއެވެ.

މި އެއްބަސްވުމުގެ ދަށުން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައި ފުރަތަމަ ޑިގްރީއަށް ކިޔަވަމުންދާ ހުރިހާ ދަރިވަރުންނަށް އަދި 2019 ވަނަ އަހަރުގެ ޖަނަވަރީ ސެމިސްޓަރ އިން ފެށިގެން ޔުނިވަރސިޓީގެ ޑިގްރީ ޕްރޮގްރާމްތަކަށް ކުރިމަތިލި ހުރިހާ ދަރިވަރުންނަށް ޓިއުޝަން ފީއާއި ނުލާ ކިޔެވުން ކުރިއަށް ގެންދެވޭނެ ކަމަށް އައިޔޫއެމް އިން ބުނެފައި ވެއެވެ.

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައި ތަފާތު ފެންވަރުގެ 72 ޕްރޮގްރާމްގައި ޖުމްލަ 2502 ދަރިވަރުން ތަޢުލީމު ޙާސިލުކުރަމުންދެއެވެ. އަދި ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ލާރނިންގ ސެންޓަރުތައް ޤާއިމުކޮށް، އަތޮޅުތެރޭގެ ގިނަ ބަޔަކަށް މަތީ ތަޢުލީމުގެ ފުރުޞަތު ހުޅުވާލައި ކޯސްތަކުގައި ކިޔަވައިދިނުން މި ހިނގާ ފެބްރުއަރީ މަހު ފެށުމަށް ވަނީ ހަމަޖެހިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް