Advertisement
ކ. މާލެ
|
20 ފެބްރުއަރީ 2019 | ބުދަ 17:33
ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް
ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް
ހައްވާ މުހައްމަދު
އެމްއެމްޕީއާރުސީ ބޮޑު ހިޔާނަތް
އެސްއޯއެފްގެ ފާއިސާ ލިބުނު މޭޖާރ ނަވީންއާ ދޭތެރޭ ފިޔަވަޅު އަޅާނަން: ޝަމާލް
އޭސީސީން ނެރުނު ރިޕޯޓްގައި އެސްއޯއެފްއިން އޭނާގެ އެކައުންޓަށް ވަނީ 100000 ޑޮލަރު ޖަމާކޮށްފައި

އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނެރުނު ތަހްގީގީ ރިޕޯޓްގައި އެސްއޯއެފް ކުންފުނިން ފާއިސާ ޖަމާކޮށްފައިވާ ކަމަށް ބުނެފައިވާ، އެމްއެންޑީއެފްގެ މޭޖާރ ނަވީން ޒުބައިރުއާ ދޭތެރޭ ފިޔަވަޅު އަޅުއްވާނެ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާރ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވެއްޖެއެވެ.

އޭސީސީން ނެރުނު ރިޕޯޓްގައި އެސްއޯފް ކުންފުނިން ނަވީންގެ އެކައުންޓަށް 100،000 (އެއްލައްކަ) ޑޮލަރު ޖަމާކޮށްފައިވާ ކަމަށް ވަނީ ބުނެފައެވެ.

ޝަމާލް ވިދާޅުވީ ސަރުކާރުގެ ސިޔާސަތުގެ ދަށުން ޕޮލިސީ ލެވެލްގައި ނަވީންއާ ދޭތެރޭ އަޅަންޖެހޭ ފިޔަވަޅު އަޅުއްވާނެ ކަމަށެވެ. ޝަމާލް ވިދާޅުވީ އޭނާ އަށް ވެސް އެކަން ފާހަގަކުރެއްވުނީ އޭސީސީގެ ރިޕޯޓް ނެރުމުން ކަމަށާއި، ރިޕޯޓް ނެރުނު ވަގުތު ނަވީން ހުންނެވީ ކޯހެއްގައި ރާއްޖެއިން ބޭރުގައި ކަމަށެވެ. އެހެންކަމުން އެކަމާ ގުޅޭ ގޮތުން އޭނާއާ ސުވާލުކުރަން ދަތިތަކާ ދިމާވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިހާރުން މިހާރަށް ރާއްޖޭން ބޭރުގައި ނަވީން ހުންނެވީމައި ސުވާލުކޮށް ކަންތައްކުރަން އަޅުގަނޑުމެންނަށް އެބަހުރި ބައެއް ލިމިޓޭޝަންސްތައް. އެހެންނަމަވެސް ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް ސަރުކާރުގެ ޕޮލިސީ ލެވެލްގައި އަޅަންޖެހޭ ފިޔަވަޅެއް އަޅާނެ ވާހަކަ ދަންނަވަން،" ޝަމާލް ވިދާޅުވިއެވެ.

އެމްއެމްޕީއާރްސީގެ ޚިޔާނާތާ ގުޅިގެން އޭސީސީން ކުރި ތަހުގީގުގެ ތަފްސީލް ރިޕޯޓް މިދިޔަ ހަފުތާގައި އާއްމުކުރި އިރު، ޓޫރިޒަމަށް ރަށްތަކާއި ފަޅުތައް ދޫކޮށްގެން ލިބުނު ފައިސާ އެސްއޯއެފުން ޖަމާކުރި 155 މީހުންގެ ލިސްޓް އާއްމުކުރިއެވެ. އޭގެ ތެރޭގައި މިހާރު ސަރުކާރުގައި ތިބި ބައެއް ފަރާތްތައް ވެސް ހިމެނޭ އިރު އެ ފަރާތްތަކާ މެދު ސަރުކާރުން ގެންދަނީ ފިޔަވަޅު އަޅަމުންނެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް