ކ. މާލެ
|
20 ފެބްރުއަރީ 2019 | ބުދަ 18:32
އެމްބީއޭއިން އާންމު ކޮށްފައިވާ 3 އޮން 3 ޕޯސްޓަރ
އެމްބީއޭއިން އާންމު ކޮށްފައިވާ 3 އޮން 3 ޕޯސްޓަރ
ބާސްކެޓް އެސޯސިއޭޝަން
މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން
ތްރީ އޮން ތްރީ ބާސްކެޓު މުބާރާތެއް ހ.ދ ކުޅުދުއްފުށީގައި ބާއްވަނީ
 
13 އަހަރުން ދަށް އަދި 15 އަހަރުން ދަށުގެ އުމުރުފުރާގެ ކުދިންނަށް ހާއްސަ މުބާރާތެއް
 
މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

އެމްބީއޭ ތްރީ އޮން ތްރީ މުބާރާތެއް ހ.ދ ކުޅުދުއްފުށީގައި ބޭއްވުމަށްޓަކައި އެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މޯލްޑިވްސް ބާސްކެޓްބޯޅަ އެސޯސިއޭޝަނުން އިންތިޒާމު ކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލިކަން އެ އެސޯސިއޭޝަނުން މިއަދު ވަނީ އިއުލާން ކޮށްފައެވެ.

އެމްބީއޭއިން ނެރުނު އިއުލާނުގައި ބުނެފައިވަނީ 10 މާރޗުން ފެށިގެން 13 މާރޗުގެ ނިޔަލަށް ހ.ދ ކުޅުދުއްފުށީގައި ބޭއްވުމަށް ހަމަޖެހިފައިވާ މުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިވާ ޓީމުތަކުން މާރޗު މަހުގެ ތިނެއްވާ އާދިއްތަ ދުވަހުގެ 14:00 ގެ  ކުރިން ޓީމްލިސްޓް  ފޯރމް ފުރުމަށްފަހު އެ އެސޯސިއޭޝަންގެ އީމެއިލްއަށް މެއިލްކުރުމަށެވެ.

ކުޅުދުއްފުށީގައި ބޭއްވުމަށް ހަަމަޖެހިފައިވާ މި މުބާރާތުގައި 13 އަހަރުން ދަށުގެ އަންހެން އަދި ފިރިހެން ކެޓަގަރީ އާއި 15 އަހަރުން ދަށުގެ އަންހެން އަދި ފިރިހެން ކެޓަގަރީ ހިމެނެއެވެ. މުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިވާ ޓީމުތަކުން ކުޅުންތެރިން ނަގާއިރު، މުބާރާތުގައި ބައިވެރިވެވޭނީ 13 އަހަރުން ދަށުގެ އުމުރުފުރާނަމަ 2006 ވަނަ އަހަރާއި އޭގެ ފަހުން އުފަންވެފައިވާ ކުދިންނަށް އަދި 15 އަހަރުން ދަށުގެ އުމުރުފުރާނަމަ 2004 ވަނަ އަހަރާއި އޭގެ ފަހުން އުފަންވެފައި ވާ ކުދިންނަށްށެވެ. 

މި މުބާރާތުގައި ބައިވެރިވާ ޓީމުތަކުން ސްކޫލްތަކުގެ ނަން ނުހިމެނޭ ގޮތަށް ނަންދިނުމަށް އެމްބީއޭއިން ނެރެފައިވާ އިއުލާނުގައިވެއެވެ. މީގެ އިތުރުންވެސް މުބާރާތުގައި ކުޅެވޭނީ ތްރީ އޮން ތްރީ ޕްލެނެޓްގައި ރެޖިސްޓާވެފައިވާ ކުޅުންތެރިންނަށް ކަމަށްވެސް އިއުލާނުގައި ވެއެވެ.

މި މުބާރާތުގެ ޤަވާއިދާއި، އިތުރު މައުލުންމާތު ހޯދުމަށް އެމްބީއޭގެ ނަމްބަރު 3314024 ގުޅުއްވާ މައުލުންމާތު ސާފު ކުރެވޭނެ ކަމަށްވެސް މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަނުން ނެރެފައިވާ އިއުލާނުގައިވެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ލީވާން އަލީ
0%
0%
0%
0%
0%
0%
ކޮމެންޓް