Advertisement
ކ. މާލެ
|
20 ފެބްރުއަރީ 2019 | ބުދަ 15:43
ރައީސް ސޯލިހު ގއ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން
ރައީސް ސޯލިހު ގއ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން
ރައީސް އޮފީސް
ރައީސް ސޯލިހު
ރައީސް ސޯލިހު ވިލިނގިއްޔަށާއި ކުއްޑޫއަށް ފުރާވަޑައިގެންފި
ފުރާވަޑައިގެންނެވީ މެންދުރުގެ ވަގުތެއްގައި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ގއ. ވިލިނގިއްޔަށާއި، އެ އަތޮޅު ކޫއްޑޫއަށް މިއަދު މެންދުރު ފުރާވަޑައިގެންފިއެވެ.

އެމަނިކުފާނުގެ މި ދަތުރުފުޅަކީ މަސްވެރިންގެ "މަސްދޯނި އެކައުންޓް" އިފްތިތާޙު ކޮށްދެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ. އެ ރަސްމިއްޔާތު އޮންނާނީ ގއ. ކޫއްޑޫގައެވެ. ކޫއްޑޫ އަކީ އެއާޕޯޓާއި މަސްފެކްޓްރީ އާއި ސިޓީ ހޮޓާ ރަށެކެވެ. 

ރައީސް ސޯލިހުގެ އެ ދަތުރުފުޅުގައި ގއ. އަތޮޅު ކައުންސިލާއި ވިލިނގިލީ ކައުންސިލާ ބައްދަލު ކުރައްވާނެ ކަމަށް ރައީސް އޮފީހުން މައުލޫމާތުދޭއެވެ. އަދި މީގެ އިތުރުން ވިލިނގިލީ މުވައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކޮށްލެއްވުމަށް ވަނީ ހަމަޖެހިފައިވެއެވެ.

އެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް ސޯލިހު މާލެ ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ މިރޭގެ ވަގުތެއްގައި ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.

ބެންކް އޮފް މޯލްޑިވްސްއާ ގުޅިގެން ތައާރަފުކުރާ ރައްޔިތުންގެ  މަސްވެރިޔާ ކާޑަކީ ފައިސާ ޖަމާކުރެވޭ އަދި ޚަރަދުތައް ކުރުމަށް ބޭނުންކުރެވޭނެ ކާޑެކެވެ. މި ކާޑާއެކު، މަސްކިރުވުމަށް ފަހު ދޯންޏަށް ލިބޭ ފައިސާ އާއި މަސްވެރިންނަށް ދޭ ފައިސާގެ މުއާމަލާތްތައް ބަލާލުމަށްޓަކައި، މޯބައިލް ޕޯޓަލް އެކްސަސްއެއް، ޚިދުމަތަށް ރަޖިސްޓްރީކުރާ ކޮންމެ ދޯންޏަކަށް ވެސް ބީއެމްއެލްއިން ދޭނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ގަޑިއިރު ކުރި
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް