Advertisement
ކ. މާލެ
|
20 ފެބްރުއަރީ 2019 | ބުދަ 17:41
ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު
ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު
މުހައްމަދު ޝަރުހާން
ފޮރިން މިނިސްޓަރ
ރާއްޖެއިން އެކްސްޕޯޓް ކުރާ މަހުގެ ބާވަތްތައް ފަސޭހައިން އެމެރިކާ މާކެޓްގައި ލިބޭގޮތް ހެދުމާ ބެހޭ ގޮތުން ޝާހިދު މަޝްވަރާ ކުރައްވައިފި
 ރާއްޖެއިން އެކްސްޕޯޓުކުރާ މަހުގެ ބާވަތްތައް ޔޫއެސްގެ މާކެޓްތަކުން ފަސޭހައިން ލިބޭނެ ގޮތް ހެދުމަށް މަޝްވަރާކުރެއްވި
ދެގައުމުގެ ދެމެދުގައި އިގްތިސާދީ ގުޅުންތައް މިހާރަށް ވުރެ ބޮޑަށް ފުޅާކުރުމާ ބެހޭގޮތުން ވާހަކަދައްކެވި

ރާއްޖެއިން އެކްސްޕޯޓްކުރާ މަހުގެ ބާވަތްތައް ފަސޭހަ އިން އެމެރިކާ މާކެޓްގައި ލިބޭ ގޮތް ހެދުމާ ބެހޭ ގޮތުން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ޓްރޭޑް ޕޮލިސީ އެންޑް އިކޮނޮމިކްސްގެ އެސިސްޓެންޓް ޔުނައިޓެޑް ސްޓޭޓްސް ޓްރޭޑް ރެޕްރެޒެންޓޭޓިވް އެޑް ގްރެސާރއާ މަޝްވަރާ ކުރައްވައިފިއެވެ.

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް، މައިކަލް ރިޗަރޑް ޕޮމްޕެއޯ ދެއްވި ރަސްމީ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅުގައި ޔުނައިޓެޑް ސްޓޭޓްސް ޓްރޭޑް ރެޕްރެޒެންޓޭޓިވްގެ އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ދެ ބޭފުޅުން ވެސް ވަނީ ޓްރޭޑް އެންޑް އިންވެސްޓްމެންޓް ފްރޭމްވޯރކް އެގްރީމަންޓްގެ (ޓީފާ)ގެ ދަށުން ރާއްޖެ އިން އެކްސްޕޯޓް ކުރާ މަހުގެ ބާވަތްތައް އެމެރިކާގެ ފަސޭހައިން ލިބޭނެ ގޮތާއި ދެގައުމުގެ ދެމެދުގައި އިގްތިސާދީ ގުޅުންތައް މިހާރަށް ވުރެ ބޮޑަށް ފުޅާކުރުމާ ބެހޭ ގޮތުން ވާހަކަދައްކަވާފައެެވެ.

މިނިސްޓަރ ޝާހިދު ވޮޝިންގްޓަން ޑީސީ އަށް ކުރައްވާ ރަސްމީ ދަތުރުފުޅަށް ފަހު، މި މަހުގެ 25 އިން 27 އަށް ޖެނީވާ އަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. މިނިސްޓަރ ޝާހިދު ޖެނީވާއަށް ކުރެއްވުމަށް ހަމަޖެހިފައިވާ ދަތުރުފުޅުގެ ބޭނުމަކީ އދގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ 40 ވަނަ ބައްދަލުވުމުގެ ހައި ލެވެލް ސެގްމަންޓްގައި ބައިވެރިވެވަޑައިގަތުމަށް ކަމަށާއި މި ދަތުރުފުޅަށް ފަހު ކައުންސިލް އޮފް ފޮރިން މިނިސްޓަރސްގެ 46 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައި ގަތުމަށްޓަކައި އަބޫދާބީ އަށް ވަޑައިގަތުމަށް ވެސް ވަނީ ހަމަޖެހިފަވާ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ. 

މިނސްޓަރ ޝާހިދުގެ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި މިނިސްޓަރ އޮފް ސްޓޭޓް ފޯ ފޮރިން އެފެއާޒް އަޙްމަދު ޚަލީލް އާއި ޚާރިޖީ ވުޒާރާގެ ބައެއް އިސްބޭފުޅުން ބައިވެރިވެ ވަޑައިގަންނަވައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް