Advertisement
ކ. މާލެ
|
20 ފެބްރުއަރީ 2019 | ބުދަ 12:03
މާލޭ މަގުމަތި
މާލޭ މަގުމަތި
މުހައްމަދު ޝަރުހާން
އެކްސިޑެންޓް
އެކްސިޑެންޓެއްވުމަށް ފަހު ފިލައިގެން ދިޔަ މީހާ ހޯދާ ސައިކަލު ޓޯ ކޮށްފި
ސައިކަލު ދުއްވަން އިން މީހާ އަތުގައި ލައިސެންސް ނެތް

އެކްސިޑެންޓެއް ވުމުން މަޑުނުކޮށް ފިލައިގެން ދިޔަ މީހާ ހޯދާ ސައިކަލު ޓޯކޮށްފި ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނެފައި ވަނީ އަންގާރަ ދުވަހުގެ ރޭ 9:50 ގައި އަމީނީމަގު އެވިޑް ކޮލެޖް ކައިރިން ހިނގާފައި ދިޔަ 54 އަހަރުގެ އަންހެނެއްގެ ގައިގައި ސައިކަލުން ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށާއި އަނިޔާވި މީހާއަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގައި ފަރުވާ ދިނުމަށް ފަހު ދޫކޮށްލައިފައިވާ ކަމަށެވެ. މައުލޫމާތުލިބިފައިވާ ގޮތުގައި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާގެ ދެ ތަނަކުން މަށައިގެން ގޮސް އަރިކައްޓަށާއި އުނަގަނޑަށް އެކިވަރުގެ އަނިޔާތަކެއް ލިބިފައިވާ ކަމަށާއި އެކްސިޑެންޓް ހިނގި އިރު ސައިކަލްގައި ދެ ޒުވާނުން ތިބި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މީގެއިތުރުން ފުލުހުން ބުނެފައިވަނީ ސައިކަލް ދުއްވަން އިނީ 18 އަހަރުގެ ފިރިހެނެއް ކަމަށާއި އެމީހާ އަތުގައި އެއްގަމު އުޅަނދު ދުއްވާ ލައިސަންސް ނޯންނަ ކަމަށެވެ. އެމީހާ ހޯދައި ސައިކަލް ޓޯކޮށްފައިވާއިރު ފުލުހުން ދަނީ އެމައްސަލަ ތަހުގީގު ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
20 ފެބްރުއަރީ 2019 | ބުދަ 13:39
ޙުދްބަ
Dhen maadhan dhookohlaa. Dhen meehun goi husvegen current dhanthoora aai ehcehi jeseema jessi meehaa goas vaany. Human Rights ey kiyaigen baigandhu nikunaane. Kobaa tha aniyaa vi meehaa aai thibunaa zuvaanaa aai hedhi kuriyah oiythaanga aniyaa vaane meehun ge hahgu.