Advertisement
ކ. މާލެ
|
20 ފެބްރުއަރީ 2019 | ބުދަ 08:55
އެކްސިޑެންޓް ހިނގި ސަރަހައްދު
އެކްސިޑެންޓް ހިނގި ސަރަހައްދު
މުހައްމަދު ޝަރުހާން
އެކްސިޑެންޓެއް ހިނގުން
ދެ ސައިކަލް ޖެހި ހިނގި އެކްސިޑެންޓްގައި ތިން މީހަކަށް އަނިޔާވެއްޖެ
އެކްސިޑެންޓެއް ހިނގާފައިވަނީ އަންގާރަ ދުވަހުގެ ރޭ 22:16 ހާއިރު
އެކްސިޑެންޓްގައި އަނިޔާ ވެފައިވަނީ ދެފިރިހެނުންނަށާއި އަންހެނަކަށް

ފުވައްމުލަކުގައި އަންގާރަ ދުވަހުގެ ރޭ ދެ ސައިކަލެއް ޖެހިގެން ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެއެވެ.

 

ފުލުހުން މައުލޫމާތު ދޭ ގޮތުގައި ފުވައްމުލަކު ފުނާޑު ޕާކް ކައިރިން ތާރު މަގުގައި ދެ ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ 22:16 ހާއިރު ކަމަށެވެ.

އެކްސިޑެންޓްގައި އަނިޔާވި ތިން މީހުންނަށް ވެސް ފުވައްމުލަކު ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ. އަނިޔާވީ ދެ ފިރިހެނާއި އަންހެނަކަށެވެ.

އެކްސިޑެންޓްވި މީހުންނަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ފުލުހުން ހާމައެއް ނުކުރެ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް